މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ނުވަމީހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތޯހިދުލް އިސްލާމް (35އ) އާއި، މޮނީރް ބެޕާރީ (37) އާއި، ޖަކިރް މުންޝި (46އ) އާއި، އެމް.ޑީ އަބު ޒަބެރް ޕްރަމަނިކު (37އ) އާއި، އެމް.ޑީ އުސްމާން (23އ) އާއި، މޮހައްމަދު ބަބްލޫ އަލީ (34އ) އާއި، އެމް.ޑީ ރައިހާން (32އ) އާއި، އަފްރަނުލް ހޮގް އާޝިކު (34އ) އަދި މުޙައްމަދު ރަކިބް ހޮސެއިން (30އ) އެވެ. މި އެންމެންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.
ފުލުހުން ބުނީ، އެ މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މި ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު މާލޭގެ ގެސްޓުހައުސްއެއް ބަަލައިފާސްކޮށްފައި ކަމަށެވެ.
އަދި އެ ގެސްޓުހައުސް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާ، ނަމަވެސް ފެނުނު މަސްތުވާތަކެތީގެ އަދަދެއް ހާމަނުކުރެއެވެ.
ފުލުހުން އިތުރަށް ބުނީ މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު އެންމެން ވެސް މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists