މެޗުން މޮޅުވުމަށްފަހު ކޭޕް ވާޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ.. ފޮޓޯ: ސްކައިސްޕޯޓްސް
ކުޅިވަރު
27 Jun 2026 | 08:07
އެންމެން ހައިރާންކޮށްލުމަށްފަހު، ކޭޕް ވާޑް، ވަރލްޑްކަޕްގެ ނޮކްއަުޓްބުރަށް

މިހާރު ކުރިއަށްދާ ވަރލްޑްކަޕް ނޮކްއައުޓްބުރުގެ ޖާގައެއް އެންމެން ހައިރާންކޮށްލުމަށްފަހު ކުޑަކުޑަ ކޭޕް ވާޑުން ހޯދައިފިއެވެ.

ކޭޕް ވާޑަކީ މިފަހަރުގެ މުބާރާތުގައި ވާދަކުރާ ޤައުމުތަކުގެ ނިސްބަތުން އެންމެ ކުޑަ އާބާދިއެއް އޮންނަ އެއް ޤައުމެވެ. ކޭޕް ވާޑަށް އަނެއްބުރުގެ ޖާގައެއް ކަށަވަރުވީ ސައުދީ އަރަބިއާ އާ ދެކޮޅަށް ކުޅުނުމެޗް އެއްވަރުވުމުންނެވެ. މިމެޗް އެއްވަރުވުމުން ކޮންއައުޓްބުރުން ޖާގަ ލިބުނީ ތާވަލްގެ ދެވަނަ ޓީމްގެ ގޮތުގައެވެ.

ކޭޕް ވާޑުން ވަނީ މިފަހަރުގެ ވަރލްޑްކަޕްގައި ހައިރާން ކުރުވަނިވި ނަތީޖާތަކެއް ނެރެފައެވެ. އެޓީމް ވަނީ ފުޓްބޯޅައިގެ ގަދަ ބާރެއްކަމަށްވާ ސްޕެއިންވެސް ހިފަހައްޓާފައެވެ. މީގެ އިތުރުން އުރުގުއޭ އާ ދެކޮޅަށްވެސް ވަނީ މޮޅު ކުޅުމެއް ދައްކައި އެމީހުން މޮޅުވިޔަނުދީ ހިފަހައްޓާފައެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކަށް ނުކުތްއިރު، ނަތީޖާ ނުކުންނަ ގޮތަކުން ކޭޕް ވާޑަށް ގްރޫޕުގެ އެއްވަނަ ލިބުމުގެ ފުރުސަތުވެސް އޮތެވެ. ނަމަވެސް، ހިއުސްޓަންގައި ކުޅުނު މެޗު އެއްވަރުވުމާއި، އަނެއްކޮޅުން ސްޕެއިން އަތުން އުރުގުއޭ 1-0 އިން ބަލިވުމާ ގުޅިގެން، ކޭޕް ވާޑަށް ލިބުނީ ސްޕެއިންގެ ފަހަތުން ގްރޫޕުގެ ދެވަނައެވެ.

ކޭޕް ވާޑްގެ މި ކާމިޔާބީއާ ގުޅިގެން ފުޓްބޯޅަ ލެޖެންޑް އަދި ސްކައި ސްޕޯޓްސްގެ އެނަލިސްޓް ގެރީ ނެވިލް ބުނީ، ކޭޕް ވާޑުން ސާބިތުކޮށްދިނީ ފުޓްބޯޅައަކީ ލަފާކުރަން ދަތި ކުޅިވަރެއްކަމަށެވެ. އަދި ވޯލްޑް ކަޕްގައި ބައިވެރިވާ ޓީމުތަކުގެ އަދަދު އިތުރުކުރުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށް ދެކޭ މީހުން، ކޭޕް ވާޑްގެ ކުޅުން ފެނުމުން އެ ވިސްނުން ބަދަލުކުރާނެ ކަމަށް ބެލެވޭކަމަށް އޭނާ ބުންޏެވެ.

" ފުޓްބޯޅައަކީ ކުރިއާލާ ލަފާކުރަން ދަތި ކުޅިވަރެއް. އަހަރެމެން މި ކުޅިވަރުދެކެ މިހާ ލޯބިވަނީވެސް އެ ސަބަބަށްޓަކައި. މިއީ މި މުބާރާތަށާއި އަލަށް ތައާރަފުކުރި ފޯމެޓަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް" ގެރީ ނެވިލް ބުންޏެވެ.

ކޭޕް ވާޑާއެކު މި ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ކުރިއަށްއޮތް ބުރަށް ދަތުރުކުރީ ސްޕެއިންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.