އިސްރާއީލުން ވެސްޓް ބޭންކުގައި ފަލަސްޠީނު ރައްޔިތެއްގެ ގެ ބުލްޑޯޒަރާއި ބޮޑެތި މެޝިނުން ހަލާކުކުރާ މަންޒަރު -
ދުނިޔެ
14 Jul 2026 | 13:50
ޣައްޒާގައި އިތުރު 12000 ގެ ބިނާކުރަން އިސްރާއީލުން 2.3 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އިސްތިއުމާރީ އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ޣައިރު ޤާނޫނީ ވަޒަންވެރިވުންތައް ފުޅާކުރުމުގެ ގޮތުން 8.5 ބިލިއަން ޝެކެލް (2.3 ބިލިއަން ޑޮލަރު) ގެ ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް އިސްރާއީލުގެ މީޑިއާ ބުނެފައިވެއެވެ.

މި އެއްބަސްވުމުގެ ދަށުން 12000 އައު ބޯހިޔާވަހިކަމުގެ ޔުނިޓް އިމާރާތްކުރުމާއި ބޮޑެތި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ހަމަޖެހިފައިވެއެވެ.

އިސްރާއީލުގެ ޗެނަލް 14 އިން މި އެއްބަސްވުމަކީ ޣައިރު ޤާނޫނީ ސެޓްލްމަންޓްތައް ފުޅާކުރުމަށާއި "ސަރަޙައްދުގެ ސިފަ ބަދަލުކުރުމަށް" ބާރުއެޅުމަށް އެޅި "ބިޔަ" ފިޔަވަޅެއް ކަމަށް ސިފަކޮށްފައިވެއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރަސްމީ ރަސްމިއްޔާތެއްގައި ކަމަށާއި މި ރަސްމިއްޔާތުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް އިސްރާއީލު ލޭންޑް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ޔަހޫދާ އީލިޔާހޫ އަދި ހުޅަނގު އައްސޭރީގެ އުތުރުގައިވާ ގިނަ ޢަދަދެއްގެ އިސްރާއީލު ސެޓްލްމަންޓްތައް ބަލަހައްޓާ ޝޮމްރޮން ރީޖަނަލް ކައުންސިލްގެ ވެރިޔާ ޔޮސީ ޑަގަން ބައިވެރިވެފައިވެއެވެ.

މި ރިޕޯޓުގައި ބުނެފައިވަނީ މި އެއްބަސްވުމުގެ ސަބަބުން ސަރަޙައްދުގައި ޣައިރު ޤާނޫނީ ސެޓްލްމަންޓްތައް ފުޅާކުރުމުގެ ޕްރޮސެސްއަށާއި އެތަންތަނުގެ އުމްރާނީ ވަސީލަތްތައް ޒަމާނީ ފެންވަރަށް ބަދަލުކުރުމަށް "ބޮޑު ކުރިއެރުމެއް" ލިބިގެންދާނެ ކަމަށެވެ.

އިސްރާއީލުގެ ސެޓްލްމަންޓާ ދެކޮޅު ފާރަވެރި ޖަމާޢަތެއް ކަމަށްވާ ޕީސް ނައު އިން ބުނާ ގޮތުގައި ހިފާފައިވާ ހުޅަނގު އައްސޭރީގެ ސެޓްލްމަންޓްތަކުގައި ގާތްގަނޑަކަށް 500000 އިސްރާއީލު ޣައިރު ޤާނޫނީ ސެޓްލަރުން ދިރިއުޅެއެވެ. މީގެ އިތުރުން ހިފާފައިވާ އިރުމަތީ ގުދުސްގެ ސެޓްލްމަންޓްތަކުގައި ގާތްގަނޑަކަށް 250000 މީހުން ދިރިއުޅެއެވެ.

އދ. އިން ތަކުރާރުކޮށް ބުނަމުންދަނީ ފަލަސްޠީނުގެ ހިފާފައިވާ ބިންތަކުގައި ހަދާފައިވާ އިސްރާއީލުގެ ސެޓްލްމަންޓްތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުގެ ދަށުން ޣައިރު ޤާނޫނީ ކަންކަން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.