ޓްރަމްޕް-
ދުނިޔެ
28 Jun 2026 | 10:13
އެމެރިކާގެ ޓެކް ކުންފުނިތަކަށް އަމާޒުކޮށް ޑިޖިޓަލް ޓެކްސް ނަގާ ޔޫރަޕްގެ ގައުމުތަކާ ދެކޮޅަށް %100 ޓެރިފް ނަގާނަން: ޓްރަމްޕް

އެމެރިކާގެ ބޮޑެތި ޓެކް ކުންފުނިތަކަށް އަމާޒުކޮށް ޑިޖިޓަލް ސާވިސް ޓެކްސް ނަގާ ކޮންމެ ޔޫރަޕް ޤައުމަކާ ދެކޮޅަށް ސައްތައިން ސައްތަ ޓެރިފް އެޅާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ.

ޓްރަމްޕް އޭނާގެ ޓްރުތް ސޯޝަލް ޕްލެޓްފޯމުގައި ލިޔުނު ޕޯސްޓެއްގައި ބުނީ ޔޫރަޕުގެ ގިނަ ޤައުމުތަކަކުން އެފަދަ ޓެކްސްއެއް ނެގުމާ މެދު ވިސްނަމުންދާ ކަމަށާއި ބައެއް ޤައުމުތައް އެކަން ތަންފީޒުކުރުމާ ގާތްވެފައިވާ ކަމަށެވެ. އެފަދަ ޓެކްސްއެއް ނަގައިފި ކޮންމެ ޤައުމަކާ ދެކޮޅަށް ވަގުތުން ޓެރިފް އެޅޭނެ ކަމަށާއި އެ ޓެރިފްތަކުން ދެ ޤައުމުގެ ދެމެދުގައި ހުރި ވިޔަފާރީގެ އެއްބަސްވުންތައްވެސް ބާޠިލުވާނެ ކަމަށް އޭނާ އިންޒާރު ދިނެވެ.

"އެފަދަ ޓެކްސްއެއް ނަގާ ކޮންމެ ޤައުމަކާ ދެކޮޅަށް އެ ޤައުމަކުން އެމެރިކާއަށް ފޮނުވާ ހުރިހާ މުދަލަކުން ސައްތައިން ސައްތަ ޓެރިފް ވަގުތުން ނެގެން ފެށޭނެ" ޓްރަމްޕް ލިޔެފައިވެއެވެ.

މި އިންޒާރުގެ ސަބަބުން މިހާރުވެސް ޑިޖިޓަލް ސާވިސް ޓެކްސް ނަގަމުންދާ ޤައުމުތަކަށް ކުރާނެ އަސަރު ސާފެއް ނޫނެވެ.

އިނގިރޭސިވިލާތުން 2020 ވަނަ އަހަރު ތައާރަފުކުރި ދެ އިންސައްތައިގެ ޑިޖިޓަލް ސާވިސް ޓެކްސް ނެގެނީ ދުނިޔޭގެ ފެންވަރުގައި 500 މިލިއަން ޕައުންޑަށް ވުރެ މައްޗަށް ޑިޖިޓަލް އާމްދަނީ ލިބޭ އަދި އިނގިރޭސިވިލާތުގައި 25 މިލިއަން ޕައުންޑަށް ވުރެ މަތީ އާމްދަނީއެއް ހޯދާ ބޮޑެތި ސާޗް އިންޖީންތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކާއި އޮންލައިން މާކެޓްޕްލޭސްތަކުންނެވެ.

މި ޓެކްސް އެޕަލް ގޫގުލް މެޓާ އަދި އެމެޒޯން ފަދަ އެމެރިކާގެ ބޮޑެތި ޓެކް ކުންފުނިތަކުން ނަގައެވެ. އިނގިރޭސި ޓްރެޝަރީގެ ހިސާބުތައް ދައްކާ ގޮތުން 2024-25 ވަނަ މާލީ އަހަރު މި ޓެކްސުން 800 މިލިއަން ޕައުންޑަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައިވެއެވެ. އޭގެ ކުރީ އަހަރު މި ޢަދަދު އޮތީ 678 މިލިއަން ޕައުންޑުގައެވެ.

ޑިޖިޓަލް ސާވިސް ޓެކްސްއަކީ އެމެރިކާގެ ކުންފުނިތަކާ ދެކޮޅަށް ނާއިންސާފުން ނެގޭ ޓެކްސްއެއް ކަމަށް ޓްރަމްޕް ތަކުރާރުކޮށް ބުނެފައިވެއެވެ. މިދިޔަ އެޕްރީލް މަހުވެސް ޓްރަމްޕް ބުނީ އިނގިރޭސިވިލާތުން އެމެރިކާގެ ޓެކް ކުންފުނިތަކުން ނަގާ ޓެކްސްގެ ސަބަބުން "ބޮޑު ޓެރިފެއް" ކުރިމަތިވެދާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.