23 Jul 2019 | 16:23
ޖަޝޯދާބެން ޗިމަންލާލް: އަދިވެސް މޯދީގެ އިންތިޒާރުގައި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ގުޅޭގޮތުން ދެކެވޭ ތަފާތު ވާހަކަތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ޝައުގުވެރިކަން ދަމައިގަންނަ އެއް ވާހަކައަކަށް ވެފައިވަނީ އެމަނިކުފާނުގެ އަނބިކަނބަލުންގެ ވާހަކައަށެވެ.

މޯދީގެ އަނބިކަނބަލުންނަކީ ޖަޝޯދާބެން ޗިމަންލާލް މޯދީއެވެ. މޯދީ އޭނާއާއި އެންގޭޖްވީއިރު، މޯދީގެ އުމުރުފުޅުން 13 އަހަރެވެ. ކައިވެނި ބައްލަވައިގެންފައިވަނީ 1968 ވަނަ އަހަރުގައެވެ. އޭރު މޯދީގެ އުމުރުފުޅުން 18 އަހަރެވެ. އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާގޮތުން މޯދީއާއި ޖަޝޯދާބެންގެ ކައިވެންޏަކީ އިންޑިއާގެ ދުވަސްވީ ސަގާފަތާއި އެއްގޮތްވާ ގޮތުގެ މަތިން، ދެފަރާތުގެ އާއިލާގެ ނިންމުމުގެ ތެރެއިން ކުރުވި ކައިވެންޏެކެވެ.

ކައިވެންޏަށްފަހުގައި މޯދީއާއި ޖަޝޯދާބެން އެކުގައި އުޅުއްވީ ތިން މަސްދުވަހުގައެވެ. އެއަށްފަހު މޯދީ ގިނަ ވަގުތު ހުސްކުރެއްވީ އިންޑިއާގެ އެކި ހިސާބުތަކަށް ދަތުރު ކުރެއްވުމަށެވެ. އެގޮތުގައި ތިން އަހަރު ހޭދަ ކުރެއްވުމަށްފަހު މޯދީ އެމަނިކުފާނުގެ އަނބިކަނބަލުން ޖަޝޯދާބެންއާއި އާއިލާގެ އަރިހަށް ވަޑައިގަތުން ހުއްޓަވާލެއްވިއެވެ. މޯދި ވިދާޅުވީ އެކަން އެގޮތަށް ކުރެއްވީ އާރްއެސްއެސްގެ ތެރެއިން،، ގައުމަށް ޚިދުމަތް ކުރެއްވުމަށް ކަމަށެވެ.

މޯދީގެ އަނބިކަނބަލުން ޖަޝޯދާ ވިދާޅުވީ، ކުރިން އޭނާ މާބޮޑަށް ކިޔެވުމަށް ޝައުގުވެރިކަން ނުހުރި ނަމަވެސް، އެކަމަށް ހިތްވަރު ދެއްވީ މޯދީ ކަމަށެވެ. އެގޮތުން މުދައްރިސަކަށް ވުމަށް އަޒުމް ކަނޑައަޅުއްވައި، އެ ދާއިރާއިން ކުރިއަށްދާން ހިތްވަރު ލިބުނީ މޯދީގެ ނަސޭހަތުގެ ސަބަބބުން ކަމަށްވެސް ވިދާޅުވިއެވެ. ގުޖުރާތީ ނިއުސް ޗެނަލްއަށް ދެއްވި ބަސްދީގަތުމެއްގައި، ޖަޝޯދާ ވަނީ އޭނާގެ ކާމިޔާބީގެ ސިއްރަކީ މޯދީ ކަމަށް ވިދާޅުވެފައެވެ.

ފިރިކަލުން މޯދީއާއި ގުޅޭގޮތުން، ޖަޝޯދާ މީގެ ކުރިން ތަފާތު ގޮތަކަށްވެސް ވާހަކަ ދައްކަވާފައިވެއެވެ. އެގޮތުން މޯދީ އޭނާގެ ހާލު އެއްވެސް ވަރަކަށް ނުބައްލަވާތީ ކަންބޮޑުވުން ފާޅު ކުރައްވާފައިވެސް ވެއެވެ. 2009 ވަނަ އަހަރުގެ ތެރޭގައި އެންމެ ފުރަތަމަ ޖަޝޯދާގެ ނަން މީޑިއާތަކަށް ތިލަވިއިރު، އޭނާ ވަނީ މޯދީއާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އޭނާއަށް ނުފޫޒު ގަދަ މީހުންގެ ލޯތައް ހުއްޓިފައިވާ ކަމަށާއި، އެހެންކަމުން ފިރިކަލުންނާއި ދެކޮޅަށް އެއްޗެއް ވިދާޅުވާން ނުކެރޭކަން ހާމަކުރެއްވިއެވެ.

ޖަޝޯދާ ވަނީ މޯދީއާއި ގުޅިފައިވާ ބައެއް ހަނދާންތައްވެސް ހިއްސާ ކުރައްވާފައެވެ. އިންޑިއަން އެކްސްޕްރެސްއަށް ދެއްވި ބަސްދީގަތުމެއްގައި ޖަޝޯދާ ވިދާޅުވީ އެއްފަހަރަކު މޯދީގެ މަންމމަ އާއި ބައްދަލު ކުރައްވަން ވަޑައިގަތްއިރު މޯދީގެ އަތްޕުޅަށް ޒަހަމްތަކެއް ލިބިވަޑައިގެންފައިވުމުން، ޖަޝޯދާ މޯދީއަށް ބޭސްކޮށްދެއްވި ކަމަށެވެ. އަދި "އޭކް ޕޫލް ދޯ މާލީ"ގައި މޯދީ އެކްޓް ކުރެއްވުމުން، އެތަން ބަލަން ވަޑައިގެން ކަމަށާއި، އެ ޕްލޭގައި މޯދީގެ އެކްޓިންއަށް ތައުރީފް ކުރެއްވި ވާހަކަވެސް ޖަޝޯދާ ހިއްސާ ކުރެއްވިއެވެ.

ޖަޝޯދާ ވިދާޅުވީ އަންބެއްގެ ގޮތުގައި މޯދީ އޭނާ ބަލައިގެންފައި ނުވިޔަސް އެކަމާއި ހިތާމަ ނުކުރައްވާ ކަމަށާއި، އެހެން އެކަންވީ ތަގުދީރު ނިޔާކުރި ގޮތުން ކަމަށެވެ. އަދި މޯދީގެ ދިރިއުޅުމަށް އޭނާގެ އެއްވެސް ނުފޫޒެއް ނެތްއިރު، އޭނާގެ ދިރިއުޅުމުގައި މޯދީގެ އެއްވެސް ނުފޫޒެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.

ޖަޝޯދާއާއި މޯދީ އެންމެ ފަހުން ބައްދަލުވެފައިވަނީ 1987 ވަނަ އަހަރުގައެވެ. އެއީ އެދެމީހުންގެ ކައިވެނި ރަސްމީކޮށް ނިމުމަކަށް ގެނައުމަށެވެ. އެހެންނަމަވެސް އެކަން ނުވީ ޖަޝޯދާ އެކަމަށް އިންކާރު ކުރެއްވުމުންނެވެ.

ޖަޝޯދާ ވިދާޅުވީ ފިރިކަލުން މޯދީ އޭނާއާއި އެކުގައި ނޫޅުއްވި ކަމުގައިވިޔަސް، ފިރިކަލުންގެ ވާހަކަތައް ނޫހުން ކިޔުއްވާ ކަމަށާއި، ޓީވީންވެސް ފިރިކަލުންގެ ބަސްދީގަތުންތައް ބަރާބަރަށް ބައްލަވާ ކަމަށެވެ. އަދި މޯދީއަށް އަދިވެސް އިންތިޒާރު ކުރެވޭ ކަމަށް ޖަޝޯދާ ވިދާޅުވެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.