-
ދުނިޔެ
30 Jun 2026 | 11:08
ވޯލްޑް ކަޕް ކުރިއަށްދާއިރު އެމެރިކާއަށް ނުރައްކާތެރި ހޫނުގެ ރާޅެއް

ވޯލްޑް ކަޕް ނޮކްއައުޓް ބުރުގެ މެޗުތައް ކުރިއަށްދާ ދަނޑިވަޅެއްގައި އެމެރިކާގެ މެދުތެރެއާއި އިރުމަތީ ސަރަޙައްދުތަކަށް "ހީޓް ޑޯމް" ގެ ނަމުން މަޝްހޫރު ނުރައްކާތެރި ހީޓް ވޭވްއެއް ފެތުރެމުން އެބަ ދެއެވެ. މި ހީޓް ޑޯމަކީ ހޫނާއި ތެތްކަން ހިފެހެއްޓޭ ގޮތަށް އުފެދޭ ބޮޑު ހައި ޕްރެޝަރު ޑޯމް އެކެވެ.

އެމެރިކާގެ ނެޝަނަލް ވެދާ ސާވިސް އިން ބުނީ މިޑްވެސްޓާއި އީސްޓް ކޯސްޓުގެ ބައެއް ސަރަޙައްދުތަކުގައި ހީޓް އިންޑެކްސް 105 އާއި 115 ޑިގްރީ ފެރެންހައިޓާ ދެމެދަށް އަރާނެ ކަމަށެވެ. މި ހޫނުގެ ރާޅު ކެނެޑާގެ ބައެއް ސަރަޙައްދުތަކަށް ވެސް ފެތުރޭނެ ކަމަށް ބެލެވެއެވެ. ޓޮރޮންޓޯއިން ކެންސަސް ސިޓީއާއި ނިއު ޖާޒީގެ އީސްޓް ރަދަފޯޑާއި ފިލެޑެލްފިއާގައި ކުޅޭ މެޗުތަކަށް ވެސް މި ހޫނުގެ އަސަރު ކުރާނެއެވެ.

"އިރު އޮއްސުމަށް ފަހު ވެސް ވަރަށް ހޫނުގަދަވާނެ. މި ޕެޓާނުގެ ސަބަބުން މެންދުރު ފަހުން ފެށިގެން ރޭގަނޑާ ހަމައަށް ވެސް ވަރަށް ހޫނުވާނެ" ކަމަށް އެކިއުވެދާގެ ސީނިއާ މީޓިއޮރޮލޮޖިސްޓް އެލަން ރެޕާޓް ބުންޏެވެ. ނިއު ޔޯކުގައި 2013 ވަނަ އަހަރަށް ފަހު ފެންނާނެ އެންމެ މަތީ ފިނިހޫނުމިން މި ހަފުތާގައި ރެކޯޑު ކުރެވޭނެ ކަމަށް ވެސް ރެޕާޓް ލަފާކުރެއެވެ.

ފީފާއިން ވަނީ މި ވޯލްޑް ކަޕުގެ ކޮންމެ މެޗެއްގެ ކޮންމެ ހާފެއްގައި ތިން މިނެޓުގެ ލާޒިމު ހައިޑްރޭޝަން ބްރޭކެއް ކަނޑައަޅައިފައެވެ. ނަމަވެސް ކުޅުންތެރިންގެ ސަލާމަތާ ގުޅޭ ގޮތުން އިތުރު ފިޔަވަޅެއް އެޅުމާ ބެހޭ ގޮތުން ފީފާއިން ވަކި އެއްޗެއް ނުބުނެއެވެ.

ޓޮރޮންޓޯއިން ވަނީ ހޫނާ ގުޅިގެން "ހީޓް ރިލީފް ސްޓްރެޓެޖީ" ތަންފީޒުކޮށްފައެވެ. އެޓްލާންޓާ ޑެލަސް އަދި ހިއުސްޓަންގެ ސްޓޭޑިއަމްތަކުގައި ރިޓްރެކްޓެބަލް ފުރާޅާއި އެއާ ކޮންޑިޝަނިން ހުރުމުން ބޮޑު ލުޔެއް ލިބޭނެއެވެ. ނިއު ޖާޒީގެ ހެކެންސެކް ޔުނިވާސިޓީ މެޑިކަލް ސެންޓަރުގެ އިމަޖެންސީ ޑިޕާޓްމެންޓް ޑޮކްޓަރު އެލީނާ މިޓީނާ ބުނީ ހިޔާ ހޯދުމާއި ފެން ލިބޭނެ ގޮތް ހެދުމަކީ ފުރާނަ ސަލާމަތްކޮށްދޭނެ ކަމެއް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ