އެމެރިކާގެ ރައީސް ޓްރަމްޕް-
ދުނިޔެ
10 Sep 2026 | 12:37
ދައުރު މެދު އިންތިޚާބު ކާމިޔާބުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭން ޓްރަމްޕް ވަޢުދުވެއްޖެ

ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.

"ޓްރަމްޕް ޑިވިޑެންޑް" ގެ ނަމުގައި މި ފައިސާ ދޭން ހުށަހެޅި ނަމަވެސް، މިކަން ކުރާނެ ގޮތެއް އަދި މިއީ ޤާނޫނީ ގޮތުން ކުރެވިދާނެ ކަމެއް ކަމެއް ސާފެއް ނޫނެވެ. އެމެރިކާގައި 18 އަހަރުން މަތީގެ ގާތްގަނޑަކަށް 270 މިލިއަން މީހުން ދިރިއުޅޭއިރު، މިއީ ގާތްގަނޑަކަށް 1.35 ޓްރިލިއަން ޑޮލަރުގެ ޚަރަދެކެވެ.

ގަޑިއިރަކާއި 45 މިނެޓަށް ދެމިގެންދިޔަ ތަޤުރީރުގައި ޓްރަމްޕް ބުނީ، އޭނާ ފުރިހަމަކޮށްފައިވަނީ އެމެރިކާގެ ރިޔާސީ ތާރީޚުގައިވެސް ފެނިގެންދިޔަ އެންމެ ކާމިޔާބު ދެ އަހަރު ކަމަށެވެ. އަދި ޑިމޮކްރެޓުންނަށް ވެރިކަން ލިބިއްޖެނަމަ ޤައުމު އަލުން ކޮޅަށް ޖެހުމަށް ދިހަ އަހަރު ނަގާނެ ކަމަށާއި، ރިޕަބްލިކަން ޕާޓީއަށް ވޯޓު ދިނުމަށް ޓްރަމްޕް ވަނީ ގޮވާލާފައެވެ.

ނޮވެމްބަރު މަހު ބާއްވާ މިޑްޓާމް އިންތިޚާބަށް ދެ މަހެއްހާ ދުވަސް ބާކީ އޮތްއިރު، ޓްރަމްޕްގެ މަޤްބޫލުކަން ދަށަށް ގޮސް، ޚާއްޞަކޮށް ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ސަބަބުން ޢާންމުންގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ.

އީރާނަށް ޙަމަލާދިނުމުގެ ނިންމުން ދިފާޢުކުރަމުން ޓްރަމްޕް ބުނީ، އޭނާ އެކަން ކުރީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުމަށް ކަމަށެވެ. އަދި އީރާނުގެ މައްޗަށް ކާމިޔާބު ހޯދުނުހާ އަވަހަކަށް ތެލުގެ އަގު ދަށަށްދާނެ ކަމަށްވެސް ޓްރަމްޕް ބުނެފައިވެއެވެ. ނަމަވެސް، އެމެރިކާއާއި އިސްރާއީލުން އީރާނަށް ޙަމަލާދޭތާ ހަ މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރުވެސް، މި ހަނގުރާމަ ނިމުމަކަށް އަންނާނެ ކަމުގެ އެއްވެސް ނިޝާނެއް ނުފެންނަ ކަމަށް މުރާސިލުން ފާހަގަކުރެއެވެ.

މި ކޮންވެންޝަންގައި ވާހަކަދެއްކި ރިޕަބްލިކަން ޕާޓީގެ ގިނަ މީހުން ވަނީ ޑިމޮކްރެޓުންނަކީ ހައްދުފަހަނައެޅި "ސޯޝަލިސްޓުން" އަދި "ކޮމިއުނިސްޓުން" ގެ ގޮތުގައި ސިފަކޮށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

މި އެއްވުމުގައި 21،000 މީހުންގެ ޖާގައިގެ އެރީނާ ފުރިފައިވާ ކަމަށް ޓްރަމްޕް ބުނި ނަމަވެސް، އޭނާ ވާހަކަދެއްކި ވަގުތު މަތީ ބައިތައް އޮތީ ބޮޑުބައެއް ހުސްކޮށެވެ. އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި ޓްރަމްޕް މިފަދަ ބޮޑު ވަޢުދެއް ވެފައިވާއިރު، މިއީ އިންތިޚާބީ ވާދަވެރިކަން ވަރަށް ބޮޑަށް ގަދަވެފައިވާ ދަނޑިވަޅެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ