އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް.. ފޮޓޯ: އޭއެފްޕީ
ދުނިޔެ
04 Jul 2026 | 10:34
ޕެނަމާ ކެނަލް ކޮންޓްރޯލްކުރުމުގެ ފުރުސަތު ޗައިނާއަށް ނުދޭނަން: ޓްރަމްޕް

ޕެނަމާ ކެނަލްގެ ކޮންޓްރޯލް ޕެނަމާއާ ހަވާލުކުރުމަކީ އެމެރިކާއިން ހެދި ވަރަށް ބޮޑު ގޯހެއްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ނޯތު ޑަކޯޓާގެ މެޑޯރާގައި ހުންނަ ތިއޮޑޯރ ރޫޒަވެލްޓް ޕްރެޒިޑެންޝަލް ލައިބްރަރީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ، 1977 ވަނަ އަހަރުގެ މުއާހަދާގެ ދަށުން އެމެރިކާއިން ޕެނަމާ ކެނަލްގެ ކޮންޓްރޯލް ދޫކޮށްލުމަށް ނިންމި ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޓްރަމްޕް ތުހުމަތު ކުރެއްވި ގޮތުގައި ޕެނަމާއިން އެ ކެނަލްގެ ކޮންޓްރޯލް ނެގުމަށްފަހު، އެތަން ހުރަސްކުރާ އުޅަނދުފަހަރުން ނަގާ ފީ ހަތަރު ގުނައަށް ބޮޑުކޮށް، އޭގެއިން ބޮޑު ފައިދާއެއް ހޯދާފައިވެއެވެ. މީގެ އިތުރުން، ދުނިޔޭގެ ވިޔަފާރީގެ މުހިންމު މި ކަނޑުގެ މަގުގެ ނުފޫޒު ހޯދުމަށް ޗައިނާއިން މިހާރު މަސައްކަތް ކުރަމުންދާ ކަމަށާއި، ނަމަވެސް އެމެރިކާއިން އެ ފުރުސަތު ބެއިޖިންއަށް ނުދޭނެ ކަމަށް ޓްރަމްޕް ވައުދުވެވަޑައިގެންނެވިއެވެ.

ދުނިޔޭގެ ކަނޑުގެ ވިޔަފާރީގެ ގާތްގަނޑަކަށް %5 ހިއްސާކުރާ މި ޕެނަމާ ކެނަލްއަކީ އެމެރިކާގެ އިގްތިސާދަށް ނުހަނު މުހިންމު ތަނެކެވެ. ސަބަބަކީ އެމެރިކާގެ ކޮންޓޭނަރުތަކުގެ %40 އަށްވުރެ ގިނަ މުދާ ކޮންމެ އަހަރަކުވެސް މި ކެނަލް މެދުވެރިކޮށް ދަތުރުކުރާތީއެވެ. ޓްރަމްޕްގެ މި ވާހަކަތަކަކީ ޕެނަމާ ކެނަލްގެ މިލްކުވެރިކަން އަލުން އެމެރިކާއަށް ހޯދުމަށް އޭނާ ގެންގުޅުއްވާ ވިސްނުން އަނެއްކާވެސް ހާމަކޮށްދޭ ކަމެއް ކަމަށް މާހިރުން ބުނެއެވެ. ނަމަވެސް، މިއަހަރުގެ ކުރީކޮޅު ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ ވަނީ ޕެނަމާއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވާކަން ހާމަކޮށް، ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމުގެ ތެރެއަށް ތިންވަނަ ފަރާތަކުން، ޚާއްޞަކޮށް އެމެރިކާއިން،ނުފޫޒު ފޯރުވުމާ ދެކޮޅަށް ވާހަކަދައްކަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.