ޖޯންސަންސް އެންޑް ޖޯންސަންސް ޕައުޑާ-
ދުނިޔެ
28 Jul 2026 | 10:21
ޖޯންސަން ފުށުން ކެންސަރުޖެހޭ ކަމަށް ބުނާ މައްސަލަ: ދައުވާތައް 'ސެޓްލްކުރުމަށް' 5.5 ބިލިއަން ޑޮލަރު ހުށަހަޅައިފި

އެމެރިކާގެ މަޝްހޫރު ކުންފުނި، ޖޯންސަން އެންޑް ޖޯންސަން (ޖޭ.އެންޑް.ޖޭ) އިން އުފައްދާ ބޭބީ ޕައުޑަރު ބޭނުންކޮށްގެން ކެންސަރު ޖެހިފައިވާ ކަމަށް ބުނެ އުފުލާފައިވާ އެތައް ހާސް ދައުވާތަކެއް ހައްލުކުރުމަށް 5.5 ބިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އެ ކުންފުނިން ހުށަހަޅައިފިއެވެ.

ނިއު ޖާޒީއަށް ނިސްބަތްވާ މި ކުންފުނިން މި ހުށަހެޅުން ހުށަހަޅާފައިވަނީ، އެ ކުންފުނީގެ ޓެލްކަމް ޕައުޑަރު އެކުލެވޭ އުފެއްދުންތަކުގެ ސަބަބުން އޯވަރިއަން ކެންސަރު (ރަހިމުގެ ދަަރިމައި ހޮޅިއަށް ޖެހޭ ކެންސަރު) ޖެހޭ ކަމަށް ބުނެ ކުރަމުންދާ ގާނޫނީ ހަނގުރާމައަށް ނިމުމެއް ގެނައުމުގެ މަގުސަދުގައެވެ.

ޖޭ.އެންޑް.ޖޭ ގެ ލިޓިގޭޝަން ވައިސް ޕްރެޒިޑެންޓް އެރިކް ހާސް ހޯމަ ދުވަހު ވިދާޅުވީ، ކުންފުނީގެ އުފެއްދުންތަކާ ދެކޮޅަށް ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށެވެ. ނަމަވެސް، މި މައްސަލަ އެއްކޮށް ނިންމާލުމަށްޓަކައި ބަދަލު ދިނުމަށް ކުންފުނިން ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހުށަހެޅުމުގެ ދަށުން އަންނަ އަހަރު 3 ބިލިއަން ޑޮލަރު ދިނުމަށް ވަނީ ނިންމާފައެވެ. އަދި ބާކީ ފައިސާ 2028 ވަނަ އަހަރުގެ ކުރިން ދައްކަން ނުޖެހޭނެ ކަމަށް ކުންފުނިން ބުނެއެވެ. މި އެއްބަސްވުން ފައިނަލް ވާނީ ކޯޓުތަކުގައި މައްސަލަ ޖައްސާފައިވާ ފަރާތްތަކުގެ 95 އިންސައްތަ ތަމްސީލުކުރާ ލޯ ފާމްތަކުން މި ހުށަހެޅުން ގަބޫލުކުރުމުންނެވެ.

ޖޭ.އެންޑް.ޖޭ އިން ތަކުރާރުކޮށް ބުނަމުންދަނީ އެ ކުންފުނީގެ ޓެލްކަމް ޕައުޑަރަކީ ރައްކާތެރި އެއްޗެއް ކަމަށާއި، އޭގައި އެސްބެސްޓޯސް ނުހިމެނޭނެ ކަމަށެވެ. ޓެލްކަކީ މެގްނީޒިއަމް، ސިލިކަން، އޮކްސިޖަން އަދި ހައިޑްރަޖަން އެކުލެވޭ ގުދުރަތީ މިނަރަލްއެކެވެ. ނަމަވެސް، ބައެއް ފަރާތްތަކުން ތުހުމަތު ކުރަނީ މި މާއްދާ ބިމުން ނަގާއިރު ކެންސަރު ޖައްސާ މާއްދާއެއް ކަމަށްވާ އެސްބެސްޓޯސްއާ މަސްހުނިވާ ކަމަށެވެ.

2009 ވަނަ އަހަރުން ފެށިގެން މި މައްސަލައިގައި ދައުވާތައް ކުރަމުންދާއިރު، ޖޭ.އެންޑް.ޖޭ އިން ވަނީ 2022 ވަނަ އަހަރު ދުނިޔޭގެ ބާޒާރުގައި ޓެލްކް ހިމެނޭ ބޭބީ ޕައުޑަރު ވިއްކުން ހުއްޓާލައި، އޭގެ ބަދަލުގައި ކޯންސްޓާޗް ބޭނުންކޮށްގެން ޕައުޑަރު އުފައްދަން ފަށާފައެވެ.

އެރިކް ހާސް އިތުރަށް ވިދާޅުވީ، މި މައްސަލަ ހައްލުވުމުން ބޭހާއި ސިއްހީ އާލާތްތައް އުފެއްދުމަށް ފުރިހަމައަށް ސަމާލުކަން ދެވޭނެ ކަމަށެވެ. ޖޭ.އެންޑް.ޖޭ އިން ވަކިވެފައިވާ 'ކެންވިއު' ކުންފުނިން މިހާރު އުތުރު އެމެރިކާ ފިޔަވައި އެހެން ސަރަހައްދުތަކުގައި ބޭބީ ޕައުޑަރުތައް ވިއްކަމުންދާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ