ފީފާގެ ރައީސް އިންފަންޓީނޯ-
ކުޅިވަރު
04 Aug 2026 | 08:39
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅިގެން ފީފާއިން ފިޔަވަޅު ނާޅާތީ ޕީއެފްއޭގެ ބަހުގެ ހަމަލާތަކެއް

ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ.

ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.

މިދިޔަ ހޯމަ ދުވަހު ޕީ.އެފް.އޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގާޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް ފަލަސްތީނުގެ 1,013 އަށްވުރެ ގިނަ ކުޅުންތެރިންނާއި، ކޯޗުންނާއި، ރެފްރީންނާއި އަދި ފުޓްބޯޅައިގެ އެކި ދާއިރާތަކުގެ އޮފިޝަލުން ޝަހީދުކޮށްލާފައިވާ ކަމަށެވެ. މީގެ އިތުރުން ފަލަސްތީނުގެ ގިނަ އަދަދެއްގެ ސްޓޭޑިއަމްތަކާއި، ތަމްރީނުދޭ މަރުކަޒުތަކާއި ފުޓްބޯޅައިގެ އިންފްރާސްޓްރަކްޗަރު އިޒްރޭލުން ސުންނާފަތިކޮށްލާފައިވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ޕީ.އެފް.އޭ އިން އިތުރަށް ފާހަގަކުރި ގޮތުގައި، އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން ހިންގާ ކްލަބްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެދި ހުށަހަޅަމުންދާތާ 15 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވީނަމަވެސް، ފީފާއިން އެކަމަށް އެދެވޭ ހައްލެއް ހޯދައިދީފައެއް ނުވެއެވެ.

"ލޯ ކުރިމަތީގައި ގަތުލުއާންމެއް ހިންގަމުންދާއިރު ހަނު ހުރުމަކީ އެކަމުގައި ބައިވެރިވުން ފަދަ ކަމެއް،" ޕީ.އެފް.އޭ ގެ ބަޔާނުގައިވެއެވެ.

މިދިޔަ އަހަރު ފީފާއިން ބުނެފައިވަނީ "ޖިއޯޕޮލިޓިކަލް މައްސަލަތައް ހައްލުކުރުމަކީ ފީފާގެ މަސައްކަތެއް ނޫން" ކަމަށް ބުނެ އިޒްރޭލު ސަސްޕެންޑް ކުރުމަށް އިންކާރުކޮށްފައެވެ. ނަމަވެސް، ޔޫކްރޭން ހަނގުރާމައާ ގުޅިގެން ރަޝިއާ ވަގުތުން ސަސްޕެންޑްކުރި ފީފާއިން އިޒްރޭލާމެދު ގެންގުޅޭ މި ދެފުށްގެންގުޅޭ ސިޔާސަތަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މި މައްސަލަތަކާ ގުޅިގެން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް އޮތް ޕްރެޝަރު ވަނީ ބޮޑުވެފައެވެ. އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން (އެފް.އޭ) ވަނީ އިންފަންޓީނޯ އަންނަ އަހަރު އިންތިޚާބުގައި ވާދަކުރައްވާއިރު އޭނާއަށް ދެމުންދާ ތާއީދު އަނބުރާ ގެންދަން ނިންމާފައެވެ. މީގެ އިތުރުން ވޭލްސް އަދި ސާބިއާގެ ފުޓްބޯޅަ އެސޯސިއޭޝަންތަކުންވެސް ވަނީ އިންފަންޓީނޯއަށް އޮތް ތާއީދު އަނބުރާ ގެންގޮސްފައިވާކަން ރަސްމީކޮށް އިއުލާންކޮށްފައެވެ.

ފީފާގެ ރައީސްކަމަށް ވާދަކުރަން ބޭނުންވާ ފަރާތްތަކުން ނޮވެމްބަރު 18 ގެ ކުރިން ނަން ހުށަހަޅަންޖެހޭއިރު، ކޮންކާކަފްގެ ރައީސް އަދި ފީފާގެ ނައިބު ރައީސް ވިކްޓަރ މޮންޓަގްލިއާނީ މި މަގާމަށް ކުރިމަތިލައްވާނެ ކަމަށް ބެލެވެއެވެ. އިންފަންޓީނޯ ފީފާގެ ރައީސްކަމާ ހަވާލުވެވަޑައިގަތީ 2016 ވަނަ އަހަރުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.