އެމެރިކަން އެއާލައިންސްގެ ބޯޓެއްގައި ފަސިންޖަރެއްގެ ލެޕްޓޮޕް ރޯވެ ފަސް މީހަކު ފިހިއްޖެއެވެ.
ޖޯޖިއާގެ އެޓްލާންޓާއިން ފުރައިގެން ޓެކްސަސްގެ ޑެލަސް ފޯޓް ވޯތް އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި އެމެރިކަން އެއާލައިންސް ފްލައިޓް 2398 ގެ ޕައިލެޓް ވައިގެ ދަތުރުފަތުރު ކޮންޓްރޯލާ މުޢާމަލާތު ކުރަމުން ބުނެފައިވާ ގޮތުގައި އަލިފާން ރޯވީ ބޯޓުގެ ފަހަތު ބައިގައި ހުރި ލެޕްޓޮޕެއްގައެވެ. ރޯވެފައިވާ ކަމަށާއި ފްލައިޓް އެޓެންޑެންޓުން ކުރި މަސައްކަތުން އެ ނިއްވާލެވުނު ކަމަށާ ހާދިސާގައި ފަސްމީހަކަށް އަނިޔާވިކަމަށް އޭނާ ބުނި ކަމަށް ބީބީސީގައި ބުނެފައިވެއެވެ.
ހުކުރު ދުވަހު ހިނގި މި ހާދިސާއަށް ފަހު ބޯޓު ރައްކާތެރިކަމާ އެކު ޖައްސައި ފަސިންޖަރުންނަށް އެއާޕޯޓުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވެއެވެ.
އެމެރިކާގެ ފެޑެރަލް އެވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ބުނެފައިވާ ގޮތިގައި ލެޕްޓޮޕް ބެޓެރީ ފަދަ ލީތިއަމް ބެޓެރީ ބައެއް ހާލަތްތަކުގައި މާ ބޮޑަށް ހޫނުވެ މިފަދަ ހާދިސާ ހިނގައިފާނެއެވެ. ބެޓެރީ ހަލާކުވެފައި ހުރުމާއި މާ ބޮޑަށް ހޫނުވުމާއި ފެނަށް ހުށަހެޅުމާއި މާ ބޮޑަށް ޗާޖު ކުރުމާއި ރަނގަޅު ނޫން ގޮތަކަށް ބަންދުކުރުން ފަދަ ސަބަބުތަކާ ހެދި މިކަން ހިނގާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
ލީތިއަމް ބެޓެރީން ދުން އެރުމާއި، އަލިފާން ރޯވުމާއި، އާދަޔާ ޚިލާފަށް ހޫނުވުމާ ގުޅޭ މިފަދަ 58 ހާދިސާއެއް ވައިގެ ދަތުރުފަތުރުގައި ހިނގައިގެން މި އަހަރު މިހާތަނަށް އެފްއޭއޭ އިން ރެކޯޑުކޮށްފައިވެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists