ތުހުމަަތު އޮތް ތިން މީހުން
ހަބަރު
03 Sep 2026 | 18:46
މަސްތުވާތަކެއްޗާއި އެކު މާލެއިން ތިން ޒުވާނަކު ހައްޔަރުކޮށްފި

ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހުން ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ކ. ހުރާ / ސާނީވިލާ، ޙުސައިން ޝާވިން (26އ) އާއި ތ. ތިމަރަފުށި / ވިލާ، މަރްޔަމް ޢިޝާ އަޝްރަފް (21އ) އާއި،  ސ. ހުޅުދޫ / ރޭޝަމް، މުޙައްމަދު ނާހިލް (25އ) އެވެ.

މި ތިން މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކޮށް ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، މާފަންނު ގެއެއް ބަލައިފާސްކުރިއިރު 1.7 ކިލޯގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި، މަސްތުވާތަކެތި އެކުލެވިގެންވާ 230 ވޭޕް ކާޓްރިޖާއި، 26 ފުޅި ވޭޕް ފްލޭވަރ އަދި ބަނގުރާ ފުޅިއެއް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޙުސައިން ޝާވިންއާއި، ޢިޝާ އަޝްރަފް 15 ދުވަހަށް އަދި މުޙައްމަދު ނާއިލް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Sep 2026
ޑްރަގް ނެޓްވޯކެއްގެ އިސް ދެ މީހަކު 17.7 ކިލޯގެ ޑްރަގާއެކު ހައްޔަރުކޮށްފި
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ / ފިޔާތޮށިވިލާ، އަޒުހަދު ނަސީމް (29އ) އާއި ގއ. މާމެންދޫ / ރޯޝަނީގެ، ރިޝްފާން ރާމިޒު (29އ) އެވެ.
04 Sep 2026
ތޭރަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާދިން މައްސަލައެއް
03 Sep 2026
ސްރީލަންކާ ބަލިކޮށް ރާއްޖޭގެ ޒުވާން ޓީމް، އޭޝިއަންކަޕް ކޮލިފައިން ފޭސްގެ ޖާގައެއް ހޯދައިފި
މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅުވެފައިވާއިރު، އެއްވެސް މެޗެއްގައި ރާއްޖޭގެ ބައިކޮޅަށް ލަނޑެއް ވަދެފައި ނުވާކަން ފާހަގަކޮށްލެވެއެވެ
03 Sep 2026
މަސްތުވާތަކެއްޗާއި އެކު މާލެއިން ތިން ޒުވާނަކު ހައްޔަރުކޮށްފި
03 Sep 2026
އަސްކޮއި ގްރޫޕުން ލަނޑުދިން ބަޔަކަށް ފައިސާ ދައްކަން ކޯޓުގެ ހުކުމެއް
ސިވިލްކޯޓުގެ ހުކުމްގައި ބުނެފައިވަނީ އިއްޔެއިން ފެށިގެން 7 ދުވަހުގެ ތެރޭގައި ކޯޓަށް ދައްކައި ހަލާސްކުރަންޖެހޭ ކަމަށެވެ. މި ދައުވާގައި ޝަރީއަތުގެ ހަރަދުގެ ގޮތުގައި ހޯދަން ދައުވާކުރި 42،000 ރުފިޔާ ނަގައިދިނުމަށް އެދިފައެއް ނުވެއެވެ
03 Sep 2026
ސިނަމާލެ ބްރިޖް ހައިވޭ އެންމެ ބާރުބޮޑު ގަޑީގައި އެކްސިޑެންޓެއް
ވީޑިއޯއިން ފެންނަ ގޮތުގައި ސައިކަލެއް އެކްސިޑެންޓްވެފައިވާއިރު، މަގުގައި އިށި އިނދެލައިގެން އަންހެނަކު ބޮލުގައި ހިފަހައްޓާލައިގެން އިނެވެ
03 Sep 2026
5 މިލިއަން ގަސް ޕްރޮގްރާމަށް ކެރެލާއިން ހާހަކަށްވުރެ ގިނަ ގަސް ހަދިޔާކޮށްފި
މި އެހީގެ ދަށުން ހަދިޔާކުރުމަށް ނިންމާފައިވާ ގަސްތަކުގެ ތެރޭގައި 500 އަނބު ގަހާއި 500 ޓީކް ގަސް ހިމެނެއެވެ.
03 Sep 2026
މަގުމަތީގެ ރައްކާތެރިކަމަށް ރައްޔިތުން އަހުލުވެރިކުރުވަން ފުލުހުންގެ ހަރަކާތްތަކެއް
މިއަދު ވަނީ ސްކޫލްތައް ކައިރީގައި މައުލޫމާތު ދިނުމުގެ ހާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފައެވެ.