މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެމީހުން- ފޮޓޯ/ ޕޮލިސް
ހަބަރު
31 Aug 2026 | 11:00
ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ރ.މަޑުއްވަރީއިން ބަޔަކު ހައްޔަރުކޮށްފި

ރ. މަޑުއްވަރީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބޮންތި / ރ. މަޑުއްވަރި، މުޙައްމަދު މުޢިއްޒު (27އ) އާއި ތުނޑި / ރ. މަޑުއްވަރި، އާދަމް ޢާޞިމް (29އ) އެވެ.

ފުލުހުން ބުނީ، އެ މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި، މަޑުއްވަރީ ފުލުހުންނާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މި މަހު 28 ވަނަ ދުވަހު ކަމަށެވެ.

މި އޮޕަރޭޝަންގައި، މަޑުއްވަރީ ހަތް ގެއެއް ބަލައިފާސްކޮށް ހަތް މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ކަމަށާ، އޭގެ ތެރެއިން ދެ މީހުން ފިޔަވައި ދެންތިބި މީހުންވަނީ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި އޮޕަރޭޝަންގައި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 53.05 ގުރާމް ހުރި ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމު މުޙައްމަދު މުޢިއްޒު (27އ)  10 ދުވަހަށް އަދި އާދަމް ޢާޞިމް (29އ) ހަތް ދުވަހަށް ބަންދުުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
31 Aug 2026
އަމާން އުދަރެސް ތިންވަނަ ފަންގިލާއިން ކުއްޖަކު ވެއްޓިއްޖެ
ވެއްޓިފައިވަނީ 16 އަހަރުގެ ދިވެހި އަންހެން ކުއްޖެއް ކަމަށާ، އެ ކުއްޖާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށް ފުލުހުން ބުމްޏެވެ.
31 Aug 2026
ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި 17.37 މިލިއަން ރުފިޔާ ލިބިއްޖެ
ޒަކާތު ހައުސްއިން ނެރުނު ތަފާސް ހިސާބުން ދައްކާ ގޮތުން 2025 ވަނަ އަހަރުގެ ޖުލައި މަހު ޒަކާތު ފަންޑަށް ޖަމާވީ 12,040,524.09 ރުފިޔާ ކަމަށް ވީ ނަމަވެސް 2026 ވަނަ އަހަރުގެ ޖުލައި މަހު އެ ޢަދަދު ވަނީ 17,366,787.29 ރުފިޔާއަށް މައްޗަށް ޖެހިފައެވެ.
31 Aug 2026
އިނގިރޭސިވިލާތުގެ ސަފީރުކަމަށް ޖަމީލާ އައްޔަނުކޮށްފި
ޖަރުމަނުވިލާތުގެ ފުރަތަމަ ދިވެހި ސަފީރުކަންވެސް ކުރެއްވި ޖަމީލާ ޢަލީ ޚާލިދު އިނގިރޭސިވިލާތުގެ ސަފީރުކަމަށް ރައީސް މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ.
31 Aug 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި
މި އޮޕަރޭޝަންގައި، މަޑުއްވަރީ ހަތް ގެއެއް ބަލައިފާސްކޮށް ހަތް މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ކަމަށާ، އޭގެ ތެރެއިން ދެ މީހުން ފިޔަވައި ދެންތިބި މީހުންވަނީ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
31 Aug 2026
ދިރާގު މާލެ އޯޕަން 2026ގެ ވަނަވަނަ ހާސިލުކުރި ފެތުންތެރިންނަށް އިނާމު ދީފި
ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގުން ސްޕޮންސަރކޮށް، ސްވިމް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި "ދިރާގު މާލެ އޯޕަން 2026" ފެތުމުގެ މުބާރާތް ކާމިޔާބުކަމާއެކު ނިންމައިލުމަށްފަހު، އެ މުބާރާތުން ވަނަވަނަ ހާސިލުކުރި ފެތުންތެރިންނަށް އިނާމު ދިނުމުގެ ހަފްލާ ބާއްވައިފިއެވެ.
31 Aug 2026
މެލޭޝިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް މުޢިއްޒު ފޮނުއްވައިފި
އެ ޕޯސްޓުގައި ރައީސް ވިދާޅުވީ ދެ ޤައުމުގެ ގުޅުން ބިނާވެފައި އޮތީ އެއް ކަހަލަ އުސޫލުތަކަކާއި އިޙުތިރާމުގެ މައްޗަށް ކަމަށެވެ. އަދި ދެ ޤައުމުގެ ގުޅުން މިހާރު އިތުރަށް ފުޅާވެ، ރައްޔިތުންގެ މެދުގައި ވަރުގަދަ ގުޅުންތަކެއް ޤާއިމުވެފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
31 Aug 2026
ފޭސް 2 ގައި، ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
މިއަދު ހެނދުނު ހިނގި މި އެކްސިޑެންޓްގައި އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އެ ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
31 Aug 2026
ފޯރިގަދަ މެޗުތަކަކަށްފަހު ފެނަކަ އަދި ޕޮލިސް މޮޅުވެއްޖެ
އދ. މަހިބަދޫގައި ފޯރިއާއެކު ކުރިއަށްދާ "ސްޓެލްކޯ މަހިބަދޫ އިންޓަ-އޮފީސް ވޮލީބޯޅަ މުބާރާތް 2026" ގެ ފަސްވަނަ އަދި ހަވަނަ މެޗު ވާދަވެރި ކުޅުމަކަށްފަހު ފެނަކަ އަދި ޕޮލިސް ޓީމުން ކާމިޔާބުކޮށްފިއެވެ.