ކަނޑުފޭރުނު ބޯޓެއް މިނިވަންކުރުމުގެ އޮޕަރޭޝަނެއްގެ ތެރެއިން.. ފޮޓޯ: ރޮއިޓާސް
ދުނިޔެ
27 Jul 2026 | 20:34
މެދުއިރުމަތީގެ ހާލަތު ގޯސްވުމާއެކު ސޯމާލިއާގެ ކަނޑުފޭރޭމީހުންގެ ހަރަކާތްތައް އަލުން އިތުރުވެއްޖެ

އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ފަށާފައިވާ ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގެ ހާލަތު ގޯސްވެ ބައިނަލްއަޤުވާމީ އަސްކަރީ މަނަވަރުތައް ރަތްކަނޑާއި މެދުއިރުމައްޗަށް ބަދަލުކުރަން ޖެހުމުން ސޯމާލިއާ ކައިރީގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުން ދަށްވެ ހޯން އޮފް އެފްރިކާ ސަރަޙައްދުގައި ކަނޑުފޭރުމުގެ ޙަރަކާތްތައް އަނެއްކާވެސް ގިނަވެއްޖެއެވެ.

ކަނޑުފޭރޭ ފަރާތްތައް މިހާރު ޢަމަލުކުރަމުން ދަނީ 15 އަހަރު ކުރީގެ ނުރައްކާތެރި އުކުޅެއް ކަމުގައިވާ "މަދަރޝިޕް" ބޭނުންކޮށްގެން ކަނޑުފޭރުނު ގޮތަށެވެ. އެ އުކުޅުގައި ކުރީން ހައިޖެކްކޮށްފައިވާ ބޮޑެތި މުދާ އުފުލާ ބޯޓުތައް މަރުކަޒެއްގެ ގޮތުގައި ބޭނުންކޮށް ކުދި ލޯންޗުފަހަރުގައި ނުކުމެ އިންޑިއާ ކަނޑުން ދަތުރުކުރާ އެހެން އުޅަނދުތައް ފޭރެމުން ގެންދެއެވެ. މިގޮތުން މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު މި އަހަރު ކުރީކޮޅު އަތުލައިގެންފައިވާ 330 ފޫޓުގެ ސިމެންތި ބޯޓެއްގައި ތިބި ކަނޑުފޭރޭ ބަޔަކު ވަނީ އީރާނުގެ ދެ މަސްބޯޓެއް ހިފަހައްޓައިފައެވެ.

ފާއިތުވި ހަފުތާގައި ޕަންޓްލޭންޑުގެ އައްސޭރިފަށުގައި ރަހީނުކޮށްގެން ގެންގުޅުނު ހަ އުޅަނދެއް ދޫކުރުމުގެ ބަދަލެއްގެ ގޮތުގައި ކަނޑުފޭރޭ މީހުން ބޮޑެތި ޢަދަދުތަކުން ފައިސާ ހޯދަން ދިޔައީ ބާރުއަޅަމުންނެވެ. އެ ހަ އުޅަނދުގެ ތެރެއިން ދެ އުޅަނދެއް ވަނީ މިދިޔަ ހޮނިހިރު ދުވަހު މިނިވަންކޮށްފައެވެ.

ކަނޑުފޭރުމުގެ މި ނުރައްކަލަކީ އިންޑިއާ ކަނޑުގެ ކަނޑުދަތުރުފަތުރަށް އޮތް ބޮޑު ގޮންޖެހުމެކެވެ. މީގެ ކުރީގެ ތަޖުރިބާއަށް ބަލާއިރު ރަހީނުން ސަލާމަތްކުރުމަށް ފިދުޔައިގެ ގޮތުގައި މިލިއަނުން ޕައުންޑް ހޭދަވެފައިވާ އިރު ބައިނަލްއަޤުވާމީ ވިޔަފާރިއަށް ބިލިއަނުން ގެއްލުން ވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.
24 Aug 2026
ބޭރުފައިސާ މާރުކުރާ މިންވަރު ދެ ގުނަ އިތުރުކުރުމަކީ ތަހައްމަލުކުރެވޭނެ ކަމެއް ނޫން: މަޓީ
މަޓީން ބުނީ ކަޅު ބާޒާރަށް އޮތް ޕްރެޝަރަކީ ހަމައެކަނި ރިސޯޓް އޮޕަރޭޓަރުންގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށް ބުނުމަކީ ޙަޤީޤަތާ ޚިލާފު ބޭއިންސާފެއް ކަމަށެވެ