އާއިޝަތު މިސް ރޭ ބޭއްވި ޖަލްސާގައި...
ރިޕޯޓް
21 Aug 2026 | 13:29
ޢައިޝަތު ޢަލީ؛ 90 އަހަރުވީ ތުޅާދޫ ސުކޫލާ ގުޅުނު ފުރަތަމަ އަންހެން ޓްރެއިންޑް ޓީޗަރު

ޢާއިޝަތު ޢަލީ (ޢާއިޝަތު މިސް) އަކީ ބ. ތުޅާދޫ ސޯސަންމާގޭ ޢަލީ މޫސާއާއި އާމިނަތު ޔޫސުފަށް ލިބުނު 9 ކުދިންގެ ތެރެއިން 7 ވަނަ ދަރިފުޅެވެ. ޅަފަތުގެ ތަޢުލީމު ތުޅާދޫ މަކްތަބުލް ހިދާޔާގައި ޙާޞިލުކުރުމަށްފަހު، އިތުރަށް ކިޔެވުމުގެ ޢުމުރުން އެންމެ 12 އަހަރުގައި އޭނާ މާލެ ބަދަލުވިއެވެ. މާލޭގައި އުޑުވިލާގެއާއި ވެލަނބުލިގޭގައި ހިންގި ޚާއްޞަ ކުލާސްތަކުން ސަނަދަށް ކިޔަވަމުން ގެންދިޔައެވެ. އޭނާ މާލޭގައި ދިރިއުޅުނު ގޭގެ ދެމަފިރިންނަކީ އެސް.އީ.ސީގެ ޓީޗަރުންނެވެ. އެ މާޙައުލުން ފެނުނު ތަޢުލީމީ ނަމޫނާއާއި އުނގަންނައިދިނުމުގެ ރިވެތި އާދަތަކުގެ ސަބަބުން، ހިތުގައި މުދައްރިސަކަށް ވުމުގެ ޝައުޤުވެރިކަން އުފެދި، 1985 ވަނަ އަހަރު އިންސްޓިޓިއުޓް ފޮރ ޓީޗަރ އެޑިއުކޭޝަން (އައިޓީއީ) އިން ހިންގި ޕްރައިމަރީ ޓީޗިންގ ކޯސް ފުރިހަމަކުރިއެވެ.

ކޯސް ނިންމުމަށްފަހު އެންމެ ފުރަތަމަ ޚިދުމަތަށް ނުކުތީ ބ. އަތޮޅު ތަޢުލީމީ މަރުކަޒަށެވެ. އެތަނުގައި ގާތްގަނޑަކަށް އަހަރެއްހައި ދުވަހު ޚިދުމަތް ކުރުމަށްފަހު، އަލަތު ދަރިފުޅު ވިހެއުމަށް ރަށަށް ބަދަލުވި ހިސާބުން، 1987 ވަނަ އަހަރު ޢުމުރުން އެންމެ 21 އަހަރުގައި ތުޅާދޫ ސްކޫލުގެ ޚިދުމަތާ އޭނާ ގުޅުނެވެ. އެއާއެކު ތަމްރީން ލިބިގެން ހުންނެވި އަންހެން މުދައްރިސެއްގެ ޚިދުމަތް ތުޅާދޫ ސްކޫލަށް ފުރަތަމަ ފަހަރަށް ލިބިގެން ދިޔައެވެ.

އާއިޝަތު މިސް ކިޔަވައިދެއްވި ދަރިވަރުން

ތުޅާދޫ ސްކޫލުގެ ޚިދުމަތާ އޭނާ ގުޅުނު ދުވަސްވަރަކީ ވަސީލަތްތައް ނުހަނު މަދު، ތަޢުލީމީ މާޙައުލު ވަރަށް ނިކަމެތިކޮށް އޮތް ދުވަސްވަރެކެވެ.

"ކުދިން ކިޔަވަން ތިބީ ކުނަލުގައި. ކުލާސްތައް ވަކިކޮށްފައި ހުރީ އާދައިގެ ފޮތި ފަރުދާއަކުން ނުވަތަ އެވެސް ވަކި ކުރުމެއް ނެތި. އޭރު ފިލާވަޅުތައް ތައްޔާރުކުރުމާއި ކިޔަވައިދިނުމުގައި އިންތިހާއަށް ކެތްތެރިކަން ބޭނުންވި. އިމްތިޙާން ކަރުދާސްތައް އެންމެ ފުރަތަމަ ތައްޔާރު ކުރީ އަތުން ލިޔެގެން، އޭގެ ފަހުން ކާބަން ކޮޕީ އަދި ސްޓެންސިލްގައި ލިޔެގެން ތައްޔާރުކުރުމަކީ އިންތިހާއަށް ބުރަ، ކޮނޑު ވާޅުވެ އިނގިލިތައް އައްސިވި މަސައްކަތެއް. ރޭގަނޑުގެ ގިނަ ވަގުތުތަކުގައި ތާއްޔަށް ޖެހެމުންވެސް މަސައްކަތް ކުރީ އެ ނިންމާލެވޭ ކޮންމެ ސަފުޙާއަކީ މާދަމާ މުޖުތަމަޢަށް ނުކުންނާނެ ކޮންމެވެސް ކުއްޖެއްގެ މުސްތަޤްބަލް ބިނާކުރުމަށް އެޅޭ ބިންގަލެއް ކަމަށް ހިތުގެ އަޑިން ޤަބޫލުކުރެވުމުން" ޢާއިޝަތު ޢަލީ ވިދާޅުވިއެވެ.

ތުޅާދޫ ސްކޫލުގައި ޢާއިޝަތު މިސް ވަނީ ގްރޭޑް 1 ން 5 އަށް 8 މާއްދާ ކިޔަވައިދިނުމުގެ އިތުރުން، ގްރޭޑް 1 ން ފެށިގެން 12 އާ ހަމައަށް ކިޔަވައިދީފައެވެ. އުނގަންނައިދިނުމުގެ ހުނަރު އިތުރަށް ތަރައްޤީކުރުމަށް 1999 ގައި އެޑްވާންސްޑް ޓީޗިންގ ދިވެހި ކޯސް އަދި 2012 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ދިވެހި ޑިޕްލޮމާ އޭނާ ފުރިހަމަކުރިއެވެ. މީގެއިތުރުން، ސްކޫލުގައި އެންމެ ފުރަތަމަ ކަބްސްކައުޓް ޙަރަކާތް ފެށުމުގައި ސްކައުޓް އެސޯސިއޭޝަންގެ އިސް ވެރިޔާ އަޙްމަދު ޢިމާދުގެ އެހީތެރިކަމާއެކު، މަރުޙޫމް ޢަބްދުއްރަޝީދު ޓީޗަރާ ގުޅިގެން ބުރަ މަސައްކަތްތަކެއް ކުރިއެވެ.

ޢާއިޝަތު މިސްގެ މުޅި ޢާއިލާއަކީ ތުޅާދޫ ސްކޫލުގެ ތާރީޚާ ވަކިނުކުރެވޭނެ ގާތް ގުޅުމެއް އޮތް ޢާއިލާއެކެވެ. ތުޅާދޫ ސްކޫލަށް އެންމެ ފުރަތަމަ ލިބުނު ތަމްރީނުވި ފިރިހެން މުދައްރިސަކީ އޭނާގެ ފިރިކަލުން ޙުސައިން ރަޝީދެވެ. މީގެއިތުރުން އެ ދެމަފިރިންގެ ދަރިންނަށްވެސް އެ ސްކޫލުގައި ކިޔަވައިދިނުމާއި މުވައްޒަފުންގެ ގޮތުގައި ޚިދުމަތްކުރުމުގެ ނަސީބު ލިބުނެވެ. އޭނާގެ އެއް ކުއްޖަކީ ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖަކަށްވުމުން، އެ ޒިންމާ ފުރިހަމައަށް އުފުލަމުން، ޓީޗަރެއްގެ ބުރަ މަސްއޫލިއްޔަތު އަދާކުރުމަކީ ވެފައިވާ ވަރަށް މަތިވެރި ޤުރުބާނީއެކެވެ. މި ދަތުރުގައި ފިރިމީހާގެ ފަރާތުންނާއި، ދެފަރާތުގެ ޢާއިލާގެ ފަރާތުން އަދި ސްކޫލުން އޭރުގެ ނާޒިރު އަޙްމަދު މުޙައްމަދު (ކުޑައަހަންމަދު) ގެ ފަރާތުން ލިބުނު އެއްބާރުލުން އޭނާ އަބަދުވެސް ޝުކުރުވެރިކަމާއެކު ފާހަގަކުރެއެވެ.

އާއިޝަތު މިސް އާއިލާ އާއެކު...

33  އަހަރުގެ ދިގު ޚިދުމަތުގައި އޭނާގެ ހިތުގައި އެންމެ ބޮޑަށް ބިންވަޅުނެގިފައިވަނީ އޭރުގެ ދަރިވަރުންގެ ކިބައިން ފެނުނު ނަމޫނާ އަޚުލާޤާއި، މުދައްރިސުންނަށް ކުރި މަތިވެރި ޤަދަރެވެ. އޭރު ޙާލަތު ކިތަންމެ ނިކަމެއްޗަސް، އެޅުނު ތަޢުލީމީ ބިންގަލުގެ ހަރުދަނާކަން މިއަދު ފެންނަމުންދާ ކަމީ އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. އޭރު ކުޑަކުދިންގެ ގޮތުގައި ތިބި ދަރިވަރުން ބޮޑެތިވެ، ތަޢުލީމީ ޙަޔާތް ނިންމައި، މިއަދު މުޖުތަމަޢުގެ އެކި ދާއިރާތަކުގައި އިސް ޚިދުމަތްތެރިންގެ ގޮތުގައި ވަރަށް ޢިލްމީ ޤާބިލު ބައެއްގެ ގޮތުގައި ފެނުމަކީ ބަޔާންކުރަންދަތި އުފަލެކެވެ.

އޭގެ ތެރެއިން ބައެއް ދަރިވަރުންނަކީ ސްކޫލުގެ މަސައްކަތުގެ މާޙައުލުގައި އޭނާގެ ބައިވެރިންނެވެ. ހަމައެހެންމެ، އެ ދަރިވަރުންގެ ދަރިންނަށްވެސް ކިޔަވައިދިނުމުގެ ނަސީބު ލިބިގެންދިޔުމަކީ ވަކިން ބޮޑު ޝަރަފެއްގެ ގޮތުގައި ދެކެއެވެ. މިއަދުވެސް އެ ހަނދާންތައް ސިފަވުމުން އޭނާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފާއްދާލަނީ، ތުޅާދޫ ސްކޫލުން ދިން ތަޢުލީމަކީ ބޭކާރުވެގެންދިޔަ އެއްޗެއް ނޫންކަމާއި، އެއީ މުޅި އުމުރަށް ދެމިގެންދިޔަ އަގުހުރި އިންވެސްޓްމަންޓެއްކަން ލޮލުން ފެނި ޔަޤީންވުމުންނެވެ.

މިއަދުގެ ޙާލަތަށް ބަލާއިރު، ޒަމާނީ ވަސީލަތްތަކާއި މޮޅެތި މުދައްރިސުން ތިބި ނަމަވެސް، ކުއްޖަކު މޮޅުވާނީ ހަމައެކަނި މުދައްރިސުން މޮޅުވެގެން ނޫންކަމަށް އޭނާ ދެކެއެވެ. އެކަމަށްޓަކައި ކުއްޖާގެ އަމިއްލަ ޝައުޤުވެރިކަމާއި، ގޭތެރެއިން މައިންބަފައިން ދޭ ސަމާލުކަމާއި އެއްބާރުލުން އިންތިހާއަށް ބޭނުންވާނެކަން ޤަބޫލު ކުރައްވަވައެވެ. އިހުގެ ދަރިވަރުންގެ ކިބައިން ފެނުނު ކިޔަމަންތެރިކަމާއި އުނގެނުމުގެ ފޯރިއަކީ މިއަދުގެ ޖީލުތަކުންވެސް ދަސްކުރަންޖެހޭ ކަމެއްކަމުގައި ސިފަތަކުރައްވަވައެވެ. 1987 އިން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް ތަޢުލީމީ ދާއިރާގައި، އަދި ތުޅާދޫ ސްކޫލުގައި 32 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުނުކުރެވޭފަދަ އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރުމަށްފަހު، ޢާއިޝަތު މިސް ރަސްމީ ޚިދުމަތުން ވަކިވީ ޒަމާނީ އާ ވިސްނުންތަކަށާއި އާ ޖީލުގެ މުދައްރިސުންނަށް ފުރުޞަތު ދިނުމުގެ މާތް މަޤްޞަދުގައެވެ. މިއަދު 90 އަހަރު ފުރިފައިވާ ތުޅާދޫ ސްކޫލުގެ ގިނަ މުދައްރިސުންނާއި، ގިނަ ބެލެނިވެރިންނާއި، އަދި ރަށުގެ އެކި މުއައްސަސާތަކުގެ އިސް މަޤާމުތަކުގައި ތިބި ގިނަ ބޭފުޅުންގެ ތަޢުލީމީ ޙަޔާތުގައި ޢާއިޝަތު ޢަލީ ގެ ދައުރު ވަރަށް ބޮޑެވެ.

އާއިޝަތު މިސްގެ ދަރިވަރު އަދި މިވަގުތު ތުޅާދޫ ސްކޫލްގެ ޕްރިންސިޕަލް އިބްރަާހިމް ރަޝީދު (މެދުގައި)

ތުޅާދޫ ސްކޫލަށް 90 އަހަރު ފުރި ރަސްމިއްޔާތުގައި ވާހަކަ ދެއްކެވުމުގެ ފުރުޞަތު ލިބިގެން ދިޔުމަކީ ނުހަނު އުފާވާ ކަމެއް ކަމުގައި ފާހަގަ ކުރެއްވިއެވެ.

"ކިޔަވައި ދެވިފައިވާ ގިނަ ދަރިވަރުން ތަކެއް ފެނުމުން އެ ކުރެވުނު އިޙްސާސް ތަކަކީ ވަރަށް ވެސް ފޮނި އިޙްސާސްތަކެއް. ގިނަ ދަރިވަރުން ތަކެއް ވާހަކަ ދައްކާލާ ހެދުމަކީ ލިބުނު އުފަލެއް. ރަސްމިއްޔާތަށް ފަހު ދަރިވަރެއް ފޮޓޯ އެއް ނެގުމަށް އެދުނު. އަދި އެ ދަރިވަރު "މިސް އަޅުގަޑު މިހާރު ވަރަށް ރަގަނޅު ވެއްޖައިން" މިއީ ލިބުނު ވަރަށް ބޮޑު އުފަލެއް." ތަޢުލީމީ ޙަޔާތުގައި ސިޔާސަކޮށް އުޅެވުނު ދަރިވަރުންގެ ކިބައިން ތަޢުލީމީ ޙަޔާތް ނިންމުމަށް ފަހު ފެނިގެން ދާ އިޙްތިރާމް ކުރުމުގެ ޞިފައަކީ ޢާއިޝަތު ޢަލީ މިސް އަބަދު ވެސް ފާހަގަ ކުރައްވާކަމެކެވެ.

ޢާއިޝަތު ޢަލީ މިސް ތުޅާދޫ ސްކޫލްގައި ހޭދަކޮށްފައިވާ 33 އަހަރުދުވަހުގެ ތެރޭގައި އެތައް ދަރިވަރުންނަކާއި ބެލެނިވެރިންގެ ލޯބި ހޯއްދަވާފައިވުމާއި، ޢާއިޝަތު ޢަލީ އަކީ މިހާރުވެސް ސްކޫލުން ގޮވާލެވިއްޖެ ކޮންމެ ހިނދެއްގައިވެސް ތައްޔާރަށް ހުންނެވިޚިދުމަތްތެރިއެއްގެ ގޮތުގައި ތުޅާދޫ ސްކޫލްއިން ފާހަގަ ކުރެއެވެ.

ރަސްމީ ތަޢުލީމީ ޚިދުމަތުން ވަކިވެ، މިއަދު ދަރިންނާއި މާމަދަރިންނާއެކު ދުވަސްތައް ހޭދަކުރި ނަމަވެސް، ޢާއިޝަތު ޢަލީ މިސް މުޅި ޢުމުރު ދުވަހު ތުޅާދޫގެ ތަޢުލީމަށްޓަކައި ވެފައިވާ މަތިވެރި ޤުރުބާނީއާއި، ދަރިވަރުންނާއި ބެލެނިވެރިންގެ ހިތްތަކުގައި އޭނާއަށް އޮތް ލޯތްބާއި ޤަދަރަކީ، ޒަމާންތަކަށް ދެމިގެންދާނެ އަދި ދުވަހަކުވެސް ފަނޑުވުމެއް ނެތް ލޯތްބެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
19 Sep 2026
ބާބުލް މަންދަބު ކަނޑުއޮޅިއަށް އިޓަލީން މަނަވަރެއް ފޮނުވަނީ
ބާބުލް މަންދަބު ކަނޑުއޮޅީގައި ނުރައްކާ ބޮޑުވާތީ އިޓަލީވިލާތުގެ ވިޔަފާރި އުޅަނދުތައް ހިމާޔަތްކުރަން ކަނޑުގެ އަސްކަރީ އޮޕަރޭޝަނެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އިޓަލީން ވަނީ ބުނެފައި
19 Sep 2026
ޕީއެންސީ ޓޫރިޒަމް ކޮމިޓީގެ ރައީސާކަމުގެ މަގާމަށް އަލައިކާ
އަލައިކާ އަކީ މިހާރުވެސް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ
19 Sep 2026
ވަޠަނީ ޚިދުމަތުގެ ތިންވަނަ ބެޗުން 341 ޒުވާނުން ތަމްރީނު ފުރިހަމަކޮށްފި
ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތު ބާއްވާފައިވަނީ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައެވެ. ދަސްވެނިވި ދަރިވަރުންނަށް އަޒުމް ލައިދިނުމާ އެކު ޝަރަފުގެ ހިނގާލުންވެސް އެ ރަސްމިއްޔާތުގައި ކުރިއަށް ގެންގޮސްފައިވެއެވެ.
19 Sep 2026
ލ.ގަމުގައި ބޭއްވި ރޭސިން މުބާރާތެއްގ ެތެރެއިން ނުަރއްކާތެރި އެކްސިޑެންޓެއް
މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލް ކޮންޓްރޯލުން ނެއްޓި ގޮސް މޫދަށް ވެއްޓިގެންނެވެ.
19 Sep 2026
ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ އަންނަ ރިޔާސީ އިންތިހާބުވެސް ޕީއެންސީން ކާމިޔާބުކުރުން: ޣައްސާން
‏ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ އަންނަ ރިޔާސީ އިންތިހާބުވެސް ޕީއެންސީން ކާމިޔާބުކުރުން ކަމުގައި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
19 Sep 2026
ބްރެންޓްފޯޑް އަތުން ބަލިވެ، ޗެލްސީއަށް އިތުރު ނުތަނަވަސްކަމެއް
މި ނަތީޖާގެ ސަބަބުން ޗެލްސީގެ ކޯޗް ޒަބީ އެލޮންސޯއަށް އިތުރު ފިއްތުންތައް ވަނީ ކުރިމަތިވެފައެވެ. މި ނަތީޖާއާއެކު ޗެލްސީ ވެފައިވަނީ މި ސީޒަނުގެ ޕްރިމިއަރ ލީގުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ކޮޅަށް ވަން ޓީމަށެވެ. އެ ޓީމުން ކުޅުނު ފަސް މެޗުގައި 12 ލަނޑު ވަދެފައިވާއިރު، އެއްވެސް މެޗެއްގައި ކޮޅަށް ލަނޑެއް ނުވަދެ ހިފަހައްޓާލެވިފައެއް ނުވެއެވެ.
19 Sep 2026
ޕީއެންސީ މެންބަރުންގެ އަދަދު 80،000 އަށް އަރައިފި: ރައީސް
މިވަގުތު އެ ޕާޓީގައި 80,083 މެންބަރުން އެބަ ތިބި ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އަމާޒަކީ ޕާޓީގެ މެންބަރުންގެ އަދަދު 100,000 ގެންދިއުން ކަމަށެވެ.
19 Sep 2026
ބަންގްލަދޭޝްއަށް ފުރަންގޮސް ތިބި ހަ މީހެއްގެ އަތުން 3.8 މިލިއަން ރުފިޔާ
ހުއްޓުވި ބަންގްލަދޭޝްގެ ހަ މީހެއްގެ އަތުން ގިނަ އަދަދެއްގެ ބޭރު ފައިސާ ވަނީ ތަހުގީގުގެ ބޭނުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ބުންޏެވެ.