އުއްޗުއާ ބޯލަ ހަވާލުކޮށްދެއްވުން
ހަބަރު
20 Jun 2026 | 11:15
ކުޅިވަރާ ބެހޭ ވުޒާރާއިން ވަރލްޑްކަޕް ރަސްމީ މެޗް ބޯޅައެއް ވިޔަފާރިވެރިޔާ އުއްޗުއަށް ހަދިޔާކޮށްފި

ފީފާ ވަރލްޑްކަޕްގެ ަރސްމީ މެޗް ބޯޅައެއް ކުޅިވަރާ ބެހޭ ވުޒާރާއިން، މަޝްހޫރު ވިޔަފާރިވެރިޔާ، ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު)އަށް ހަދިޔާކުރައްވައިފި އެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ބުނީ، އުއްޗުއަށް ހަދިޔާކުރެއްވި ބޯޅައަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޮއިކުރައްވާ އެ ވުޒާރާއަށް ހަދިޔާކުރެއްވި ބޯޅަތަކުގެ ތެރޭގައި ހިމެނޭ ބޯޅައެކެވެ. އުއްޗުއާ މި ބޯޅަ ހަވާލުކޮށްދެއްވީ ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް އާމިރު އެވެ.

ރާއްޖޭގެ އެންމެ މަޝްހޫރު އެއް ވިޔަފާރިވެރިޔާ އުއްޗު އަކީ ކުޅިވަރަށް ލޯބިކުރައްވައި ދިވެހިރާއްޖޭގެ ކުޅިވަރަށް އެކި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވަމުން އަންނަ ފަރާތެކެވެ. ވަކިން ޚާއްސަކޮށް ފުޓްބޯޅައިގެ އެކި ހަރަކާތްތަކުގައި އުއްޗުވަނީ ގިނަ ގުނަ އެހީތަކެއް ދެއްވާފައެވެ. މިގޮތުން ޤައުމީ ޓީމްގެ ކުޅުންތެރިންނަށް ފައިސާގެ އިނާމްތައް ދިނުމާއި، ރާއްޖޭގެ އެކި ހިސާބުތަކުގައި ބާއްވާ ކުޅިވަރު މުބާރާތްތައް ސްޕޮންސަރކޮށްދިނުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޮއިކުރައްވާފައިވާ ބޯޅައެއް ކުޅިވަރު ވުޒާރާގެ ފަރާތުން އުއްޗުއަށް ހަދިޔާކުރެއްވިއިރު، ދާދި ފަހު އެ ވުޒާރާއިން ވަނީ ރާއްޖޭގެ ފުޓްބޯޅައިގެ ލެޖެންޑުންނަށްވެސް ބޯޅަތަކެއް ހަދިޔާކޮށްފައެވެ.

މިއަހަރުގެ ފީފާ ވޯލްޑްކަޕްގެ ފޯރި އިތުރުކުރުމަށް ކުޅިވަރު ވުޒާރާއިން އިސްނަގައިގެން ގިނަ ހަރަކާތްތަކެއް ގްރޭޓަރ މާލޭ ސަރަހައްދުގައި އަންނަނީ ކުރިއަށްގެންދަމުންނެވެ. މިގޮތުން އާންމުންނަށް ބޮޑު ސްކްރީންގައި މެޗުތައް ބެލުމުގެ އިންތިޒާމްތައް ހަމަޖައްސައިދީފައިވާއިރު، ކޮންމެ ހުކުރުދުވަހެއްގެ ހަވީރު ޔޫތު ހަބްގައި ހާއްސަ ގޭމިން ކާނިވަލެއްވެސް އަންނަނީ ބާއްވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.