މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު މި އަހަރުގެ ޖުލައި މަހު ޒަކާތު ފަންޑަށް ވަން މުދަލު ޒަކާތް 44.2 އިންސައްތަ އިތުރުވެ 17.37 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ޒަކާތު ހައުސް ބުނެފިއެވެ.
ޒަކާތު ހައުސްއިން ނެރުނު ތަފާސް ހިސާބުން ދައްކާ ގޮތުން 2025 ވަނަ އަހަރުގެ ޖުލައި މަހު ޒަކާތު ފަންޑަށް ޖަމާވީ 12,040,524.09 ރުފިޔާ ކަމަށް ވީ ނަމަވެސް 2026 ވަނަ އަހަރުގެ ޖުލައި މަހު އެ ޢަދަދު ވަނީ 17,366,787.29 ރުފިޔާއަށް މައްޗަށް ޖެހިފައެވެ.
ޢަދަދުތަކުން ދައްކާ ގޮތުގައި މިއީ ގާތްގަނޑަކަށް 5.33 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.
ޒަކާތުގެ ގޮތުގައި ލިބޭ މިންވަރު އިތުރުވަމުން ދާއިރު ޖުލައި މަހު ޒަކާތު ފަންޑުން ޖުމްލަ 2.80 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެ ފައިސާގެ އެންމެ ބޮޑު ޙިއްޞާއެއް ކަމުގައިވާ 1.75 މިލިއަން ރުފިޔާ ހޭދަކޮށްފައި ވަނީ ފަގީރުންނާއި މިސްކީނުންނަށެވެ.
އޭގެ ތެރެއިން 1.48 މިލިއަން ރުފިޔާ ބޭސްފަރުވާގެ އެހީއަށް ޚާއްޞަކޮށްފައިވާ އިރު ޒަރޫރީ ބޭނުންތަކަށް 115,250 ރުފިޔާ އަދި ބޯހިޔާވަހިކަމުގެ އަސާސީ ބޭނުންތަކަށް 155,950 ރުފިޔާ ދޫކޮށްފައިވެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists