އެފްޑީސީގެ އެމްޑީ ހަމްދާން... ފޮޓޯ: އެފްޑީސީ
ހަބަރު
20 Aug 2026 | 18:56
މިވަގުތު އެންމެ އިސްކަމެއްދެނީ ޓަވަރުތަކުގެ ވަށައިގެންވާ ސަރަޙައްދުތައް ހިތްފަސޭހަ މާޙައުލަކަށް ހަދަން: ހަމްދާން

މިވަގުތު އެންމެ ބޮޑު އިސްކަމެއްދެނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ އަމާން ޓަވަރުތަކުގެ ވަށައިގެންވާ ސަރަޙައްދުތަކަކީ ރައްޔިތުންނަށް ދިރިއުޅެން ފަސޭހަ އަދި ހިތްގައިމު މާޙައުލަކަށް ހެދުމަށް ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޙަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެފްޑީސީން އިމާރާތްކޮށްފައިވާ އަމާން ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްޞަކޮށްގެން އެ ކުންފުނިން ބޭއްވި ކޮމިއުނިޓީ އިވެންޓެއްގައި ވާހަކަދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ޙަމްދާން ވަނީ އެ ސަރަޙައްދު ތަރައްޤީކުރުމަށް ކުންފުނިން މިހާރު ކުރަމުންގެންދާ މުހިންމު މަސައްކަތްތަކުގެ ތަފްޞީލު ހިއްސާކުރައްވާފައެވެ.

ހަމްދާން ފާހަގަކުރެއްވި ގޮތުގައި، އަމާން ޓަވަރުތައް ހިމެނޭ ސަރަޙައްދުތަކުގެ ތެރެއިން އެންމެ ބާރުބޮޑު އެއް ސަރަޙައްދު ކަމަށްވާ "އަމާން އުދަރެސް" 14 ވަނަ ޓަވަރުގެ ޕާކިންގ ޒޯން ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ. އަދި ބާކީ ހުރި ސަރަޙައްދުތައް ވެސް ދެމެހެއްޓެނިވި އުސޫލެއްގެ ދަށުން އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ރޭވިފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން، ލޭންޑްސްކޭޕިންގެ ފުރަތަމަ ފިޔަވަހީގެ ދަށުން 32 ޓަވަރެއްގެ ރެސިޑެންޝަލް އެންޓްރެންސްތައް ތަރައްޤީކުރުމުގެ މަސައްކަތް މިހާރުވެސް ހަލުވިކަމާއެކު ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެފްޑީސީން ބޭއްވި އިވެންޓްގެ ތެރެއިން..

މީގެއިތުރުން، މި ހުރިހާ މަސައްކަތްތަކަކީ ވެސް ބޭރުގެ އެއްވެސް ކޮންޓްރެކްޓަރަކާ ނުލައި، އެފްޑީސީގެ އަމިއްލަ މުވައްޒަފުން ކުރިއަށްގެންދާ މަސައްކަތްތަކެއްކަން ޙަމްދާން ވަނީ ފަޚުރުވެރިކަމާއެކު ވިދާޅުވެފައެވެ.

ހަމައެއާއެކު، ހައުސިންގ މަޝްރޫޢުގެ އަސްލު ސްކޯޕްގައި ހިމެނިފައި ނެތް ނަމަވެސް، ރައްޔިތުންގެ ސަލާމަތާއި އަމާންކަން ކަށަވަރުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒަކަށް ވާތީ، އެފްޑީސީން އިސްނަގައިގެން ވަނީ ޓަވަރުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ވެސް ފަށާފައެވެ. އެގޮތުން "އަމާން އުދަރެސް" ޓަވަރުތަކުގެ ސީސީޓީވީ ނިޒާމު މިހާރު ފުރިހަމައަށް ބޭނުންކުރަން ފަށާފައިވާއިރު، "އަމާން ހިޔާ" ޓަވަރުތަކުގެ މަސައްކަތް ވެސް ނިމުމަކާ ގާތްވެ، ބައެއް ޓަވަރުތަކުގެ ސިސްޓަމްތައް މިހާރު ވަނީ އޮޕަރޭޝަނަށް ގެނެވިފައި ކަމަށް އެމްޑީ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.