ރައީސް ނަޝީދުގެ ވެރިކަމުގައި ބިނާކުރި އައްޑޫ އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު
ހަބަރު
27 Jun 2026 | 13:48
ބޭކާރު ޚަރަދޭ ވިދާޅުވުމުން ތަރުޖަމާނުގެ ރައްދެއް ރައީސް ނަޝީދަށް

ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުއަށް ނުސީދާ ގޮތެއްގައި ކުރީގެ ރައީސް ނަޝީދު ފާޑުވިދާޅުވުމުން މި ސަރުކާރުގެ ޗީފް ގަވަމަންޓް ސްޕޯކްސްޕަރސަން ރައްދު ދެއްވައިފިއެވެ.

މި ސަރުކާރުން ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުއަށް ނުސީދާ ގޮތެއްގައި ފާޑުވިދާޅުވަމުން ކުރީގެ ރައީސް  ނަޝީދުގެ ނުރަސްމީ އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އާންމުކޮށް މި ބާވަތުގެ މަސައްކަތް ކުރަމުން އައި އުސޫލުތަކަކީ މިހާރުގެ ހާލަތަށް ބަލާއިރު ދެމެހެއްޓެނިވި ގޮތްތަކެއް ނޫންކަމަށެވެ. އަދި މިގޮތަށް މަސައްކަތް ކުރުން ދެން ކުރިއަކަށް ނުގެންދެވޭނޭކަމަށްވެސް ޕޯސްޓްގައި ވަނީ ވިދާޅުވެފައެވެ.

ނޫސްވެރިއަކު މިކަމާ ގުޅޭގޮތުން ސުވާލުކުރެއްވުމުން ޗީފް ސްޕޯކްސް ޕާސަން މުޙައްމަދު ޙުސައިން ޝަރީފް ވަނީ ބޭކާރު ހަރަދަކީ ކޮބައިތޯ ސުވާލުކުރައްވައި ރައީސް ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު ސާކް ސަމިޓް ބޭއްވުމަށް އައްޑޫ ސިޓީ ހިތަދޫގައި ބިނާކުރި ކޮންވެންޝަން ސެންޓަރުގެ ވާހަކަ ދައްކަވާފައެވެ. ދެމެހެއްޓެނިވި ވިސްނުމެއްނެތި ވަގުތީގޮތުން ބޭނުންކޮށްލެވޭގޮތަށް ބިނާ ކުރި އެ ސެންޓަރަކީ ރައީސް ނަޝީދުގެ ސަރުކާރުން ކުރި ބޭކާރު ހަރަދެއްކަމަށް ތަރުޖަމާން ވިދާޅުވިއެވެ.

ބޭކާރު ހަރަދަކީ ސާކްސަމިޓެއް ބައްވަންވެގެން ބޮޑު މާސް ލޭންޑެއް ކޮނެ، އެތަނުގައި އަސްޓޭބަލްކޮށް އިމާރާތެއް އަޅައި ކަމެއްކުރާނެ ވިސްނުމެއްނެތި އިމާރާތެއް އެޅުން

ޗީފް ސްޕޯކްސް ޕާސަން މުޙައްމަދު ޙުސައިން ޝަރީފް

ތަރުޖަމާން ވިދާޅުވީ، ރައްޔިތުން އާއްމުކޮށް ބޭނުންކުރާ ބޭންކުތައް، އޮފީސްތައް، ވިޔަފާރިތައް އަދި ދަތުރުފަތުރުކުރާ ތަންތަން ހެދުމަކީ އެތަންތަނުގެ މަންފާ ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ލިބޭނޭ ތަންތަންކަމަށެވެ. އެގޮތުން ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަޝްރުޢުގެ ދަށުން ބާޒާރުމަތީ ސަރަހައްދުގެ ތޮއްޖެހުމުގެ މައްސަލަ ހައްލުވެ އެކަމުގެ ފަސޭހަކަން މިއަދު ރައްޔިތުންނަށް ފެންނަން ފަށައި އެކަމުގެ ހިތްހަމަޖެހުން މިއަދު ލިބެމުންދާކަމަށް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ބިނާކުރި އައްޑޫ އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރުގެ ވާހަކަ ތަރުޖަމާނު ފާހަގަކުރެއްވިއިރު، މިހާރު އެތަން ބޭނުންކުރަމުންދަނީ ހޮސްޕިޓަލެއްގެ ގޮތުގައެވެ. ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި އެތަން ހޮސްޕިޓަލަކަށް ބަދަލުކޮށް ހިންގަން ނިންމީ އެތަނުން ދެމެހެއްޓެވި ގޮތެއްގައި މަންފާލިބޭނޭގޮތެއް ނެތުމުންނެވެ. 

އައްޑޫ ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލެއްގެ ގޮތުގައި ބޭނުންކުރަމުންދާއިރު، އަދުގެ ސަރުކާރުން ވަނީ އެތަން އިތުރަށް ތަރައްގީކޮށް، ހިދުމަތްތައް ފުޅާކުރުމަށްޓަކައި 150 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއުތަކެއް ފައްޓަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
4 ވަނަ އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ބެޑްމިންޓަން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުއެވެ. މި ފަހަރުގެ މުބާރާތުގައި އެމްއެންޔޫގެ އެކި ފެކަލްޓީތަކުން ތަމްސީލުކުރާ ޖުމްލަ 11 ޓީމަކުން ބައިވެރިވެއެވެ
22 Sep 2026
އީގަލް ހިލްސްއިން އަޅާ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ
ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރު ކުންފުނި "އީގަލް ހިލްސް" އިން ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.