އެކްސިޑެންޓް ހިނގި ސަރަހައްދު- ފޮޓޯ/ ވޮއިސް
ހަބަރު
02 Sep 2026 | 13:48
ދުއްވަމުންދިޔަ ސައިކަލުގެ ކުރިމައްޗަށް ކުޑަކުއްޖަކު؛ ނެއްޓެން އުޅުމުގެ ތެރޭގައި ސައިކަލު ވެއްޓި އެކްސިޑެންޓެއް

ހުޅުމާލޭގައި ދުއްވާފައި ދިޔަ ސައިކަލެއްގެ ކުރިމައްޗަށް ކުއްލިއަކަށް ކުޑަކުއްޖަކު އެރުމުން، އެ ކުއްޖާގެ ގައިގައި ނުޖެހި ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ސައިކަލު ކޮންޓްރޯލުން ނެއްޓި ވެއްޓިގެން އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 8:03 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ ހުޅުމާލެ ހިތިގަސް މަގުން އުތުރަށް ދަތުރުކުރި ސައިކަލެއް، ވިނަރެސް 6 ފްލެޓް ކައިރިން ސައިކަލު ދުއްވާފައި ދަނިކޮށް ކުރިމަތިން ކުއްލިއަކަށް ކުޑަކުއްޖަކު މަގު ހުރަސްކުރުމުން، އެ ކުއްޖާގެ ގައިން ނެއްޓެން އުޅުމުގެ ތެރޭގައި ސައިކަލު ކޮންޓްރޯލުން ނެއްޓި ވެއްޓުނީ ކަމަށެވެ.

އަދި މި ހާދިސާގައި އެ ކުއްޖާގެ ގައިގައި ސައިކަލުން ޖެހިފައި ނުވާކަން ވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ނަމަވެސް މި ހާދިސާގައި ސައިކަލު ދުއްވަން އިން މީހާއަށާއި ފަހަތުގައި އިން މީހާއަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Sep 2026
އިންޑޮނޭޝިއާގައި އެޅި ބްރިޖެއް ހުޅުވުމުގެ ރަސްމިޔާތު ނިމުނު ވަގުތު ވެއްޓިއްޖެ
އިންޑޮނޭޝިއާގައި އަލަށް އެޅި ސަސްޕެންޝަން ބްރިޖެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ނިމުނު ވަގުތު މުޅި ބްރިޖު ކުއްލިއަކަށް ވެއްޓި ނުރައްކާތެރި ހާދިސާއެއް ހިނގައިފިއެވެ.
02 Sep 2026
"ކާށިދޫ ޔޫތް ޓްރޮފީ 2026" ވިމެންސް ހޭންޑްބޯލް މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކުޅުމަށްފަހު، ސެމީ ފައިނަލް މެޗުތައް ކުޅެ، އެއަށްފަހު ފައިނަލް މެޗު ކުޅޭ ގޮތަށެވެ. މުބާރާތް ފެށުމަށް ތާވަލްކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.
02 Sep 2026
ދުއްވަމުންދިޔަ ސައިކަލުގެ ކުރިމައްޗަށް ކުޑަކުއްޖަކު
ހުޅުމާލޭގައި ދުއްވާފައި ދިޔަ ސައިކަލެއްގެ ކުރިމައްޗަށް ކުއްލިއަކަށް ކުޑަކުއްޖަކު އެރުމުން، އެ ކުއްޖާގެ ގައިގައި ނުޖެހި ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ސައިކަލު ކޮންޓްރޯލުން ނެއްޓި ވެއްޓިގެން އެކްސިޑެންޓެއް ހިނގައިފިއެވެ.
02 Sep 2026
އެލްޖީއޭގެ ލިޔުމުން ހުއްދަ ނެތި ކައުންސިލްތަކަށް މުވައްޒަފުން ނެގުން މަނާކޮށްފި
މި ނިންމުން ކައުންސިލްތަކާ ހިއްސާކޮށްފައިވަނީ އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުޙައްމަދު ނިމާލު ސޮއިކުރައްވައި ފޮނުއްވާފައިވާ ސިޓީއަކުންނެވެ.
02 Sep 2026
އެސްޓީއޯ ދެކުނު ފޯރި ވަރަށް ކުލަގަދަކޮށް ބާއްވައިފި
ރާއްޖޭގެ ދެކުނުގެ އެކި ސަރަޙައްދުތަކުގައި ވަޒީފާ އަދާކުރާ އެސްޓީއޯ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ބާއްވާ "ދެކުނު ފޯރި" މި އަހަރުވެސް އައްޑޫ ސިޓީ ހިތަދޫގައި ހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންގޮސް ނިންމައިފިއެވެ.
02 Sep 2026
އިސްލާމީ އިޤްތިޞާދު ކުރިއެރުވުމަށް އައިސީސީޑީއާއެކު މަޝްވަރާ ކޮށްފި
އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް ރައީސް މުޢިއްޒާ ބައްދަލުކުރައްވައި ޙަލާލް ފަތުރުވެރިކަމާއި އިސްލާމީ އިޤްތިޞާދު ކުރިއެރުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
02 Sep 2026
ޯއޮލިމްޕަސް ހެއްވާލަން ޑާކްރެއިން ތައްޔާރު؛ މަގޭ ބިޓްގެ ވެޑިން މިރޭ ޕްރިމިއާ ކުރަނީ
ޑާކްރެއިންގެ މާޒީން މިއީ މުނިފޫހިފިލުވާލާ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ލިބޭނެ ރަނގަޅު ފުރުސަތަކަށް ވާނެ އެވެ
02 Sep 2026
އަހަރުގެ މިހާތަނަށް ދެވަނައަށް އެންމެ ގިނައިން ރިޕޯޓްކުރީ ޓްރެފިކް އެކްސިޑެންޓް
ދިވެހިރާއްޖޭގެ މަގުތަކަކީ އެންމެންގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ތަނަކަށް ވާންޖެހޭއިރު، މިއަދު މަގުމައްޗަށް ނުކުންނަ ކޮންމެ މީހެއްގެ ހިތުގައިވެސް އޮތީ ބިރުވެރިކަމެވެ. ބާރު ސްޕީޑުގައި ދުއްވާ އުޅަނދުތަކާއި، ޓްރެފިކް ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިތުމުގެ ނަތީޖާއެއްގެ ގޮތުން މަގުމަތީގެ ނުރައްކާތެރި ހާދިސާތައް މިވަނީ އިންތިހާއަށް އިތުރުވެފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި، ވައްކަމާއި މަސްތުވާތަކެތީގެ ނުރައްކަލާ އެއްވަރަށް މިއަދު ދިވެހި މުޖުތަމަޢަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަގުމަތީގެ އެކްސިޑެންޓްތަކެވެ.