"މަދިރިން ރައްކާ" ހަރަކާތް ފެށުމުގެ ތެރެއިން.. ފޮޓޯ: އެޗްޑީސީ
ހަބަރު
08 Aug 2026 | 14:33
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި

 "މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ފަށާފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި ފުލުހުންގެ ޚިދުމަތާއި ވެމްކޯ އަދި މޯޕާ ގުޅިގެންނެވެ. މި ހަރަކާތް ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ޢަލީ ޒުހައިރު ވިދާޅުވީ، ސިލްސިލާކޮށް ކުރިއަށްގެންދާ މި ހަރަކާތުގެ ދަށުން ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފްކުރުމުގެ މަސައްކަތް ކުރިއަށްގެންދާނޭކަމަށެވެ. މައިގަނޑު ބޭނުމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ބަލިމަޑުކަމުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުންކަމަށް ޒުހައިރު ވިދާޅުވިއެވެ.

 "މަދިރިން ރައްކާ" ހަރަކާތުގެ ތެރެއިން ގޮނޑުވެފަ އޮތް އަމާން އުދަރެސް ސަރަަހްއްދު ސާފްކުރަނީ .. ފޮޓޯ: އެޗްޑީސީ 

މި ހަރަކާތުގައި އެންމެ އިސްކަމެއްދީގެން ކުރިއަށްގެންދަނީ ހުޅުމާލޭގައި ދިރިއުޅެމުންދާ އާންމުނަށް އެންމެ އުނދަގޫވާ ސަރަހައްދުތަަކަށް އިސްކަންދީގެންނެވެ. އެގޮތުން އަމާން އުދަރެސް ޓަވަރުތައް ހުއްނަ ސަރަހައްދު ސާފްކުރުމުގެ މަސައްކަތް މިއަދު ފެށިއިރު، އެތަނުގައި ކުނިބުނި ގިނަވެ އަދި ވިއްސާރައާ ގުޅިގެން މަދިރި ގިނަވެ އެކަމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅެމުންދާ މީހުންނަށް ވަނީ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައެވެ.

އަމާން އުދަރެސް ސަރަހައްދަށް އަޅާފައި އޮތް ކުނިތައް..

ޒުހައިރުވަނީ ކުރިއަށް އޮތްތަނުގައި އަމާން އުދަރެސް ސަރަހައްދު އާންމުނަށް ހިއްފަސޭހަވާނޭ ފަދަ ސަރަހައްދަކަށް ހައްދަވާނޭކަމަށް ވިދާޅުވެފައެވެ. އެގޮތުން ކުޑަކުދިންނަށް ކުލެލެވޭނޭ އަދި އާއްމުނަށް ހިތްފަސޭހަކޮށްލުމަށް މައިޒާންފަދަ ތަންތަން ހެދިގެންދާނޭކަން އޭނާ ފާހަގަކުރެއްވިއެވެ.

އެފްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ވިދާޅުވީ އަމާން އުދަރެސް ސަރަހައްދުގައި ހުރި ކުނިފުނިތައް ނައގައި އެ އެކުނިތައް އެއްކޮށް ސާފްކުރާނޭކަމަށާއި، އޭގެ ފަހުން ކުނިއަޅާ ފަރާތްތަކާމެދު އުސޫލުގެ ދަށުން ފިޔަވަޅު އަޅަމުންދާނޭކަމަށެވެ. އެފްޑީސީން ދަނީ އމާން އުދަރެސް އަދި ދޯދި ޓަވަރުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތް ނިމުމުން އާއްމު ސަރަހައްދުތަކަށް ކުނިއަޅާ މީހުން ހޯދުމަށް ކުރަމުންގެންދާ މަސައްކަތްތައް ވަރަށްބޮޑަށް ފަސޭހަވެގެންދާނޭކަމަށް އެފްޑިސީން ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ