ސްޓޭޓްފާމާ އާއި ދިއްގަރު ކައުންސިލްގެ ބައްދަލުވުން- ފޮޓޯ/ ސްޓޭޓްފާމާ
ހަބަރު
17 Aug 2026 | 12:30
ބޭސް ލިބުމުގައި ދިމާވާ ދަތިތައް ދެނެގަތުމަށް ސްޓޭޓްފާމާއިން ދިއްގަރު ކައުންސިލާ ބައްދަލުކޮށްފި

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދެމުންދާ ފާމަސީގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށާއި، ރައްޔިތުންނަށް ދިމާވާ ދަތިތައް ދެނެގަތުމުގެ މަޤްޞަދުގައި ސްޓޭޓް ފާމާއިން ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، މ. ދިއްގަރު ކައުންސިލާއެކު މިއަދު ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި، ދިއްގަރުގެ ރައްޔިތުންނަށް ބޭސް ހޯދުމުގައި ދިމާވާ ދަތިތަކާއި، ބޭސް ލިބުން ލަސްވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުގެ މަޢުލޫމާތު އެ ރަށު ކައުންސިލުން ސްޓޭޓް ފާމާގެ އިސްވެރިންނާ ޙިއްޞާކޮށްފައިވެއެވެ.

ކައުންސިލުން ފާހަގަކުރި ކަންކަމާ ގުޅިގެން، ސްޓޭޓް ފާމާގެ މެނޭޖިންގ ޑިރެކްޓަރ ޝާހު މާހިރު ވަނީ، ދިއްގަރުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޭހުގެ ދަތިކަމަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ. އަދި ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްތައް މެދުކެނޑުމެއްނެތި، ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށްޓަކައި އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތަފްޞީލުވެސް ޙިއްޞާކުރެއްވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމުންދާ ފާމަސީގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، ސްޓޭޓް ފާމާއިން ދަނީ ގިނަ ރަށްރަށުގެ ކައުންސިލްތަކާ ބައްދަލުކޮށް މަޝްވަރާކުރަމުންނެވެ. މި ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދަކީ ރަށްރަށުގެ ޙާލަތު ގާތުން ބަލައި، ޚިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ދެމެހެއްޓެނިވި ޙައްލެއް ހޯދައިދިނުން ކަމަށް އެކުންފުނިން ބުނެއެވެ،

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Aug 2026
ޝެއިޚް އަބޫ ތައިމިއްޔާ ރާއްޖެއަށް, ތިން ސިޓީގައި ދީނީ ހަރަކާތްތަކެއް
މަހަލްދީބް ފައުންޑޭޝަންގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ "އެންލައިޓްން" ގެ ނަމުގައި ގެންދާ މި ޕްރޮގްރާމް ނުވަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.
18 Aug 2026
ދިރާގު މާލެ އޯޕަން 2026ގެ ރޭސް ކިޓް ދޫކުރަން ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތް ކަމަށްވާ ދިރާގު މާލެ އޯޕަން 2026ގައި ބައިވެރިވާ ފެތުންތެރިންނަށް ރޭސް ކިޓް މިއަދުން ފެށިގެން ދޫކުރަން ފަށާފައިވާ ކަމަށް ދިރާގުން ބުނެފިއެވެ.
18 Aug 2026
ދަރިންނަށް ޚަރަދު ނުދޭ މީހެއް ޖަލަށްލައި ފޮޓޯ އާއްމު ކޮށްފި
އެގޮތުން އެ ކޯޓުން އާއްމު ކުރީ، ކ. ކާށިދޫ ހެޕީނައިޓް، އަހުމަދު އަންވަރުގެ ފޮޓޯއެވެ. ލަންދޫ ކޯޓުން ބުނީ އެ ފޮޓޯ އާއްމު ކުރީ ޢާއިލާއާބެހޭ ގަވާއިދަށް ރިޢާޔަތްކޮށް ކަމަށެވެ.
18 Aug 2026
މަޖިލީހުގެ ދައުރު އަނެއްކާވެސް ދަންމައިލައިފި
ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ މުއްދަތު އޮގަސްޓް 27 އާ ހަމައަށް އިތުރުކުރަން 58 މެންބަރުންގެ ވޯޓުން ފާސްކޮށްފިއެވެ. މުހިންމު މަސައްކަތްތައް ނިންމުމަށް ދައުރު ދެންމީ މިފަހަރު ދެވަނައަށެވެ.
18 Aug 2026
ވީއައިއޭގެ ޓާމިނަލް 1: ޚިދުމަތުގައި ކާމިޔާބު އެއް އަހަރު
ދިވެހިރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ތަރައްޤީގެ އައު ބާބެއް ލިޔެވިގެންދިޔައީ ޒަމާނީ ފެންވަރަށް ތަރައްޤީކުރެވުނު "ޓާމިނަލް 1" ގެ ޚިދުމަތް ރަސްމީކޮށް ފެށިގެން ދިޔުމާއެކުގައެވެ. ޖުލައި 2026 ގައި ޓާމިނަލް 1 ގެ ޚިދުމަތަށް އެއް އަހަރު ފުރިގެން ދިޔައިރު، މި ޓާމިނަލް ވެގެން ގޮސްފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމަށާއި އިޤްތިޞާދަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިން މުހިންމު ބިނާއަކަށެވެ. ޚިދުމަތުގައި ފާއިތުވި އެއް އަހަރުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީތަކަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ރާއްޖެ ހޯދި ބޮޑު ކުރިއެރުމެއްކަން ހާމަކޮށްދޭ އަލިގަދަ ހެއްކެކެވެ.
18 Aug 2026
އަނބިމީހާއަށް "ފަލައޭ" ބުނުމުން ކަތިވަޅިއެއް ހިފައިގެން ހަމަލާދޭން އުޅެފި
ސޯޝަލް މީޑިއާގައި އަނބިމީހާއާ ދިމާއަށް "ފަލައޭ" ބުނެ ފުރައްސާރަކުރި ކަމަށް ބުނެ، ތޫނު ހަތިޔާރާއެކު މާރާމާރީ ހިންގަން މަސައްކަތްކުރި މީހަކު ށ. މިލަންދޫން ހައްޔަރުކޮށްފިއެވެ.
18 Aug 2026
”އެމްޑީޕީގެ ވެރިކަމުގައި ކުންފުނިތަކަށް 18053 މުވައްޒަފުން ނެގި“
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ ޢަދަދު މިހާރު 41667 އަށް އަރާފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.
18 Aug 2026
އިންވެސްޓަރުން ރާއްޖެއާމެދު މިހާރު ގެންގުޅެނީ ޕޮޒިޓިވް ވިސްނުމެއް
ބޭރުގެ އިންވެސްޓަރުން ރާއްޖެއާމެދު މިހާރު ގެންގުޅެނީ ވަރަށް ފައްސި ވިސްނުމެއް ކަމަށާ، ކައިރި މުސްތަގުބަލެއްގައި ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެ އަންނާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް މާލީ ވަޒީރު ވިދާޅުވެއްޖެއެވެ.