ހުޅުމާލެ ފޭސް ދޭއްގެ ސަރަހައްދެއް.. ފޮޓޯ: ވޮއިސް
ހަބަރު
30 Jul 2026 | 23:48
ކުނީގެ މައްސަލަ ހައްލުކުރުމަށް ހުޅުމާލެއިން ވެމްކޯއަށް ވަގުތީގޮތުން ބިމެއް

ހުޅުމާލެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް އެޗްޑީސީން ވެމްކޯއަށް ވަގުތީގޮތުން ހުޅުމާލެއިން ބިމެއް ހަމަޖައްސައިދީފިއެވެ.

މިކަން ވެމްކޯގެ  މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލު ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޔަގީންކޮށްދީފައެވެ. މި ޕޯސްޓްގައި މުޖުތަބާ ވިދާޅުވީ، ކުނީގެ މައްސަލަ ހައްލުކުރުމަށް އެޗްޑީސީން އެކަށީގެންވާ ބިމެއް ވެމްކޯއަށް މިއަދު ހަމަޖައްސައިދީފައިވާކަމަށެވެ.

މިއީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ އިސްނެންގެވުމުގެ ދަށުން ކުރެވިގެންދިޔަ ކަމެއްކަންވެސް މުޖުތަބާ ވިދާޅުވިއެވެ. އަދި މިކަމުން ވަރަށް ރަނގަޅު ހައްލެއް ލިބިގެންދާނެކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.

ތިލަފުށީ ވެމްކޯ ކުނި އެއްކުރާ ސައިޓްގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގެ ސަބަބުން އެތަނަށް ކުނި ގެންދިއުމުގައި ކޮންމެވެސް ވަރެއްހެ ހިފެހެއްޓުންތަކެއް މިހާރު ގެންގުޅެމުން އަންނަކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ. އެގޮތަށް ކަންތައް ކުރަންޖެހުނީ އަލިފާނުގެ ސަބަބުން ބައެއް ސަރަހައްދުތައް ވަގުތީގޮތުން ބަންދުކުރަން ޖެހުމުންނެވެ. 

އަލިފާނުގެ ހާދިސާގައި ކުނި ގެންދާ ބައެއް ސައިޓްތައް ބަންދުކުރަން ޖެހުމުން ވިލިމާލެ، ހުޅުމާލެ އަދި މާލެއިން ކުނިގެންދިއުމަށް މީގެ ކުރިން ކުރަމުންއައި ދަތުރުތައް މަދުކުރަން މަޖުބޫރުވިއިރު، ވެމްކޯއިން ދަނީ ކުރީގެ ހާލަތައް އޮޕަރޭޝަން ގެނައުމަށް މަސައްކަތްކުރަމުންނެވެ.

ތިލަފުށި ވެމްކޯ ސައިޓްގައި ރޯވެފައި

ތިލަފުށީގައި ހުންނަ ވެމްކޯގެ ސައިޓުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައެވެ.  ވެމްކޯގެ ކުނި މެނޭޖުކުރާ ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާގައި 50އެއްހާ ޓަނުގެ ކުނި އަނދާފައިވާކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ. އެ ކުނިތައް އދ.ކުނބުރުދޫގައި ހިންގާ ވޭސްޓް މެނޭޖުމަންޓް ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެމެދު ރަސްމީ ވާހަކަތައް ބާއްވައިފި
މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި މެލޭޝިޔާގެ ބޮޑުވަޒީރު ރަސްމީ ވާހަކަފުޅުތައް މިއަދު ބާއްވަވައިފިއެވެ.
15 Sep 2026
އޭލެވެލް ދަރިވަރުންނަށް އޮންލައިންކޮށް ނެގި ކްލާހަކުން ލަދުވެތި މަންޒަރެއް
އިމްތިޙާން ބޯމަތިވެފައިވާ މި ދަނޑިވަޅުގައި، "ދަނަތު ލާނިން ސެންޓަރ" ގެ ފަރާތުން ތަޖުރިބާކާރު ދިވެހި މުދައްރިސް އިލްޔާސް ޝުޖާޢު ކުރިއަށް ގެންދެވި މި ސެޝަނުގައި 300 އެއްހާ ދަރިވަރުން ބައިވެރިވިއެވެ.
15 Sep 2026
ރާއްޖޭގައި ތެޔޮ ހޯދުމުގެ ދިރާސާ ކުރުމަށް މަޝްވަރާކުރައްވާނެ ކަމަށް އަންވަރު ވިދާޅުވެއްޖެ
ރައީސް އޮފީހުގައި ދެ ލީޑަރުން ބޭއްވެވި ރަސްމީ ބައްދަލުވުމަށް ފަހު މީޑިއާތަކަށް ދެއްވި ގުޅިފައިވާ ބަޔާނުގައި ބޮޑުވަޒީރު އަންވަރު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން ތެލާއި އެ ނޫން ވެސް މައުދަންތައް ފެނިދާނެތޯ ބެލުމުގެ ފުރުސަތުތައް ހޯދައިދިނުމަށް ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންފައިވާ ކަމަށެވެ. ޕެޓްރޯނަސް އަކީ ދުނިޔޭގެ ތަފާތު ސަރަހައްދުތަކުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ބައިނަލްއަޤުވާމީ ވަރުގަދަ ކުންފުންޏެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
15 Sep 2026
ރާއްޖެ އާއި މެލޭޝިއާއިން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަން މަޝްވަރާކޮށްފި
ރާއްޖެ އާއި މެލޭޝިއާއާ ދެމެދު އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން "ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް" (ޕީޓީއޭ) އެއް އެކުލަވާލުމަށް ދެ ޤައުމުން އެއްބަސްވެއްޖެއެވެ.
15 Sep 2026
ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް މެލޭޝިއާއިން އެއްބަސްވެއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދިފައިވާ 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީ ދިނުމަށް މެލޭޝިއާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
15 Sep 2026
ރާއްޖެއާއި މެލޭޝިއާއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
ދީނީ އަދި ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު ފަހުމުނާމާ (އެމްއޯޔޫ) ތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.
15 Sep 2026
ސްޕޯޓްސް ކޮމިޝަނަރުގެ ޒިންމާތައް ވަގުތީ ގޮތުން ހާނިމްއާ ހަވާލުކޮށްފި
ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައި ހުންނެވި މުޙައްމަދު ޠަލާލް އެހެން މަގާމަކަށް ބަދަލުކުރެއްވުމާ ގުޅިގެން، އެ އޮފީސް ހިންގުމުގެ އެންމެހައި ޒިންމާތައް ވަގުތީ ގޮތުން ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ހާނިމްއާ ހަވާލުކޮށްފިއެވެ.
15 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މަރުޙަބާ ދަންނަވައިފި
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މިއަދު މަރުޙަބާ ދަންނަވައިފިއެވެ.