މެޗުން މޮޅުވުމަށްފަހު އިންގްލެންޑް ކުޅުންތެރިން.. ފޮޓޯ: ސްކައި ސްޕޯޓްސް
ކުޅިވަރު
28 Jun 2026 | 08:07
ޕަނަމާ އަތުން މޮޅުވެ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އިންގްލޭންޑް އަނެއްބުރަށް

ވަރލްޑްކަޕް އިންގްލެންޑް ހިމެނޭ ގްރޫއްޕްގެ އެއްވަނަ ޓީމްގެ ގޮތުގައި އެޓީމް ނޮކްއައުޓް ވުރަށް ދަތުރުކޮށްފިއެވެ.

ރޭ ޕަނަމާ އާއި އިންގްލެންޑް ބައްދަލުކުރި މިމެޗް އިނގިރޭސިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއިންނެވެ. މިމެޗްގައި ފެނިގެންދިޔަ ދެ ލަނޑުވެސް ޖަހާފައިވަނީ، ދެވަނަ ހާފްގެ ތެރޭގައެވެ. އިނގިރޭސިންނަށް ގޯލް ހުޅުވާލަދިނީ 62 ވަނަ މިނެޓް ތެރޭގައި ބެލިންހަމްއެވެ. ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ، އޭގެ ހަތަރު މިނެޓްފަހުން ހަރީ ކޭން އެވެ.

މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އިނގިރޭސިންނަށްވުރެ ބޮޑަށް ފާހަގަވީ ޕަނަމާއެވެ. އެޓީމުންވަނީ ކައުންޓަރ އެޓޭކްގައި އިނގިރޭސި ޑިފެންސްލައިނަށް ނުރައްކާކޮށްފައެވެ. ނަމަވެސް ދެވަނަ ހާފްގައި އިނގިރޭސިން ވަނީ މެޗްގެ ކޮންޓްރޯލް އަތުލާފައެވެ. 

މިގްރޫޕްގެ އަނެއް މެޗްގައި ކޮރްއޭޝިއާ އާއި ގާނާ ބައްދަލުކުރިމެޗް 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކޮރްއޭޝިއާއެވެ. މިމެޗުން ގާނާ ބަލިވިނަމަވެސް އަނެއްބުރަށް ދިއުމުގެ ފުރުސަތު އެޓީމަށް އަދިވެސް އެބައޮތެވެ. ރޭ ކުޅުނު މެޗްތަކަށްފަހު އިނގިރޭސިން ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ނޮކްއައުޓް ބުރުގެ ޖާގަ ކަށަވަރުކުރީ 7 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައިވާ ކޮރްއޭޝިއާއަށް 6 ޕޮއިންޓް ލިބުނުއިރު، ގާނާއަށް ލިބުނީ 4 ޕޮއިންޓެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.