ވިޔަފާރި
30 Jun 2026 | 14:15
ވޯލްޑްކަޕާ ގުޅިގެން މޯލްޑިވްސް ޕޯސްޓުގެ އީއެމްއެސްއިން ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފި

ފީފާ ވޯލްޑްކަޕް 2026 އާ ގުޅިގެން މޯލްޑިވްސް ޕޯސްޓުގެ އެކްސްޕްރެސް މެއިލް ސަރވިސް (އީއެމްއެސް) އިން ރާއްޖެއިން ބޭރަށް ފޮނުވާ ކޮންމެ ޝިޕްމަންޓަކުން 26 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭ ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ 19 ޖުލައި 2026 ގެ ނިޔަލަށެވެ. އީއެމްއެސް އަކީ ދުނިޔޭގެ 177 ޤައުމަކަށް 3 ދުވަހާއި 5 ރަސްމީ ދުވަހުގެ ތެރޭގައި ތަކެތި ޑެލިވަރީ ކޮށްދޭ ޚިދުމަތެކެވެ. މި ޚިދުމަތް މޯލްޑިވްސް ޕޯސްޓުގެ ކޮންމެ އައުޓްލެޓަކުން ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި މޯލްޑިވްސް ޕޯސްޓުގެ ވެބްސައިޓުގައިވާ "ޕޯސްޓޭޖް ކަލްކިއުލޭޓަރ" މެދުވެރިކޮށް ތަކެތި ފޮނުވުމުގެ އަގު ބަލައިލެވޭނެއެވެ.

ޑިސްކައުންޓް ޕްރޮމޯޝަނުގެ އިތުރުން މޯލްޑިވްސް ޕޯސްޓުގެ ފޭސްބުކް އަދި އިންސްޓާގްރާމްގައި ސްކޯ ޕްރިޑިކްޝަން އިވެންޓެއް ވެސް ކުރިއަށްގެންދާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

މި އިވެންޓުގައި ބައިވެރިވުމަށް ކޮންމެ މެޗެއްގެ ދެވަނަ ހާފް ފެށުމުގެ ކުރިން މޯލްޑިވްސް ޕޯސްޓުގެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ އެ މެޗަކަށް ޚާއްޞަ ޕޯސްޓުގައި ސްކޯ ޕްރިޑިކްޝަން ކޮމެންޓުކުރަން ޖެހޭނެއެވެ. ދެވަނަ ހާފް ފެށުމުގެ ފަހުން ކުރާ ކޮމެންޓުތަކާއި އޮރިޖިނަލް ކޮމެންޓު އެޑިޓުކޮށްފައިވާ ނަމަ އެ ކޮމެންޓު ބާޠިލުވާނެއެވެ.

އެންމެ ގިނައިން ސްކޯ ދިމާކުރާ ފަރާތްތަކަށް އަގުހުރި ހަދިޔާތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޕޯސްޓުން ބުނެފައިވެއެވެ. އެގޮތުން ސްޓޭޖް އެކެއްގެ ނަސީބުވެރިޔަކަށް ޕޯޗުގަލް ޖާޒީއެއް ދެވަނަ ސްޓޭޖުގެ ނަސީބުވެރިޔަކަށް ފްރާންސް ޖާޒީއެއް އަދި މުޅި އިވެންޓުގެ ނަސީބުވެރިޔަކަށް ފީފާ ވޯލްޑްކަޕް ހިސްޓޮރީ ބޯލް ސެޓަކާއި 20 ކިލޯގެ އީއެމްއެސް ވައުޗަރެއް ލިބޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.