ސިއްޙަތާ ބެހޭ ވަޒީރު ޤީލާ ޢަލީ- ފޮޓޯ/ ސިއްޙީ ވުޒާރާ
ހަބަރު
23 Jun 2026 | 10:00
ފާއިތުވި ތިން އަހަރު ތެރޭގައި، 70،000އަށްވުރެ ގިނަ މީހުން ސައިކޭޓްރިސްޓިކް ކޮންސަލްޓޭޝަން ހޯދި: ވަޒީރު

ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި 70،000 އަށްވުރެ ގިނަ މީހުން ނަފްސާނީ އެހީތެރިކަން ހޯދާފައިވާ ކަމަށާ، އޭގެ ތެރެއިން ގިނަ މީހުން ފަރުވާ ހޯދާފައިވަނީ މާލެ ސަރަހައްދުން ކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ހުޅުމާލޭގައި ނަފްސާނީ ފަރުވާއަށް ޚާއްސަކޮށްގެން 'މެންޓަލް ހެލްތު' ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާ، އެކަމަށްޓަކައި 10،000 އަކަފޫޓުގެ ބިމެއް ކަނޑއަޅާފައިވާ ކަމަށެވެ. 

މިއާއެކު ވަޒީރު ވަނީ، މާލެ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ނިންމި ސަބަބުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

ރާއްޖޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2023 ވަނައަހަރުން ފެށިގެން 2025 ގެ ނިޔަލަށް 3 އަހަރުގެ ތެރޭގައި 70،000 އަށްވުރެ ގިނަ ފަރާތްތައް ސައިކޭޓްރިސްޓިކް އެހީތެރިކަން ހޯދާފައިވާ. ސައިކޭޓްރިސްޓިކް ކޮންސަލްޓޭޝަން ހޯދާފައިވާ ވާހަކަ މި ދަންނަވާލީ. މީގެ ތެރެއިން 45،000 މީހުން ސިއްހީ ފަރުވާ ހޯދާފައިވަނީ މާލެ ސަރަހައްދުން. 

ވަޒީރު ޤީލާ އަލީ 

ވަޒީރު އިތުރަށް ވިދާޅުވީ، މެންޓަލް ހެލްތު ހޮސްޕިޓަލަކީ ވަކިން ޚާއްސަ ފަރުވާތަކެއް ދެވޭ ތަނެއް ކަމަށާ އެކަމަށްޓަކައި، ކަމުގެ ޢިލްމާއި ތަޖުރިބާހުރި ސްޕެޝަލިންސްޓުން ބޭނުންވާ ކަމަށެވެ. އަދި މިވަގުތު އެފަދަ ސްޕެޝަލިސްޓުން އެންމެ ގިނައީ މާލެ ސަރަހައްދުގައިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މެންޓަލް ހެލްތު ހޮސްޕިޓަލް އަޅަންވާނީ އެކަމަށް ބޭނުންވާ ހރުިހާ ވަސީލަތެއް އެންމެ ފަސޭހައިން ލިބެން ހުރި ސަރަހައްދެއްގައި ކަމަށާ، މިވަގުތު އެ ވަސީލަތްތައް ލިބެން ހުރީ މާލެ ސަރަހައްދުގައި ކަމަށް ގީލާ ވިދާޅުވިއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އީގަލް ހިލްސްއިން އަޅާ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ
ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރު ކުންފުނި "އީގަލް ހިލްސް" އިން ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ