ސްޓެލްކޯ އާއި ޕޮލިޓެކްނިކުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: ސްޓެލްކޯ
ހަބަރު
10 Aug 2026 | 18:31
ސްޓެލްކޯގެ 76 މުވައްޒަފަކަށް ޕޮލިޓެކްނިކް މެދުވެރިކޮށް ފަންނީ ކޯސްތަކެއް ފަށައިފި

މުވައްޒަފުންގެ ފަންނީ ހުނަރު ތަރައްޤީކުރުމުގެ ގޮތުން ސްޓެލްކޯއިން މޯލްޑިވްސް ޕޮލިޓެކްނިކާ ގުޅިގެން ސެޓްފިކެޓް ލެވެލް 3 ގެ ހަތަރު ކޯހެއް މިއަދު ފަށައިފިއެވެ.

މި ކޯސްތަކުގައި ބައިވެރިވެފައި ވަނީ ސްޓެލްކޯގެ އެކި ޑިޕާޓްމަންޓުތަކުންނާއި އަތޮޅުތެރޭގެ އިންޖީނުގެތަކުން ޖުމްލަ 76 މުވައްޒަފުންނެވެ. މި މުވައްޒަފުން ބައިވެރިވަނީ މޯލްޑިވްސް ޕޮލިޓެކްނިކްގެ އޮގަސްޓް 2026 އިންޓޭކުގައެވެ.

ސްޓެލްކޯއިން ބުނީ ފެށި ހަތަރު ކޯހަކީ އިލެކްޓްރީޝަން ކޯހާއި އެއަރކޮންޑިޝަނިންގ އެންޑް ރެފްރިޖަރޭޝަން ކޯހާއި ވެލްޑިންގ އެންޑް މެޓީރިއަލް ފެބްރިކޭޝަން ކޯހުގެ އިތުރުން އޮޓޯމޯޓިވް މެއިންޓެނެންސް ކޯހެވެ. މި ކޯސްތަކުގެ ބޭނުމަކީ މުވައްޒަފުންނަށް ބޭނުންވާ ފަންނީ ޤާބިލުކަން އަށަގަންނުވައި ޤައުމީ ފެންވަރުގައި ބަލައިގަނެވޭ ސަނަދެއް ހޯދައިދިނުމެވެ.

ސްޓެލްކޯ އާއި ޕޮލިޓެކްނިކުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: ސްޓެލްކޯ

ކޯސް ފެށުމުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޑރ. ޢަލީ އަޒުވަރު ވިދާޅުވީ "އަޅުގަނޑުމެން މި އިންވެސްޓް ކުރަނީ ސެޓްފިކެޓަކަށް ނޫން. އަޅުގަނޑުމެން މި އިންވެސްޓްކުރަނީ މުވައްޒަފުންގެ ވަގުތަށް މުވައްޒަފުންގެ ހުނަރަށް ތިބޭފުޅުންގެ ކެޕޭސިޓީ ބިލްޑްކުރަން" ކަމަށެވެ. އެ މަނިކުފާނު އިތުރަށް ވިދާޅުވީ މުވައްޒަފުންގެ ކުރިއެރުމަކީ ކުންފުންޏަށާއި ޚިދުމަތް ހޯދާ ޢާންމުންނަށް އަދި މުޅި ރާއްޖެއަށް ލިބިގެންދާ ކުރިއެރުމެއް ކަމަށެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގެ ސީއީއޯ ޒޫޝާން ކަމާލުއްދީން ވިދާޅުވީ "އަޅުގަނޑު ޕޮލިޓެކްނިކާ ޙަވާލުވި ދުވަހުން ފެށިގެން މިއަދާ ހަމައަށް އަޅުގަނޑަށް ފާހަގަކޮށްލެވުނު ކަމަކީ އިންޑަސްޓްރީއާ އަޅުގަނޑުމެންނާ ދޭތެރޭގަ މި އޮންނަ ގެޕް" ކަމަށާއި އެ ފަރަގު ނައްތައިލެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ. ޒޫޝާން ވިދާޅުވީ ސްޓެލްކޯއިން ނެންގެވި އިސްނެންގެވުމަކީ ޕޮލިޓެކްނިކްގެ މެނޭޖްމަންޓާއި ހުރިހާ މުވައްޒަފުން އުފާކުރާ ކަމެއް ކަމަށެވެ. މި ރަސްމިއްޔާތުގައި ސްޓެލްކޯއާއި މޯލްޑިވްސް ޕޮލިޓެކްނިކްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީގެ ފަހު ޖާގަ ބާރަށް އަދި ވަށަފަރަށް
މުބާރާތުގެ ސެމީފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބްރާސްފަތި ދުވަހެވެ. ފައިނަލްމެޗް ކުޅުމަށް ހަމަޖހެިފައިވަނީ 19 ވާ ހޮނިހިރުދުވަހުގެ ރޭ 20:30 ގައެވެ.
15 Sep 2026
އިންޑިއާގައި ދަރިމައިވުމުގެ ނިސްބަތް، އާބާދީ ދެމެހެއްޓޭ މިންވަރަށްވުރެ ދަށަށް
އިންޑިއާގެ އެކި ސަރަހައްދުތަކުގައި މި ނިސްބަތް ވަރަށް ބޮޑަށް ތަފާތެވެ. ތަޢުލީމީ ފެންވަރު ދަށް އަދި ތުއްތު ކުދިން މަރުވާ ނިސްބަތް އެންމެ ބޮޑަށް އުޅޭ އެއް ސްޓޭޓަކީ ބިހާރެވެ.
15 Sep 2026
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރައީސް ނަޝީދު
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާއަށް ވަޑައިގެންފި އެވެ.
15 Sep 2026
ޖަޕާނުގައި ކްރިކެޓް އާލާކުރަނީ
މުޅި ޖަޕާނުގައިވެސް ހުންނަނީ 16 ކްރިކެޓް ދަނޑެވެ. އެ ގައުމުގެ އަންހެން ޓީމު ދުނިޔޭގެ ރޭންކިންގގެ 39 ވަނައިގައި އޮތްއިރު، ފިރިހެން ޓީމު އޮތީ އެއަށްވުރެ ދެ ދަރަޖަ ފަހަތުގައެވެ.
15 Sep 2026
ބަންގްލަދޭޝްގައި ހިމަބިހި އަދިވެސް ކޮންޓްރޯލް ނުކުރެވޭ
މި އަހަރުގެ މާޗު މަހުން ފެށިގެން ހޮސްޕިޓަލްތައް ފުރި، ތަކެތި ދަތިވެ، ބަލި ކުދިން އިތުރުވަމުންދާއިރު، ހިމަބިހީގެ ސަބަބުން މަރުވި ޝައްކުކުރެވޭ އަދި ކަށަވަރުވެފައިވާ އެއް ހާސް މަރު ވަނީ ރިޕޯޓުކޮށްފައެވެ.
15 Sep 2026
ބީއެމްއެލްއިން 8 މަސް ތެރޭ 653 މިލިޔަން ޑޮލަރު ކަސްޓަމަރުންނަށް ވިއްކައިފި
އެ ބޭންކުން ބުނީ މި ޢަދަދަކީ ކޮންމެ މަހަކު އެވެރެޖްކޮށް 81 މިލިޔަނަށް ވުރެ ގިނަ ޑޮލަރު ކަމަށެވެ. ވަކިވަކި ދާއިރާތަކަށް ބެހިގެންދާ ގޮތަށް ބަލާއިރު އެންމެ ބޮޑު ޙިއްޞާއެއް ދޫކޮށްފައިވަނީ ކާޑު މުޢާމަލާތްތަކަށް
15 Sep 2026
ރާއްޖޭގެ ބީޗް ވޮލީ ޓީމު އޭޝިއަން ގޭމްސްގައި ވާދަކުރުމަށް ޖަޕާނަށް ފުރައިފި
އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މައިދާނުގައި ރާއްޖެ ތަމްސީލުކުރާ މި ޓީމު ވާދަކުރާނީ 20 ވަނަ އޭޝިއަން ގޭމްސް 2026 ގެ ބީޗް ވޮލީބޯޅަ އިވެންޓުގައެވެ.
15 Sep 2026
ހުރިހާ އުމްރާވެރީންގެ ހާލު ރަނގަޅު، ނުރައްކަލެއް ނެތް: ވަޒީރު ޝަހީމް
ޝަހީމް ވިދާޅުވީ މައްކާގައި ތިބި ހުރިހާ ދިވެހީންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އަދި އުމްރާވެރީންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.