ރައީސް މުޢިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު --
ހަބަރު
18 Aug 2026 | 20:50
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމު ކުރަން އެއްބަސްވެއްޖެ: އިންޑިއާ ސަފީރު

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމު ކުރަން ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް އިންޑިއާ ސަފީރު ޖީ ބާލަސުބްރަމާނިއަން ވިދާޅުވެއްޖެ އެވެ.

ސަފީރު މިހެން ވިދާޅުވީ ރާއްޖެ-އިންޑިއާ ގުޅުމާއި ގުޅޭގޮތުން މޯލްޑިވްސް އިންޑިޕެންޑެންޓުން ކުރި ސުވާލުތަކަށް ދެއްވި ޖަވާބުގަ އެވެ. ރާއްޖެއާ އިންޑިއާގެ ގުޅުމާއި އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫއުތަކާއި އަދި އެ ނޫންވެސް މުހިންމު ކަމާއި ގުޅޭގޮތުން ސަފީރު ވަނީ މައުލޫމާތު ދެއްވާފަ އެވެ.

ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމަށް ސުބްރަމާނިއަންގެ ސަފީރު ކަމުގައި ކުރައްވާ މަސައްކަތްތަކާއި ގުޅޭ ސުވާލުގެ ޖަވާބުގައި ސަފީރު ވަނީ އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމު ކުރަން ދެ ގައުމުގެ ލީޑަރުން އެއްބަސްވެވަޑައިގެންފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ބެންގަލޫރުގައި ރާއްޖޭގެ ކޮންސިއުލޭޓެއް ގާއިމު ކުރުމުގެ މުހިންމުކަން ފާހަގަ ކުރެއްވި އެވެ.

ނަމަވެސް އިތުރަށް ތަފްސީލެއް ނުދެއްވަ އެވެ.

މޯލްޑިވްސް އިންޑިޕެންޑެންޓުގެ ލިޔުމުގައި ހިމަނާފައިވާ ސަފީރުގެ ފޮޓޯ

ސަފީރު ވިދާޅުވީ ސިޔާސީ ގޮތުންނާއި ތަރައްގީގެ ކަންކަމުގައި އެހީތެރިވެ އެއްބާރުލުން ދިނުމާއި ވިޔަފާރި އާއި އިގްތިސާދީ ކަންކަމުގައި އަދި ސިއްހަތާއި ދިފާއީ ދާއިރާ އާއި ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އިތުރު މަސައްކަތްތައް ކުރެވިފައިވާ ކަމަށެވެ.

ދިވެހީން ތަމްރީން ކުރުމަށް އިންޑިއާއިން ކުރަމުންދާ މަސައްކަތާއި އިންޑިއާގެ އެހީގައި ތަރައްގީކޮށްފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި މިހާރު އަޅަމުންދާ ތިލަމާލެ ބްރިޖުގެ މަސައްކަތާއި ގުޅޭގޮތުން ވެސް ސަފީރު ވަނީ ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކަވާފަ އެވެ. ސަފީރު ވިދާޅުވީ ދެ ގައުމުގެ އަމާޒަކީ ވެސް ތިލަމާލެ ބްރިޖުގެ މަސައްކަތް އަވަހަށް ނިންމުން ކަމަށެވެ. އެ މަޝްރޫއުގެ 76 ޕަސެންޓް މަސައްކަތް ނިމިފައިވާކަން ސަފީރު ފާހަގަ ކުރެއްވި އެވެ.

ކޮމެންޓް
މުހައްމަދު
ދައްކަވަން ހުރި ތަނެއް ދައްކަވާފައި ގެންދަވާނީ! ރައީސް މައުމޫނަށް އައްސަރިބަހާއި ސާބަސް! الله ސުބްޙާނަހޫ ވަތަޢާލާ ރައީސް މައުމޫނަށް ދިގުޢުމުރުފުޅަކާއި ދުޅަހެޔޮ ޞިއްޙަތެއް ދެއްވާށި! އާމީން!
18 Aug 2026
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ