ފުލުހުން ކުރިއަށްގެންދާ ހަރަކާތުގެ ތެރެއިން.. ފޮޓޯ: ވޮއިސް
ހަބަރު
03 Sep 2026 | 12:56
މަގުމަތީގެ ރައްކާތެރިކަމަށް ރައްޔިތުން އަހުލުވެރިކުރުވަން ފުލުހުންގެ ހާއްސަ ހަރަކާތްތަކެއް ފަށައިފި

މަގުމަތި ބޭނުންކުރުމުގައި އިތުރަށް ފަރުވާތެރިވެ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ހާއްސަ ހަރަކާތްތަކެއް ފަށައިފިއެވެ.

މަގުމަތި ބޭނުންކުރުމާއި އެނޫންވެސް ސަލާމަތީ ކަންކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށް ފެށި މި ސިލްސިލާ ހަރަކާތުގެ ތެރެއިން މިއަދު ވަނީ ސްކޫލްތައް ކައިރީގައި މައުލޫމާތު ދިނުމުގެ ހާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމްގެ ދަށުން ސްކޫލްތަކުގެ ދަރިވަރުންނަށާއި، ބެލެނިވެރިންގެ އިތުރުން ސްކޫލް ސަރަހައްދު ބޭނުންކުރާ ދުއްވާ އެއްޗެއްސާއި ހިނގާފައި އުޅޭ ފަރާތްތަކަށް މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ މުހިންމު މައުލޫމާތުތައް ވަނީ ފޯރުކޮށްދީފައެވެ.

ފުލުހުން ކުރިއަށްގެންދާ ހަރަކާތުގެ ތެރެއިން.. ފޮޓޯ: ވޮއިސް

ފުލުހުން މިފަދަ ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް ވަރުގަދަކޮށްފައި މިވަނީ، މި ފަހަކަށް އައިސް ހާއްސަކޮށް ހުޅުމާލޭގެ މަގުތަކުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ މިންވަރު އާދަޔާ ހިލާފަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން ހިނގި ބައެއް ނުރައްކާތެރި އެކްސިޑެންޓްތަކުގައި ބޮޑެތި މީހުންނާއި ކުޑަކުދިންގެ އަގުހުރި ފުރާނަ ގެއްލި، އެތައް ބަޔަކަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ.

ފުލުހުން ކުރިއަށްގެންދާ ހަރަކާތުގެ ތެރެއިން.. ފޮޓޯ: ވޮއިސް

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ހަރަކާތްތަކުގެ މައިގަނޑު މަގުސަދަކީ މަގުމަތީގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ މުހިންމުކަން ހަނދާންކޮށްދީ، އެންމެންގެ ފުރާނައިގެ ރައްކާތެރިކަމަށްޓަކައި ހުރިހާ ރައްޔިތުންވެސް މަގުމަތީގައި އިތުރަށް ޒިންމާދާރުވެ ފަރުވާތެރިވުމަށް ބާރުއެޅުމެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މަގުމަތީގެ އަމާންކަން ގާއިމުކުރުމަށްޓަކައި މިފަދަ ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ.

މިއަދު ހުޅުމާލޭގައި ކުރިއަށްދާ ހަރަކާތުގައި ފުލުހުންގެ އިތުރަށް ހުޅުމާލެއާ ގުޅުންހުރި ޖަމިއްޔާތަކުގެ އިސް ފަރާތްތަކުން ބައިވެރިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Sep 2026
މަގުމަތީގެ ރައްކާތެރިކަމަށް ރައްޔިތުން އަހުލުވެރިކުރުވަން ފުލުހުންގެ ހަރަކާތްތަކެއް
މިއަދު ވަނީ ސްކޫލްތައް ކައިރީގައި މައުލޫމާތު ދިނުމުގެ ހާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފައެވެ.
03 Sep 2026
ދެވަނަ ކުއާޓަރުގައި މީރާއަށް ޓެކުހުން އެކަނި 6.05 ބިލިއަން ރުފިޔާ
މިދިޔަ ކުއާޓަރުގައި މީރާއަށް ޑޮލަރުން ލިބުނު އާމްދަނީ ވަނީ 328.23 މިލިއަން ޑޮލަރަށް އަރާފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 6.1 އިންސައްތައިގެ ދަށްވުމެކެވެ
03 Sep 2026
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ މިއަދު ނިކުންނާނީ ލަންކާ އާ ދެކޮޅަށް
މިއަންމާގެ ޔަންގޮން ސިޓީގައި މިމެޗް ފަށާނީ ރާއްޖެ ގަޑިން ހަވީރު 17:30 ގައެވެ.
03 Sep 2026
ވިސާނެތި ދިވެހިންނަށް ތައިލެންޑްގައި 30 ދުވަހު ތިބެވޭގޮތް ހަދައިފި
ތައިލެންޑު ސަރުކާރުން ގެނައި މި ބަދަލުތައް ހުސްވި އޮގަސްޓްމަހުގެ 31 ވަނަ ދުވަހު ރަސްމީކޮށް ގެޒެޓްކޮށްފައިވާ އިރު، ކުރިން ދިވެހިރާއްޖެ ހިމެނިފައި އޮތީ ވިސާ އާ ނުލައި 15 ދުވަހު ތިބެވޭ ޤައުމުތަކުގެ ލިސްޓުގައެވެ.
03 Sep 2026
ހުޅުމާލޭގައި އެކްސިޑެންޓްތައް ހިނގަނީ ގަވާއިދުތަކަށް ނުބަލައި ބާރަށް ދުއްވުމުން: ފުލުހުން
ހުޅުމާލޭގެ މަގުތަކުގައި ދުއްވާއިރު އަބަދުވެސް ރައްކާތެރިކަމަށް އިސްކަންދީ، އަނެކުންގެ ސަލާމަތަށް ވިސްނައިގެން ޒިންމާދާރުކަމާއެކު އުޅަނދު ދުއްވުމަށް ހަނީފް އިލްތިމާސްކުރައްވާފައި
02 Sep 2026
ފަހިދިރިއުޅުން ޓަވަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެފްޑީސީން ހާއްސަ ފިޔަވަޅުތަކެއް އަޅަނީ
މި މަސައްކަތުގައި އެންމެ ބޮޑަށް ރައްކާތެރިކަން ބޭނުންވާ އަދި އިސްކަންދޭންޖެހޭ ޔުނިޓުތައް ފާހަގަކޮށް، އެ ތަންތަނަށް އިސްކަންދީގެން އެ ޚިދުމަތްތައް އަވަހަށް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ހާއްސަ ސަމާލުކަމެއް ދެމުންދާ ކަމަށް ހަމްދާން ވިދާޅުވިއެވެ
02 Sep 2026
މިއަދު ހިނގި އެކްސިޑެންޓްގައި އަނިޔާވީ އުމުރުން ދުވަސްވީ އަންހެނަކާއި ފިރިހެނަކަށް
ސައިކަލް ފަހަތުގައި 72 އަހަރުގެ ދިވެހި އަންހެނަކު އިން އިރު ދެމީހުނަށްވެސް އަނިޔާވެފައިވާކަމަށް ފުލުހުން ބުންޏެވެ
02 Sep 2026
ހުޅުމާލެ ފޭސް ދޭއްގައި މިރޭވެސް އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި ސައިކަލްގައި ތިބި މީހުންނަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ. މިކަމާ ގުޅޭގޮތުން ފުލުހުންވެސް އަދި ވަކި އެއްޗެކޭ ނުބުނެއެވެ.