ވީއައިއޭގައި ހުންނަ ބީއެމްއެލްގެ ޑޮލަރު ދޫކުރާ ކައުންޓަރު.. ފައިލް ފޮޓޯ: ބީއެމްއެލް
ހަބަރު
10 Aug 2026 | 22:07
ބީއެމްއެލުން ދުވާލެއްގެ މައްޗަށް މިހާރު 2.7 މިލިއަން ޑޮލަރު ވިއްކާ: ސައީދު

ބޭންކް އޮފް މޯލްޑިވްސް އިން މިހާރު ދުވާލެއްގެ މައްޗަށް 2.7 މިލިއަން ދޮލަރު ވިއްކަމުންދާކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.

ރާއްޖޭގެ އިގްތިސާދާ ގުޅޭގޮތުން ސަރުކާރާއި އަދި ނަގާކިޔާ ބައެއް އަމިއްލަ ވިޔަފާރިވެރިން ބައިވެރިވި އިގްތިސާދުގެ ދެފަރާތް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިން ސްޓެރެޓަޖީ މުހައްމަދު ސައީދު ވިދާޅުވީ ކުރިއާ ހިލާފަށް ބޭންކުން އެކި ފަރާތްތަކަށް ވިއްކަމުންދާ ޑޮލަރުގެ މިންވަރު ވަރަށްބޮޑަށް އިތުރުވެފައިވާކަމަށެވެ.

ބީއެމްއެލުން ކުރާ ޑޮލަރުގެ މުއާމަލާތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، މީގެ ތެރޭގައި ކާޑުގެ ޓްރާންސެކްޝަންތަކަށް ބީއެމްއެލުން ބޭރުވާ ޑޮލަރުގެ އިތުރުން ޓީޓީ ހެއްދުމަށް ދޫކުރާ ޑޮލަރު ހިމެނޭކަމަށެވެ. ސައީދު ވިދާޅުވީ މިއަހަރަށް ބަލާއިރު، އަހަރުގެ މިހާތަނަށް އެކަނިވެސް ބީއެމްއެލުން ވިއްކި ޑޮލަރުގެ މިންވަރު އިތުރުވެފައިވާކަމަށެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި 570 މިލިއަން ޑޮލަރު ވިއްކާފައިވާކަން ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން ކަސްޓަމަރުންގެ އެކިއެކި މުއާމަލާތްތަކަށް ބަލާއިރު ހާއްސަކޮށް ވިޔަފާރިތަކަށް މިދިޔަ ހަ މަސް ދުވަސް ތެރޭގައި 270 މިލިއަން ޑޮލަރު، ލޯންގެ ގޮތުގައި ދޫކޮށްފައިވާނޭކަމަށްވެސް ސައީދު ފާހަގަކުރެއްވިއެވެ.  

ބޭންކް އޮފް މޯލްޑިވްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު މަހުން މަހަށް ބީއެމްއެލުން ވިއްކާ ޑޮލަރުގެ މިންވަރު އަންނަނީ ވަރަށްބޮޑަށް އިތުރުވަމުންނެވެ. އެގޮތުން 2024 ވަނަ އހަަރުގެ ޖެނުއަރީމަހުން ފެށިގެން މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް ބޭންކުން ޖުމްލަ 1.7 ބިލިއަން ޑޮލަރު ކަސްޓަމަރުންނަށް ވަނީ ވިއްކާފައެބެ. މިއީ ޖުލައި 2021 އިން ޑިސެމްބަރު 2023 އާ ހަމައަށް ވިއްކާފައިވާ 957 މިލިއަން ޑޮލަރާ އަޅައިބަލާއިރު %77 އިތުރު އަދަދެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީގެ ފަހު ޖާގަ ބާރަށް އަދި ވަށަފަރަށް
މުބާރާތުގެ ސެމީފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބްރާސްފަތި ދުވަހެވެ. ފައިނަލްމެޗް ކުޅުމަށް ހަމަޖހެިފައިވަނީ 19 ވާ ހޮނިހިރުދުވަހުގެ ރޭ 20:30 ގައެވެ.
15 Sep 2026
އިންޑިއާގައި ދަރިމައިވުމުގެ ނިސްބަތް، އާބާދީ ދެމެހެއްޓޭ މިންވަރަށްވުރެ ދަށަށް
އިންޑިއާގެ އެކި ސަރަހައްދުތަކުގައި މި ނިސްބަތް ވަރަށް ބޮޑަށް ތަފާތެވެ. ތަޢުލީމީ ފެންވަރު ދަށް އަދި ތުއްތު ކުދިން މަރުވާ ނިސްބަތް އެންމެ ބޮޑަށް އުޅޭ އެއް ސްޓޭޓަކީ ބިހާރެވެ.
15 Sep 2026
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރައީސް ނަޝީދު
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާއަށް ވަޑައިގެންފި އެވެ.
15 Sep 2026
ޖަޕާނުގައި ކްރިކެޓް އާލާކުރަނީ
މުޅި ޖަޕާނުގައިވެސް ހުންނަނީ 16 ކްރިކެޓް ދަނޑެވެ. އެ ގައުމުގެ އަންހެން ޓީމު ދުނިޔޭގެ ރޭންކިންގގެ 39 ވަނައިގައި އޮތްއިރު، ފިރިހެން ޓީމު އޮތީ އެއަށްވުރެ ދެ ދަރަޖަ ފަހަތުގައެވެ.
15 Sep 2026
ބަންގްލަދޭޝްގައި ހިމަބިހި އަދިވެސް ކޮންޓްރޯލް ނުކުރެވޭ
މި އަހަރުގެ މާޗު މަހުން ފެށިގެން ހޮސްޕިޓަލްތައް ފުރި، ތަކެތި ދަތިވެ، ބަލި ކުދިން އިތުރުވަމުންދާއިރު، ހިމަބިހީގެ ސަބަބުން މަރުވި ޝައްކުކުރެވޭ އަދި ކަށަވަރުވެފައިވާ އެއް ހާސް މަރު ވަނީ ރިޕޯޓުކޮށްފައެވެ.
15 Sep 2026
ބީއެމްއެލްއިން 8 މަސް ތެރޭ 653 މިލިޔަން ޑޮލަރު ކަސްޓަމަރުންނަށް ވިއްކައިފި
އެ ބޭންކުން ބުނީ މި ޢަދަދަކީ ކޮންމެ މަހަކު އެވެރެޖްކޮށް 81 މިލިޔަނަށް ވުރެ ގިނަ ޑޮލަރު ކަމަށެވެ. ވަކިވަކި ދާއިރާތަކަށް ބެހިގެންދާ ގޮތަށް ބަލާއިރު އެންމެ ބޮޑު ޙިއްޞާއެއް ދޫކޮށްފައިވަނީ ކާޑު މުޢާމަލާތްތަކަށް
15 Sep 2026
ރާއްޖޭގެ ބީޗް ވޮލީ ޓީމު އޭޝިއަން ގޭމްސްގައި ވާދަކުރުމަށް ޖަޕާނަށް ފުރައިފި
އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މައިދާނުގައި ރާއްޖެ ތަމްސީލުކުރާ މި ޓީމު ވާދަކުރާނީ 20 ވަނަ އޭޝިއަން ގޭމްސް 2026 ގެ ބީޗް ވޮލީބޯޅަ އިވެންޓުގައެވެ.
15 Sep 2026
ހުރިހާ އުމްރާވެރީންގެ ހާލު ރަނގަޅު، ނުރައްކަލެއް ނެތް: ވަޒީރު ޝަހީމް
ޝަހީމް ވިދާޅުވީ މައްކާގައި ތިބި ހުރިހާ ދިވެހީންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އަދި އުމްރާވެރީންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.