ފަލާހް ޕްރީ ސްކޫލްގެ ރަންޔޫބީލް ޖަލްސާ.. ފޮޓޯ: ރައީސް އޮފީސް
ހަބަރު
22 Aug 2026 | 18:52
ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު، ފަލާޙް ޕްރީސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމުގެ ޖަލްސާ، ޝަރަފުވެރިކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ފަލާޙް ޕްރީސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައިފިއެވެ.

އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފަލާޙް ޕްރީސްކޫލްގެ ވެބްސައިޓް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާފައެވެ. އޭގެ އިތުރުން 10 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެ ސްކޫލަށް ޚިދުމަތްކޮށްދެއްވި ފަރާތްތަކަށް ހަނދާނީ ފިލާ ޙަވާލުކޮށްދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާއެވެ. ރަންޔޫބީލް ލޯގޯ ފަރުމާކޮށްދެއްވި ފަރާތަށް ހަނދާނީ ލިޔުން ދިނުން ވެސް މިއަދުގެ ރަސްމިއްޔާތުގައި ކުރިއަށް ދިޔައެވެ.

ފަލާހް ޕްރީ ސްކޫލްގެ ރަންޔޫބީލް ޖަލްސާ.. ފޮޓޯ: ރައީސް އޮފީސް

ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާއަށް ރަންޔޫބީލް ހަނދާނީ ފިލައެއް ވެސް މި ޖަލްސާގައި ވަނީ އަރުވާފައެވެ. އެ ފިލާ އެމަނިކުފާނަށް އެރުވީ ފަލާޙް ޕްރީސްކޫލްގެ ޗީފް އެގްޒެކެޓިވް އަލްޤާރީ އަލްހާފިޡް ޢަބްދުއްސައްތާރު އަބޫބަކުރެވެ.

ދަޢުލަތުގެ ވަޒީރުންނާއި މުއައްސަސާތަކުގެ އިސް ބޭފުޅުންގެ އިތުރުން ފަލާޙް ޕްރީސްކޫލްގެ ކުރީގެ އަދި މިހާރުގެ މުވައްޒަފުންނާއި ދަރިވަރުން އަދި ތަޢުލީމީ ދާއިރާގެ ޚިދުމަތްތެރީން މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ފަލާހް ޕްރީ ސްކޫލްގެ ރަންޔޫބީލް ޖަލްސާ.. ފޮޓޯ: ރައީސް އޮފީސް

ޖަމިއްޔަތުލް ފަލާޙުން 1976 ވަނަ އަހަރު ދީނީ ހޭލުންތެރިކަން ފެތުރުމުގެ މަޤްޞަދުގައި 'މަދްރަސަތުލް ފަލާޙް' ގެ ނަމުގައި ހުޅުވި މި މުއައްސަސާ 2001 ވަނަ އަހަރު ތުއްތު ކުދިންނަށް ކިޔަވައިދޭ ގްރޭޑްތައް ތަޢާރަފްކުރުމާ އެކު 'ފަލާޙް ޕްރީސްކޫލް' ގެ ނަމަށް ބަދަލުކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
ސައުދީ ފަންޑުގެ އެހީ އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި
މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލީއާގޭގަ އެވެ.
15 Sep 2026
ހިމަބަހި ޖެހޭ މިންވަރު ދަށަށް: މިދިޔަ ހަފްތާގައި ބަލި ޖެހުނީ ފަސް މީހަކަށް
އެޗްޕީއޭ އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ރާއްޖެއިން މިހާތަނަށް ޖުމްލަ 269 މީހަކަށް ވަނީ ހިމަބިހި ޖެހިފަ އެވެ. މިހާރު ދަނީ މި ބަލި ޖެހޭ މީހުންގެ އަދަދު މަދުވަމުންނެވެ.
15 Sep 2026
މައްކާ ހިމެނޭހެން ސަޢޫދީ ޢަރަބިއްޔާގެ ހުޅަނގުގެ ސިޓީތަކަށް ނުރައްކަލުގެ އިންޒާރު ނެރެފި
ސަޢޫދީ ސިވިލް ޑިފެންސް އިދާރާއިން ބުނި ގޮތުގައި މި އެލާޓް ފޮނުވީ ޤައުމީ ކުއްލި ހާލަތުގެ އާލީ ވޯނިން ޕްލެޓްފޯމް މެދުވެރިކޮށެވެ. ނުރައްކަލުގެ ބާވަތެއް ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.
15 Sep 2026
އެމެރިކާއިން ޖައްވަށް ހަތިޔާރު ފޮނުވައި ފުރަތަމަ ފަހަރަށް އެކަން ހާމަކޮށްފި
މިކަން ހާމަކުރީ އެއާ އެންޑް ސްޕޭސް ސައިބާ ކޮންފަރެންސްގައި ވާހަކަ ދައްކަމުން އެމެރިކާގެ ވައިގެ ސިފައިންގެ ސެކްރެޓަރީ ޓްރޯއީ މެއިންކެވެ. ޖައްވަށް ފޮނުވީ ކޮން ބާވަތެއްގެ ހަތިޔާރެއް ކަމެއް ނުވަތަ ކޮން އިރަކު ކަމެއް އޭނާ ތަފުސީލުކޮށްދީފައެއް ނުވެއެވެ. ނަމަވެސް އެމެރިކާގެ ދުޝްމިނުންގެ ފަރާތުން ކުރިމަތިވާ ނުރައްކާތައް ހަލުވިކަމާ އެކު އިތުރުވަމުންދާ ކަމަށާއި ދުޝްމިނުން އައު ޓެކްނޮލޮޖީތައް ބޭނުންކޮށް ފައިދާ ނަގަމުންދާ ކަމަށް މެއިންކް ބުންޏެވެ. އެ ސަބަބާ ހެދި އޮޓޮނޮމަސް ސިސްޓަމްތަކާއި ޚަރަދު ކުޑަ ހަތިޔާރު ބޭނުންކޮށްގެން ހަނގުރާމައިގެ ބާރުވެރިކަން އެމެރިކާއިން އަވަހަށް ވަރުގަދަކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
15 Sep 2026
އެކްސިޑެންޓްވުމުން މަޑުނުކޮށްދިޔަ މައްސަލައެއް: ތުހުމަތުވާ މީހާ ބަނގުރަލާއެކު ހައްޔަރުކޮށްފި
އޭނާ މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތު ކުރެވުމާ ގުޅިގެން ދުއްވި އުޅަނދު ބަލައި ފާސްކުރި އިރު، ބަނގުރާ ހުރި ދަޅަކާއި ބަނގުރާ ހުސްކުރި ދެ ދަޅު ފެނިފައިވާ ކަމަށެވެ.
15 Sep 2026
ބިދޭސީ މަސައްކަތްތެރިންގެ މުސާރަ ބޭންކް މެދުވެރިކޮށް ދިނުމަށް އިލްތިމާސްކޮށްފި
މިދިޔަ މަހުގެ 25 ވަނަ ދުވަހު ގެނެސްފައިވާ ގަވާއިދުގެ އިސްލާހުގައި ބުނާ ގޮތުން ބިދޭސީ މުވައްޒަފަކަށް ވަޒީފާގެ އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ މުސާރަ ޖަމާކުރަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ރަޖިސްޓަރީކޮށް ނުވަތަ ހުއްދަ ދީފައިވާ ބޭންކެއްގައި އެ މީހެއްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށެވެ. އެހެންވެ ބިދޭސީ މުވައްޒަފުންގެ އެކައުންޓްތައް ވީ އެންމެ އަވަހަކަށް ހުޅުވައި ނިންމުމަށް އެ ވުޒާރާއިން ވަނީ ވަޒީފާދޭ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.
15 Sep 2026
ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މެލޭޝިޔާގެ ބޮޑުވަޒީރު ފުރާވަޑައިގެންފި
ފޮރިން މިނިސްޓްރީން ބުނީ ބޮޑުވަޒީރު އަންވަރު, ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މިހާރު ފުރާވަޑައިގެންފައިވާ ކަމަށެވެ. ވީއައިއޭ އިން އެމަނިކުފާނަށް އަލްވަދާއު ވިދާޅުވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އެވެ.
15 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް ހައްލުކުރާ އޮފީހުގެ ވެރިޔަކަށް މާނިއު އައްޔަންކޮށްފި
މި އޮފީހަކީ ވަކި މުއްދަތަކަށް ޚާއްޞަ ބާރުތަކެއް ލިބިގެން ހިންގާ އޮފީހެކެވެ. އެ އޮފީހުން ބަލަހައްޓާ ސަރަހައްދުގެ ތެރޭގައި މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނެއެވެ