ކޭޕް ވާޑޭ ކުޅުންތެރިން އުފާފާޅުކުރަނީ.. ފޮޓޯ: ސްކައި ސްޕޯޓްސް
ކުޅިވަރު
22 Jun 2026 | 06:22
ކޭޕް ވާޑޭއިން އުރުގުއޭވެސް ހިފަހައްޓައިފި

މިފަހަރުގެ ވަރލްޑްކަޕްގައި އެންމެ ހައިރާކަންކަން ގެނުވަމުން އަންނަ ކޭޕް ވާޑޭއިން އުރުގުއޭ އާ ދެކޮޅަށް ކުޅުނު މެޗުން އެޓީމް މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.

ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ މިހާހިސާބަށް އާއިރު، އެންމެ ތަފާތު ޓީމެއްގެ ގޮތުގައި ފާހަގަކުރެވުނު އެއް ޓީމަކީ އެފްރިކާ ސަރަހައްދަށް ނިސްބަތްވާ މީސްކޮޅު މަދު ކޭޕް ވާޑޭގެ ޓީމެވެ. އެޓީމް ވަނީ ޔޫރަޕްގެ ވަރުގަދަ ބާރު، ސްޕެއިންވެސް ހިފަހައްޓާފައެވެ. 

ފީފާ ވަރލްޑްކަޕް ދެފަހަރެއްގެ މަތިން ހޯދާފައިވާ އުރުގުއޭ އާ ދެކޮޅަށް އެމެރިކާގެ މިއާމީގައި ކުޅުނު މިމެޗް ނިމުނީ 2-2 ގެ ނަތީޖާއަކުންނެވެ. މިމެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރި ހޯދީވެސް ކޭޕް ވާޑޭ އެވެ. އެއީ 21 ވަނަ މިނެޓް ތެރޭގައި ޕީނާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. ކޭޕް ވާޑޭ އިން ލީޑް ނެގިތާ 21 މިނެޓްފަހުން އުރުގުއޭގެ އަރައުހޯއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން އުރުގުއޭގެ ކެނޮބިއޯ ވަނީ ލަނޑެއްޖަހައި މެޗްގެ ނަތީޖާ 2-1 ކަށް ބަދަލުކޮށްފައެވެ. 

މެޗްގެ ފަހު ހާފްގައި ކޭޕް ވާޑޭއިން އެއްވަރުކޮށްފައި ވަނީ އުރުގުއޭގެ ޑިފެންސްލައިނަށް ހެދުނު ގޯސްތަކެއްގެ ތެރެއިންނެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ،  މަޓިއަސް އޮލިވޭރާ ދިން ނުރައްކާތެރި ބެކްޕާހެއް ސަލާމަތްކުރަން ކީޕަރު ފެނާންޑޯ މުސްލޭރާ ކުރިއަށް ނުކުތް ވަގުތު، ބަދަލު ކުޅުންތެރިޔާ ހީލިއޯ ވަރޭލާ ކީޕަރުގެ ބޯމަތިން ބޯޅަ ފޮނުވާލައިގެންނެވެ.

މެޗުގެ ފަހު ވަގުތުކޮޅު ފެނިގެންދިޔައީ ވަރަށް ފޯރިގަދަކޮށެވެ. ކޭޕް ވާޑަށް މެޗުން މޮޅުވާން ލިބުނު ރަނގަޅު ފުރުސަތެއްގައި ލަރޯސް ޑުއާޓޭ ފޮނުވާލި ބޯޅަ ސީދާވީ ކީޕަރާ ދިމާލަށެވެ. އަދި އޭގެ ފަހުން ވަރޭލާއަށް ވަނީ ލަނޑުޖަހާނޭ ރަނގަޅު ފުރުސަތެއް ލިބިފައެވެ. 

މެޗަށްފަހު މި ގްރޫޕްގެ ޕޮއިންޓް ތާވަލަށް ބަލާއިރު އެއްވަނާގައި 4 ޕޮއިންޓާއެކު އުޅެނީ ސްޕެއިން އެވެ. އުރުގުއޭ އަދި ކޭޕް ވާޑޭ އަށް އެއްވަރަކަށް ޕޮއިންޓް ލިބިފައިވާއިރު ތާވަލްގެ އެންމެ ފުލުގައި އުޅެނީ އެއް ޕޮއިންޓާއެކު ސައުދީއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.