ފަލަސްތީނުގެ ދިދަ -
ދުނިޔެ
19 Jul 2026 | 13:01
އިސްތިޢުމާރީ އިޒްރޭލުގެ އާބާދީތަކުން މުދާ އެތެރެކުރުން ބެލްޖިއަމުން މަނާކޮށްފި

އިސްތިޢުމާރީ އިޒްރޭލު ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޤާއިމުކޮށްފައިވާ ޔަހޫދީ އާބާދީތަކުން އުފައްދާ މުދާ އެތެރެކުރުން ބެލްޖިއަމްގެ ފެޑެރަލް ސަރުކާރުން ރަސްމީކޮށް މަނާކޮށްފިއެވެ.

ހޫނު މޫސުމުގެ ޗުއްޓީ ފެށުމުގެ ކުރިން ބޭއްވި ކެބިނެޓުގެ ފަހު ބައްދަލުވުމުގައި ނިންމި މި ނިންމުމަކީ ޣައްޒާއަށް ދެމުންގެންދާ ޙަމަލާތަކާ ގުޅިގެން މިދިޔަ އަހަރު ބެލްޖިއަމް ސަރުކާރުން ވީ ވަޢުދު ފުއްދުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ބެލްޖިއަމް ނިއުސް އެޖެންސީ (ބެލްގާ) އިން ރިޕޯޓުކޮށްފައިވެއެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ) ފެންވަރުގައި މިކަމާ މެދު އެއްބަސްވުމަކަށް ނާދެވި އޮތް ދަނޑިވަޅެއްގައި ވަކިވަކި ޤައުމުތައް އަމިއްލައަށް ފިޔަވަޅު އެޅުމުގެ ބުރުގައި ބެލްޖިއަމް ވެސް ބައިވެރިވީއެވެ.

މި ހަފުތާގައި ބެލްޖިއަމްގެ ޚާރިޖީ ވަޒީރު މެކްސީމް ޕްރެވޯ ވަނީ ބްރަސެލްސްގައި ބޭއްވި ބަންދު ބައްދަލުވުމެއްގައި އީޔޫ ފެންވަރުގައި މި ފިޔަވަޅު އެޅުމަށް ގޮވައިލައިފައެވެ. ޔޫރަޕިއަން ކޮމިޝަނުން ވަޒީރުންނަށް ހުށަހެޅީ ޙަޤީޤީ ޕްލޭނެއް ނޫން ކަމަށްވެސް ބުންޏެވެ.

މި ފިޔަވަޅަށް ބާރު ލިބޭ ހެއްކެއްގެ ގޮތުގައި ގްލޯބަލް އެކޯ ލިޓިގޭޝަން ސެންޓަރުން މި އަހަރު ހެދި ތަޙުޤީޤެއްގައި 30,000 އަށް ވުރެ ގިނަ އެކްސްޕޯޓް ލިޔެކިޔުން ބަލައިފައިވެއެވެ. އެ ތަޙުޤީޤުން ހާމަވީ ގޮތުގައި ކޮންމެ ހަ ޝިޕްމަންޓަކުން ގާތްގަނޑަކަށް އެއް ޝިޕްމަންޓުގައި ހުޅަނގު އައްސޭރިއާއި ގޯލާން ހައިޓްސްގެ އާބާދީތަކުން ހައްދާ ބާވަތްތައް ހިމެނެއެވެ.

އީޔޫ ޤައުމުތަކަށް ފޮނުވި ޝިޕްމަންޓުތަކުގެ ތެރެއިން ކޮންމެ ފަސް ޝިޕްމަންޓަކުން ގާތްގަނޑަކަށް އެކެއްގައި މި ބާވަތްތައް ހުރި ކަމަށް ވެސް ހާމަވިއެވެ. އެކްސްޕޯޓު ކުރާ ފަރާތްތަކުން މުދާ އުފެއްދި ތަން ފޮރުވައި ލޭބަލް ބަދަލުކޮށް އިޒްރޭލުގެ އެހެން ސަރަހައްދުތަކުގެ މުދަލާ އެއްކޮށް ހެއްދި ތަނާ ގުޅުމެއް ނެތް އެޑްރެސް ބޭނުންކޮށް ފޮނުވި ކަމަށް ވެސް ތަޙުޤީޤުގައި ފެނިފައިވެއެވެ.

އީޔޫ އަކީ އިޒްރޭލުގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާ ކަމުގައިވާއިރު އެ ޖަމާއަތުން އެކްސްޕޯޓުގެ ގާތްގަނޑަކަށް 30 އިންސައްތަ ގަންނަނީ އީޔޫ ޤައުމުތަކުންނެވެ. މިދިޔަ އަހަރު ދެ ފަރާތުގެ ދެމެދުގައި 43 ބިލިއަން ޔޫރޯ (49 ބިލިއަން ޑޮލަރު) ގެ މުދާ ބަދަލުކޮށްފައިވެއެވެ.

ބެލްޖިއަމްގެ ކުރިން ވެސް ޔޫރަޕުގެ ބައެއް ޤައުމުތައް ވަނީ މި ފިޔަވަޅު އަޅައިފައެވެ. ސްޕެއިނުން މިދިޔަ ސެޕްޓެމްބަރުގައި ޤާނޫނަކުން މި ކަން މަނާކުރިއެވެ. ނެދަލެންޑްސް މެއި މަހު އެކަމަށް އެއްބަސްވިއެވެ. ސްލޮވީނިއާ ވެސް މި އަހަރު ކުރީކޮޅު ހަމަ އެ ފިޔަވަޅު އެޅި ނަމަވެސް އިޒްރޭލާ ގާތް ސަރުކާރެއް ހޮވުމާ އެކު އެ ޤައުމުގެ ސިޔާސަތު ބޮޑުތަނުން ބަދަލުވެފައިވެއެވެ. އަޔަލެންޑުގެ ޕާލިމެންޓުން ޖުލައި 15 ގައި މަނާކުރުމެއް ފާސްކުރީ ބެލްޖިއަމްގެ ފިޔަވަޅުގެ ދުވަސްކޮޅެއް ކުރިންނެވެ.

ޔޫރަޕިއަން ކޮމިޝަނުން އީޔޫ ޤައުމުތަކާ ހިއްސާކުރި ކަރުދާހެއްގައި ތިން ގޮތެއް ހުށަހެޅި ކަމަށް ރިޕޯޓުތައް ބުނެއެވެ. އެއީ އެތެރެކުރުން މަނާކުރުމާއި ލައިސަންސް ނިޒާމެއް ހެދުމާއި ނޫނީ ބޮޑެތި ޓެރިފް ނެގުމެވެ. ނަމަވެސް އެއްބަސްވުމަކާ ހަމައަށް ނާދެވެއެވެ.

ކުރީގެ އިޓަލީގެ ބޮޑުވަޒީރު އެންރީކޯ ލެޓާ އާއި ކުރީގެ ޖަރުމަނުގެ ނައިބު ޗާންސެލަރ ސީގުމާ ގެބްރީއެލް ހިމެނޭ ގޮތަށް ޔޫރަޕުގެ ކުރީގެ ފަސް އިސް ވެރިއަކު ވަނީ އީޔޫ ފެންވަރުގައި މިކަން ކުރުމަށް ގޮވައިލައިފައެވެ. ބެލްޖިއަމް ފަދަ ވަކިވަކި ޤައުމެއްގެ ފިޔަވަޅު އެކަނި ބެލޭ ހާލަތު ކުޑަ ކަމަށާއި އެއް ޤައުމެއްގެ ކަސްޓަމްސް ހުރަސްކޮށް ވަންނަ މުދާ މުޅި އީޔޫ ތެރޭ މިނިވަންކަމާ އެކު ދައުރުވާ ކަމަށް އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

ޣައްޒާ ޤަތުލުއާއްމާ ގުޅިގެން ސްޕެއިނާއި އިޓަލީ އާއި ޖަރުމަނު ހިމެނޭ ގޮތުން އީޔޫގެ ބައެއް ޤައުމުތައް ވަނީ އިޒްރޭލަށް ހަތިޔާރު އެކްސްޕޯޓު ކުރުން ވެސް ހަނިކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ