ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ޖީޕީ ކްލިނިކެއް... ފޮޓޯ: ހުޅުމާލެ ހޮސްޕިޓަލް
ހަބަރު
23 Jun 2026 | 15:40
ހިމަބިހި ޖެހުނު މީހުންގެ އަދަދު އިތުރުވެއްޖެ

ވޭތުވެދިޔަ ހަފްތާ އެކަނިވެސް ހިމަބިހީގެ ދެ ކޭސް ފެނިފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ހާމަކޮށްފިއެވެ.

ހިމަބިހި ނުވަތަ މީސްލްސް އާ ބެހޭ ފަހުގެ މައުލޫމާތު ހާމަކުރުމަށް އެކްސްގައި ކުރި ޕޯސްޓެއްގައި އެޗްޕީއޭއިން ބުނީ މިއަހަރު ރާއްޖޭގައި މިހާތަނަށް 22 މީހަކަށް ހިމަބިހި ޖެހިފައިވާކަމަށެވެ.

އެގޮތުން މިދިޔަ ހަފްތާ އެކަނިވެސް ދެ މީހަކަށް ހިމަބިހި ޖެހުނުކަމަށެވެ. އެ ދެމީހުންވެސް ފެނިފައިވަނީ މާލެ ސަރަހައްދުންކަމަށް އެޗްޕީއޭއިން ބުންޏެވެ. މިހާތަނަށް މި ބަލި ޖެހުނު ގިނަ މީހުންގެ ތެރޭގައި ހިމެނެނީ ދިވެހިނެވެ. އެޗްޕީއޭގެ މައުލޫމާތަށް ބަލާއިރު ގިނައިން ހިމަބިހި ޖެހިފައިވަނީ 18 އަހަރުން މަތީގެ މީހުންނަށެވެ. 

އެޗްޕީއޭއިން މީގެ ކުރިން އާއްމުކުރި މައުލޫމާތު ތަކަށް ބަލާއިރު، ހިމަބިހީގައި މިހާތަނަށް 489 ކޮންޓެކްޓުން ފާހަގަކުރެވި މީގެ ތެރެއިން އެކްޓިވް 88 ކޮންޓެކްޓުން ދަނީ މޮނިޓާ ކުރަމުންނެވެ.

ބައްޔަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައިނުވާ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށާ މިހާތަނަށް 220 ކޮންޓެކްޓުންނަށް ވަނީ ވެކްސިން ދީފައި ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ހާއްސަ ވެކްސިން ކެމްޕެއިން މިހާރު ވަނީ ފަށާފަ އެވެ. އެގޮތުން ވެކްސިން ޑޯޒް ފުރިހަމަ ކޮށްފައިނުވާ ކުދީންނަށް ދަނީ ވެކްސިން ދެމުންނެވެ. އަދި ސިއްހީ ހިދުމަތްތެރީންގެ ތެރެއިން 1118 މީހަކަށް ވަނީ ވެކްސިން ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.