އެކްސިޑެންޓެއްގެ ދައްކުވައިދޭ މަންޒަރެއް.. ފޮޓޯ: ފުލުހުން
ރިޕޯޓް
30 Aug 2026 | 08:44
ހުރިހާވެސް މައްސަލައަކީ މަގުމަތީގެ ޤަވާއިދުތަކަށް އިހުމާލު ވުމެވެ

މަގުތަކަކީ އެންމެންގެ ރައްކާތެރިކަމަށްޓަކައި ބޭނުންކުރަން އޮތް ތަނަކަށް ވީހިނދު، ފެނިގެން މިދަނީ މަގުމަތީގައި ހިނގާ އެކްސިޑެންޓްތައް ދުވަހެއް ދުވަހެއް އިތުރުވަމުންދާ ތަނެވެ. ހިނގާ އެކްސިޑެންޓްތައް ގިނަވެ، މަގުމަތީގެ ރައްކާތެރިކަން މިއަދު މިވަނީ ގެއްލިފައެވެ. މަގުމައްޗަކީ ނިކުންނަން ރައްކާތެރި ނޫން ތަނެއްގެ ގޮތުގައި ގަބޫލްކުރާ މީހުން މިއަދު ވަރަށް ގިނައެވެ. 

ހެދިފައިވާ މަގުމަތީގެ ޤަވާއިދުތައް ކިތަންމެ ހާވެސް ފުރިހަމައެވެ. ޤަވާއިދުތަކުގެ މާއްދާތަކުގައިވެސް ބަޔާންކޮށްފައި ހުންނަ ކަންކަން ވަރަށް ވެސް ސާފެވެ. ނަމަވެސް، މިއަދު ދިމާވާ ހުރިހާ މައްސަލައެއްގެ އަސްލަކީ މި ފުރިހަމަ ޤަވާއިދުތަކަށް ފަރުވާކުޑަކޮށް، އިހުމާލުވުމެވެ.

މަގުމަތީގެ ޤަވާއިދުތަކަށް ބަލާއިރު، އުޅަނދުތައް ދުއްވަންޖެހޭ ގޮތާއި އުސޫލުތައް އެބަ އެނގެއެވެ. ދުއްވަންވީ ކޮން ފަރާތަކުންކަމާއި، ޓްރެފިކް ނިޝާންތަކަށް ބޯލަނބަންޖެހޭ ގޮތް ވަރަށް ސާފުކޮށް ކަނޑައަޅާފައިވެއެވެ. ހަމައެއާއެކު، އުޅަނދު މަޑުކުރަންޖެހޭ ތަންތަނާއި، ޕާކުކުރަން ނުވާނެ ސަރަޙައްދުތައް ވެސް ވަރަށް ސާފެވެ. ހިނގާބިނގާވެ އުޅޭ މީހުން މަގު ހުރަސްކުރަންޖެހޭ ތަންތަން އެބަ އެނގެއެވެ. އަދި އުޅަނދު ދުއްވަންޖެހޭ އެންމެ މަތީ ސްޕީޑު ނުވަތަ ބާރުމިން ޤަވާއިދުގައި ކަނޑައެޅިގެން ބަޔާންކޮށްފައި އޮވެއެވެ. މީގެއިތުރުން، އެއް އުޅަނދު އަނެއް އުޅަނދާ ދެމެދު ބަހައްޓަންޖެހޭ ދުރުމިންވެސް އެންމެނަށް އެނގެން އެބައޮތެވެ.

ވީއިރު، މަގުމަތީގެ މި މުހިންމު ޤަވާއިދުތައް ބޮލާލާ ޖަހަނީ ކީއްވެގެން ހެއްޔެވެ؟

ސިނަމާލެ ބްރިޖާ ގުޅިފައި އޮންނަ ހައިވޭ.. ފޮޓޯ: ވޮއިސް

މިކަމުގެ ފަހަތުގައި ވަނީ އަޅުގަނޑުމެންގެ ފަރުދީ ޒިންމާދާރުކަން ކުޑަވުމާއި، އަވަސް އަރުވާލައިގެން ދިއުމުގެ އާދައެވެ. އަދި އަމިއްލަ އެދުމަށް އެހެން މީހުންގެ ރައްކާތެރިކަމަށް ވިސްނާނުލެވުމެވެ. ޤަވާއިދަކީ ހަމައެކަނި ފޮތެއްގައި ލިޔެފައި އޮންނަ އެއްޗަކަށް ހަދައި ފަރުޖައްސާލެވެން މިއަދު ނެތެވެ. މިއަދު ފެންނަމުންދާ ހަޤީގަތަކީ ފުލުހަކު ނެތްނަމަ އެމީހަކު ހިތުހުރިގޮތަކަށް މަގު ބޭނުންކުރަމުން ދާ މަންޒަރެވެ.

މަގުމަތީގެ ޤަވާއިދުތަކަށް އިހުމާލުވުމުގެ ސަބަބުން މި ލިބެނީ އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެވެ. އަގުހުރި އެތައް ފުރާނައެއް ވަކިވެދަނީއެވެ. ކުށެއްނެތް ކުޑަކުދިންނާއި ޒުވާނުން އަދި މުސްކުޅިން އުމުރުދުވަހަށް ނުކުޅެދޭ ހާލަތަށް ވެއްޓެނީއެވެ. އާއިލާތަކަށް ލިބޭ ހިތާމައާއި މާލީ ބޮޑެތި ގެއްލުންތަކަކީ އަގެއް އަދާކޮށްގެން އަނބުރާ ހޯދޭނެ އެއްޗެއް ނޫނެވެ.

އެކްސިޑެންޓެއްގައި އަނިޔާވި މީހަކު އެމްބިއުލާސްގައި ގެންދަނީ

ޚުލާޞާކޮށް ދަންނަވާނަމަ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވެން އޮތީ ހެދިފައިވާ ޤަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައިގެންނެވެ. ޤަވާއިދުތަކަށް އިހުމާލުވުން ހުއްޓާލައި، ކޮންމެ މީހަކީވެސް މަގުމަތީގެ އަދަބުތަކަށް އިޙްތިރާމްކުރާ ޒިންމާދާރު ރައްޔިތަކަށް ވެގެން މެނުވީ މި ހިތާމަވެރި ހާދިސާތަކަކަށް ނިމުމެއް ނުގެނެވޭނެއެވެ.

މަގުތައް މަތީ ކިތަންމެ ވަރަކަށްވެސް ސްޕީޑް ބްރޭކަރު ހަރުކުރެވިދާނެއެވެ. އަދި ކެމެރާތަކާއި ފުލުހުންވެސް މަގުތަކަށް ނެރެވިދާނެއެވެ. އެކަމު ހަގީގީ މާނާގައި މަގުމަތީގެ އަމާންކަން ގާއިމްކުރުމުގެ ބާރު އޮތީ އަޅުގަނޑުމެންގެ އަމިއްލަ އަތްމަތީގައެވެ. ޔައުނީ އަހަރެމެން މަގުމަތީގެ އެންމެހާ ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައިގެންނެވެ.

ކޮމެންޓް
އަބޫ
ބެލެހެއްޓުން ހަރުދަނާކުރެވެނިކޮށް ވަރަށްބޮޑު ބަދަލުގެނެވޭނެ
30 Aug 2026
ގުޅޭ ލިޔުންތައް
28 Sep 2026
އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ވިލަރެސް ކޮމިޓީ އެކުލަވާލައިފި
އަދި މި މަޝްރޫއު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި، ކަމާގުޅޭ އިދާރާތައް ގުޅިގެން މަސައްކަތްތައް ރޭވުމާ ގުޅޭގޮތުން ވެސް ވަނީ ހިޔާލު ބަދަލުކުރައްވާފައެވެ.
28 Sep 2026
ނޮވެންބަރުގެ ނިޔަލަށް ހުރިހާ ޑްރަގް ކެފޭތައް ބަންދުކުރެވޭނެ: އިހްސާން
މި ވޭތުވެދިޔަ ތިން ހަތަރު މަހެއްގެ ތެރޭގައި ޑްރަގް ކެފޭގެ ގޮތުގައި ހިންގަމުންދާ 17 ތަނެއް ބަންދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
27 Sep 2026
ނައިބު ރައީސް ނިއުޔޯކް އަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލައްވައިފި
ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މި ދަތުރުފުޅުގައި ޤައުމީ ބަޔާން އިއްވަވައި ކޮންމެ ޤައުމެއްގެވެސް މުސްތަޤުބަލު ބައްޓަންކުރުމުގެ އަސާސީ ޙައްޤު އެ ޤައުމަކަށް ލިބިގެންވާކަން ފާހަގަކުރެއްވިއެވެ. ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ސަލާމަތަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ވާހަކަ ވިދާޅުވަމުން 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ އެ ގޮންޖެހުންތައް ގުޅިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
27 Sep 2026
އީޝާގެ މައްޗަށް ގަޒުފުގެ ދައުވާ އުފުލައިފި
އެކަން ޕީޖީ އޮފީހުން ވަނީ ވޮއިސްއަށް ޔަގީންކޮށްދީފަ އެވެ. އީޝާގެ މައްޗަށް އުފުލީ ގާނޫނުލްއުގޫބާތުގެ ދަށުން ގަޒުފުގެ ދައުވާ އެވެ.
27 Sep 2026
ގޭންގުތަކަށް ނިސްބަތްވާ ދިހަ ލީޑަރެއްގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން، ހަރުކަށި ފިޔަވަޅު އެޅޭނެ: ވަޒީރު
“ދިހަ ގޭންގު ލީޑަރެއްގެ މައްސަލަ މިދިޔަ ޖޫން މަހުން ފެށިގެން އަޅުގަނޑުމެން އެބަ ގެންދަން ތަހުގީގު ކުރަމުން،” ވަޒީރު ވިދާޅުވި އެވެ.
27 Sep 2026
ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ
މި ބިލަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހޭނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ. ނަމަވެސް, ކޮމިޓީ މަރުހަލާގައި މި ބިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
27 Sep 2026
ރާއްޖޭގެ އޭއައި ޕްރޮސިކިއުޝަން އޮނިގަނޑު ދުނިޔެއަށް ހިލޭ ދޫކުރަނީ
އެމަނިކުފާނު މިކަން ހާމަކުރެއްވީ އަބޫދާބީގައި ކުރިއަށްދާ އދ. ގެ 15 ވަނަ ކްރައިމް ކޮންގްރެސްގެ އެންސިލަރީ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުންނެވެ. އެ ބައްދަލުވުމުގައި ޕީޖީ ވަނީ 2025 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވި "މޯލްޑިވްސް 2.0" ތަސައްވުރަށް އަލިއަޅުއްވާލައްވާފައެވެ.
27 Sep 2026
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި، އެޕް ވުޖޫދުގަވެސް ނެތް
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ