އަމީރު- ފޮޓޯ/ އެމްޑީޕީ
ހަބަރު
23 Jun 2026 | 14:20
ކައުންސިލްތަކަށް މާލީ އެހީވުމަށް އެމްޑީޕީން އޮފީހެއް އުފައްދައިފި؛ ވެރިއަކީ އަމީރު

ލޯކަލް ކައުންސިލްތަކަށް ފަންނީ، މާލީ އަދި އެހެނިހެން މަދަދުވެރިކަމާއި އެހީ ފޯރުކޮށްދިނުމަށް އިންޓަރ-ލޯކަލް ކައުންސިލް ޕްރޮޖެކްޓް ޑެވަލޮޕްމަންޓް އޮފީސް ނަމުގައި އޮފީހެއް އެމްޑީޕީން އުފައްދައިފިއެވެ. 

މި އޮފީސް އުފައްދާފައިވަނީ އެ ޕާޓީގެ ޤައުމީ ސެކްރެޓޭރިއަޓުގައެވެ. 

އޮފީހުގެ ޑައިރެކްޓަރ ޖެނެރަލް އަކީ އެމްޑީޕީގެ ޤަައުމީ މަޖިލިސް މެންބަރު އަދި ކުރީގެ ފިނޭސް މިނިސްޓަރު އިބްރާހިމް ޢަމީރެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރީގެ ރައީސް ނަޝީދު އިންތިޚާބުވެވަޑައިގެންނެވުމާއެކު ޕާޓީގެ އެތެރޭގެ ކަންކަން ހިންގުމަށް ބައެއް ފިޔަވަޅުތައް އަޅުއްވަމުންނެވެ.

އެގޮތުން، ދާދިފަހުން ވަނީ ”ބޮޑު ބަދަލު“ ނަމުގައި އޮފީހެއް އުފައްދަވައި އޮފީހުގެ އިސްވެރިއަކަށް ހަސަން ލަތީފް އައްޔަނު ކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Jun 2026
ހިމަބިހި ޖެހުނު މީހުންގެ އަދަދު އިތުރުވެއްޖެ
ދެމީހުންވެސް ފެނިފައިވަނީ މާލެ ސަރަހައްދުންކަމަށް އެޗްޕީއޭއިން ބުންޏެވެ
23 Jun 2026
ކައުންސިލްތަކަށް އެހީވުމަށް އެމްޑީޕީން އޮފީހެއް އުފައްދައިފި؛ ވެރިއަކީ އަމީރު
އޮފީހުގެ ޑައިރެކްޓަރ ޖެނެރަލް އަކީ އެމްޑީޕީގެ ޤަައުމީ މަޖިލިސް މެންބަރު އަދި ކުރީގެ ފިނޭސް މިނިސްޓަރު އިބްރާހިމް ޢަމީރެވެ.
23 Jun 2026
ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށް
ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާ 25 އަހަރަށް ޖަލަށްލުމާއެކު 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށް ކޯޓުން ހުކުމްކޮށްފިއެވެ.
23 Jun 2026
ޢިލްމީ ބަހުސްތައް އާންމުކުރުމަކީ ޤައުމުގެ މުސްތަޤުބަލަށް އެޅޭ ހަރުދަނާ ފިޔަވަޅެއް
ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ފިކުރީ ވިސްނުންތަކާއި އައު ހޯދުންތަކުގެ އިތުރުން ހަރުދަނާ ލީޑަރުން ވެސް އުފެދިގެން އަންނަނީ ޢިލްމީ ބަހުސްތަކުގެ ތެރެއިން ކަމަށެވެ. އަދި މަދުރަސީ ދައުރުގައްޔާއި، ޔުނިވަރސިޓީގެ އިތުރުން އެހެނިހެން ފެންވަރުތަކުގައި ވެސް މިފަދަ ކަންކަން އާލާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
23 Jun 2026
އީސީގެ މެންބަރުކަމަށް ޝަކީލް އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީސީގެ މެންބަރު ކަމަށް ޝަކީލް އައްޔަނު ކުރުމަށް ފެންނަ ކަމަށް 51 މެންބަރުން ވޯޓުދީފައިވެއެވެ. ޝަކީލް މަގާމަށް އައްޔަނު ކުރުމާ ދެކޮޅަށް ވޯޓުދެއްވީ 7 މެންބަރުންނެވެ.
23 Jun 2026
‏ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި
ރެޑް ނޯޓިސް ނެރެފައިވަނީ ފ. ނިލަންދޫ / ރާހި، އިޒްޔާން ޢަބްދުލްޙަމީދު (38އ) ހޯދުމަށެވެ.
23 Jun 2026
މޫސުން ގޯސްވުމުގެ ސަބަބުން ފްރާންސް-އިރާޤް މެޗު މެދުކަނޑާލިއިރު
ފްރާންސާއި އިރާގު ބައްދަލުކުރި މި މެޗު ރާއްޖެ ގަޑިން ދަންވަރު 2:00 (އެމެރިކާގެ ގަޑިން 17:00)ގައި ފެށި ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން މެޗު ނިންމާލެވުނީ 5:47 (އެމެރިކާ ގަޑިން 20:47) ގައެވެ. ފްރާންސް 1-0 އިން ކުރީގައި އޮއްވާ ފުރަތަމަ ހާފު ނިމުނުތަނާ، ބޯކޮށް ވާރޭވެހި ގުގުރަން ފެށުމުން ރެފްރީ ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި މެޗު މެދުކަނޑާލާފައެވެ.
23 Jun 2026
ފާއިތުވި ތިން އަހަރު ތެރޭގައި، 70،000އަށްވުރެ ގިނަ މީހުން ނަފްސާނީ އެހީތެރިކަން ހޯދި
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ހުޅުމާލޭގައި ނަފްސާނީ ފަރުވާއަށް ޚާއްސަކޮށްގެން 'މެންޓަލް ހެލްތު' ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާ، އެކަމަށްޓަކައި 10،000 އަކަފޫޓުގެ ބިމެއް ކަނޑއަޅާފައިވާ ކަމަށެވެ.