ފުލުހުންގެ އޮފިސަރުންތަކެއް ޑިއުޓީގައި
ހަބަރު
29 Aug 2026 | 18:54
ފުލުހެއްގެ ގައިގައި ސައިކަލުން ޖައްސާ ފިލި މީހާގެ ވަނަވަރު އާންމުކޮށްފި

މަގުމަތީގައި ޑިއުޓީކުރަން ހުރި ފުލުހެއްގެ ގައިގައި ސައިކަލުން ޖައްސާ ފިލި މީހާގެ ވަނަވަރު އާންމުކޮށްފި އެވެ.

ފުލުހުން ބުނީ މަޖީިދީމަގާއި ޗާންދަނީ މަގު ގުޅޭ ކަންމަތީ ޑިއުޓީގައި ހުރި ޓްރެފިކް ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސުމަށް ފަހު ފިލަން މަސައްކަތްކުރި މީހެއްގެ މައްސަލަ ބަލަމުންދާ ކަމަށެވެ. އެކަން ހިނގީ އިއްޔެ ހަވީރު 5:34 ހާއިރު ކަމަށް ވެސް ބުންޏެވެ.

މި ހާދިސާގައި ފުލުސް އޮފިސަރަށް އަނިޔާވި އެވެ. ނަމަވެސް ލިބުނު އަނިޔާތައް ސީރިއަސް ނޫން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތަށް ގދ. ފަރެސްމާތޮޑާ، ހަތި އުމުރުން 23 އަހަރުގެ ސާއީން އަބްދުލްގައްޔޫމް ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދާއިމެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރަން ވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލާގައި ހިމެނޭ ސައިކަލު ޓޯ ކޮށް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
29 Aug 2026
ކާރަކުން ސައިކަލެއްގައި ޖައްސައި އެކްސިޑެންޓްކޮށްލުން: ދެ މީހަކަށް އަނިޔާ، ޑްރައިވަރު ހުރީ މަސްތުވެގެން
29 Aug 2026
މިރޭ ހިނގި އެކްސިޑެންޓް: އަނިޔާވީ ނުވަ އަހަރުގެ ކުއްޖަކަށް، ހާލު ސީރިއަސް
ހުޅުމާލެ ވިނަރެސް ޓަވަރުތައް ހުންނަ ސަރަހައްދުގައި މިރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވީ ނުވަ އަހަރުގެ އަންހެން ކުއްޖަކަށެވެ.
29 Aug 2026
ވިނަރެސް ކައިރީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް
ކުއްޖާ ވެއްޓިފައި އޮތްއިރު އެ ކުއްޖާގެ ހަރަކާތެއް ނެތްކަމަށެވެ.
29 Aug 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް ވޮލީ މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
މިފަހަރުގެ މުބާރާތުގައި ޖުމްލަ 10 ރަށަކުން ވާދަކުރެއެވެ. އެ ރަށްތަކަކީ މުރައިދޫގެ އިތުރުން ކެލާ، ހަނިމާދޫ، ވަށަފަރު، ފިނޭ، ފިއްލަދޫ، ދިއްދޫ، ކުޅުދުއްފުށި، ނޮޅިވަރަމް އަދި ބާރަށެވެ.
29 Aug 2026
ފުލުހެއްގެ ގައިގައި ސައިކަލުން ޖައްސާ ފިލި މީހާގެ ވަނަވަރު އާންމުކޮށްފި
ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތަށް ގދ. ފަރެސްމާތޮޑާ، ހަތި އުމުރުން 23 އަހަރުގެ ސާއީން އަބްދުލްގައްޔޫމް ހައްޔަރުކޮށްފައިވާ ކަމަށެވެ
29 Aug 2026
ހުޅުމާލެ ހޮސްޕިޓަލުގައި ގެސްޓްރޯ ނިއުރޯ އަދި ޔޫރޮލޮޖީގެ ޚިދުމަތް ފަށައިފި
އައިޖީއެމްއެޗަށް ކުރިމަތިވެފައިވާ ބާރުބޮޑުކަން ލުއިކުރުމަށް ހުޅުމާލެ ހޮސްޕިޓަލުގައި ގެސްޓްރޯ، ނިއުރޯ އަދި ޔޫރޮލޮޖީގެ ޚިދުމަތް ވަޒީރު ޤީލާ މިއަދު ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.
29 Aug 2026
އަލްޙާފިޡު އަނަސް ބުން މުޢާޛަށް ހޫނު މަރުޙަބާއެއް
ދ. ކުޑަހުވަދޫގައި ހުރެގެން ކީރިތި ޤުރްއާން އެއްކޮށް ޙިފްޡުކޮށް ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ޙިފްޡު ކޮމެޓީއަށް ކިޔައިދީ އެއްވަނަ ދަރަޖައިގައި ފާސްވެ ސަނަދު ޙާޞިލުކުރި ފުރަތަމަ ދަރިވަރު އަލްޙާފިޡު އަނަސް ބުން މުޢާޛަށް އެ ރަށުގެ ރައްޔިތުން މިއަދު ވަރަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
29 Aug 2026
ވެނެޒުއޭލާގެ 65 ބިލިއަން ފީފާ ތެލުގެ ކޮންޓްރޯލް އެމެރިކާއަށް ލިބޭ އެއްބަސްވުމެއް
ދައުލަތުގެ ބާރުގެ ދަށުގައި އޮންނަންވާނެ ކަމަށް ބުނާ ވެނެޒުއޭލާގެ ޤާނޫނީ އަދި ދުސްތޫރީ ގޮންޖެހުންތައް މި އެއްބަސްވުމަށް ކުރިމަތިވެދާނެ ކަމަށް ވަނީ ބެލެވިފައެވެ