-
ހަބަރު
24 Jun 2026 | 14:02
މަސްވެރިންނަށް އައިސް ލިބުމުގެ ދަތިކަން ޙައްލުކުރުމަށް 15 ރަށެއްގައި އައިސްޕްލާންޓް ޤާއިމްކުރަނީ

ފަސް ރަށެއްގައި އައިސްޕްލާންޓް ޤާއިމްކޮށް އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށާއި އިތުރު 15 ރަށެއްގައި އައިސްޕްލާންޓުގެ ޚިދުމަތް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ މަސް ޕްރޮސެސްކުރުމާއި މަހުގެ ސްޓޯރޭޖު މަދުވުމަކީ މި ސަރުކާރު ވެރިކަމާ ޙަވާލުވީއިރު މަސްވެރިންނަށް ކުރިމަތިވެފައި ހުރި ގޮންޖެހުންތައް ކަމަށެވެ. އެ ގޮންޖެހުންތައް ޙައްލުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ގއ. ދެއްވަދޫގައި 25 ޓަނުގެ އައިސްޕްލާންޓެއް ޤާއިމްކޮށްފައިވާއިރު ށ. ފުނަދޫ ދ. މީދޫ ދ. ބަނޑިދޫ އަދި ގއ. ގެމަނަފުށީގައި 30 ޓަނުގެ އައިސްޕްލާންޓް ވަނީ ޤާއިމްކޮށްފައެވެ. މީގެ އިތުރުން މި އަހަރު ނިމުމުގެ ކުރިން މ. ވޭވަށުގައި 60 ޓަނު އަދި ލ. މާބައިދޫގައި 25 ޓަނުގެ ކޯލްޑް ސްޓޯރޭޖު ޚިދުމަތް ދޭން ފަށާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ޤާއިމްކުރާ 15 އައިސްޕްލާންޓުގެ މަސައްކަތް މިހާރު އޮތީ ބަޔަކާ ޙަވާލުކުރުމުގެ މަރުޙަލާގައެވެ. އެގޮތުން ބ. ކުޑަރިކިލުގައި 5 ޓަނު ލ. ހިތަދޫއާއި ލ. މާވަށުގައި 10 ޓަނު ގއ. ނިލަންދޫ ށ. ކޮމަންޑޫ ގއ. ވިލިގިލި ގއ. ދާންދޫ މ. މުލައް ދ. ހުޅުދެލި ހދ. ކުޅުދުއްފުށި ކ. ގާފަރު ހއ. ދިއްދޫ އއ. ރަސްދޫ އަދި ގދ. ރަތަފަންދޫގައި 30 ޓަނުގެ އައިސްޕްލާންޓް ޤާއިމްކުރުމަށް ހަމަޖެހިފައިވާއިރު ޅ. ނައިފަރުގައި 40 ޓަނުގެ އައިސްޕްލާންޓެއް ޤާއިމްކުރުމަށް ވަނީ ނިންމައިފައެވެ.

"އިތުރު 15 ރަށުގެ އައިސްޕްލާންޓުގެ ޚިދުމަތް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައި. އެކި ސައިޒުގެ އައިސްޕްލާންޓް ޤާއިމްކުރަނީ ރައީސް ވެވައިޑައިގެންފައިވާ ވައުދުތަކާއި ކޮމިއުނިޓީތަކުގެ އެދުމާއި އެއްގޮތަށް." ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ފެލިވަރުގައި ހުރި 50 ޓަނުގެ ކޯލްޑް ސްޓޯރޭޖު ކެޕޭސިޓީ 100 ޓަނަށް އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ގދ. ފިޔޯރީގައި ޤާއިމްކުރާ 100 ޓަނުގެ ކޯލްޑް ސްޓޯރޭޖު ފެސިލިޓީއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި ފ. ނިލަންދޫގައި ޤާއިމްކުރާ މަސް ފެކްޓްރީގެ 50 ޓަނުގެ ކޯލްޑް ސްޓޯރޭޖާއި ބަނދަރުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ހަމައެއާ އެކު 100 ޓަނުގެ މަސް ޕްރޮސެސްކުރެވޭ ފެސިލިޓީއެއް ހުޅުމާލޭގައި ޤާއިމްކުރުމަށް ނިންމައި އެ މަޝްރޫޢުގައި އަންނަ ހަފުތާގައި ސޮއިކުރައްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.