ސައުދީ ކްލާސްރޫމެއްގައި ކުދިން ކިޔަވަނީ-
ދުނިޔެ
21 Aug 2026 | 08:25
ސަޢޫދީގެ ފޮތްތަކުގައި އިސްރާއީލް ސިފަކޮށްފައިވާ ގޮތަށް ބަދަލުތަކެއް ގެނެސްފި: ރިޕޯޓް

ސަޢޫދީ ޢަރަބިއްޔާގެ މަންހަޖުން ޤުދުސްއާ ގުޅޭ ބައެއް ޢިބާރާތްތައް އުނިކޮށް އިސްރާއީލް ސިފަކުރަމުންދާ ގޮތަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. 

އިސްތިއުމާރީ އިސްރާއީލުގައި ޤާއިމުވެފައި އޮތް ދިރާސާ ޖަމާޢަތެއް ކަމުގައިވާ އިމްޕެކްޓް-އެސްއީ އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، ސަޢޫދީ ޢަރަބިއްޔާގެ ސްކޫލް ފޮތްތަކުން "މުސްލިމުން ދުވަހަކުވެސް ޤުދުސް ދޫކޮށެއް ނުލާނެ" މި ޢިބާރާތް ވަނީ އުނިކޮށްފައެވެ. އަދި އެކަމަށް ތަޢުރީފުކޮށް އެ ޤައުމުގެ ތަޢުލީމީ މަންހަޖު ބައްޓަންކުރާ ގޮތް އިތުރަށް ބަދަލުކުރުމަށް އެ ރިޕޯޓްގައި ވަނީ ގޮވާލާފާއެވެ.

ޖުލައި މަހުގެ ފަހުކޮޅު އާންމުކުރި މި ރިޕޯޓުގައި އެ ޖަމާޢަތުން ބުނެފައިވަނީ އެ ޢިބާރާތުގެ ސަބަބުން ޤުދުސްގައި މުސްލިމުންގެ ބާރު ނުވަތަ އެ ތަނުގައި މުސްލިމުން ތިބުން ނުރައްކަލެއްގެ ތެރޭގައި އޮތް ކަމަށް ދޭހަވާ ކަމަށެވެ. އެ ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި އެ ޖަމާޢަތުން ބަޔާންކުރާ "ޔަހޫދީންނާ ދެކޮޅު" ހުރިހާ ވާހަކައެއް ވެސް މަންހަޖުން އުނިކޮށްފައިވެއެވެ.

މީގެ އިތުރުން ކީރިތި ޤުރުއާނުގެ ބައެއް އާޔަތްތަކާއި ނަބިއްޔާ ﷺ ގެ ޙަދީޘްފުޅުތަކެއް ފޮތްތަކުން ނެގި ކަމަށް ބުނެ އެ ޖަމާޢަތުން އެއީ "ރަނގަޅު ކުރިއެރުމެއް" ގެ ގޮތުގައި ސިފަކޮށްފައިވެއެވެ. ހަމައެހެންމެ ކުފުރާއި ފާފައާ ގުޅޭ ޤުރުއާނުގެ އާޔަތްތައް މަދުކޮށްލާފައިވާ ކަން ވެސް ފާހަގަކޮށްފައިވެއެވެ.

ޗާޓުތަކާއި ބަސްމަގާ ގުޅޭ ގޮތުން ބެލިއިރު ކުރިން ސަޢޫދީ ފޮތްތަކުގެ ޗާޓުތަކުން "އިސްރާއީލު" ނެތި މުޅި ސަރަޙައްދު ފަލަސްޠީނުގެ ގޮތުގައި ދައްކާފައި ހުރެމެ 2024-25 ގެ ފޮތްތަކުގައި ފަލަސްޠީނުގެ ލޭބަލް ނެގި ކަމަށް ބުނެފައިވެއެވެ. ގުރޭޑް 11 ގެ ތާރީޚު ފޮތެއްގައި "ޒަޔަނިސްޓް ދުޝްމަނު" ގެ ބަދަލުގައި "އިސްތިޢުމާރީ އިސްރާއީލު" ބޭނުންކޮށްފައި ވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އަދި ސަޢޫދީ ފޮތެއްގައި ޒަޔަނިސްޓުން "މަކަރުވެރި އަދި ހީލަތްތެރި" ބައެއްގެ ގޮތުގައި ސިފަކޮށްފައި ވާތީ ވެސް އެ ޖަމާޢަތުން އިޢުތިރާޟްކޮށްފައިވެއެވެ.

އިމްޕެކްޓް-އެސްއީ އުފެދިފައިވަނީ އިސްތިއުމާރީ އިސްރާއީލުގެ ދައުލަތާއި ޒަޔަނިސްޓް މުއައްސަސާތަކާ ގާތް ގުޅުން އޮންނަ ފަރާތްތައް އިސްވެ ތިބެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މެދުއިރުމަތީގެ ޤައުމުތަކުގެ ފޮތްތައް ބަދަލުކުރުމަށް ބާރު އަޅައި ސަރަޙައްދީ ތާރީޚު އިސްރާއީލުގެ ނަޒަރަކުން ޕްރޮމޯޓުކުރާ މި ޖަމާޢަތުން ފަލަސްޠީނާއި ޢަރަބި ފޮތްތަކުން އިސްރާއީލު ބަލައިގަތުން ލާޒިމުކުރާ އިރު އެ ޖަމާޢަތުންނާއި އެ ޖަމާޢަތް އުފެއްދި ފަރާތްތަކުން ފަލަސްޠީނުގެ ދައުލަތް ބަލައިގެންފައެއް ނުވެއެވެ. ވޮޝިންޓަންގެ ޑިޕްލޮމެޓިކް ބާރާ ވެސް ގުޅިގެން ޔަހޫދީންނާ ދެކޮޅު ހަރަކާތްތައް ބެލުމަށް ކަނޑައެޅި ޚާއްޞަ މަންދޫބު އެމްބެސެޑަރު ރެބައި ޔެހޫދާ ކެޕްލައުންގެ މަސައްކަތް މެދުވެރިކޮށް މި ކެމްޕޭނަށް އެމެރިކާއިން އެއްބާރުލުން ދެމުންދެއެވެ.

މި ހުރިހާ ކަމެއް ހިނގަމުންދާއިރު އިސްތިއުމާރީ އިސްރާއީލުގެ ސިޔާސީ ވެރީން މަސްޖިދުލް އަޤްޞާ ތަޅާލައި އެ ތަނުގައި ޔަހޫދީ ފައްޅިއެއް ބިނާކުރުމަށް ގޮވާލަމުންދެއެވެ. ހޯމަ ދުވަހު ރަސްމީކޮށް ފުރަތަމަ ފަހަރަށް ޔަހޫދީން މަސްޖިދުލް އަޤްޞާ ތެރޭގައި ޔަހޫދީ ނަމާދު ކުރުމުގެ ހުއްދަދީފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ