އިނގިރޭސި ލީގްކަޕްގައި ރޭ އާސެނަލް އާއި އިޕްސްވިޗް ބައްދަލުކުރިމެޗް އާސެނަލް ކާމިޔާބުކޮށްފިއެވެ.
އިޕްސްވިޗްގެ ދަނޑުގައި ކުޅުނުމެޗް އާސެނަލުން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއިންނެވެ. މެޗްގައި އެންމެ ފާހަގަވެގެންދިޔައީ އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑޯމަން ގެ ކުޅުމެވެ. އުމުރުން 16 އަހަރުގެ ޑޯމަން ވަނީ މިމެޗްގައި ދެ ލަނޑު ޖަހައި މޮޅު ކުޅުމެއް ދައްކާފައެވެ.
މެޗްގައި އާސެނަލުން ޖެހި ފުރަތަމަ ލަނޑު ޑޯމަން ކާމިޔާބުކުރީ 7 ވަނަ މިނެޓް ތެރޭގައި އެޒޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އާސެނަލްގެ ދެވަނަ ލަނޑު ޖަހާފައިވަނީ 16 ވަނަ މިނެޓް ތެރޭގައި މަޑޫކޭ އެވެ. ފުރަތަމަ ހާފް ނިމިގެންދިޔައީ 2-0 ކުން އާސެނަލް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފްގެ ކުޅުން ފަށައިގެން މާގިނައިރުތަކެއް ކުވެ ޑޯމަން ވަނީ އޭނާގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭގެ 10 މިނެޓްފަހުން މެރީނޯ ވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އާސެނަލުން ހަތަރު ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް އިޕްސްވިޗްގެ މެހްމެޓީ ވަނީ 62 ވަނަ މިނެޓް ތެރޭގައި ލަނޑެއް ކާމިޔާބުކޮށްފައެވެ. އިޕްސްވިޗްގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އާސެނަލްގެ ކުރީގެ ކުޅުންތެރިޔާ އަކްޕޮމް އެވެ.
މެޗަށްފަހު އާސެނަލްގެ ކޯޗް މިކޭލް އަޓޭޓާ ބުނީ ޑޯމަން އަކީ ވަރަށް ހުށިޔާރު ކުޅުންތެރިއެއް ކަމަށާއި އޭނާ ޖެހި ލަނޑުތަކުން ވަރަށް ރަނގަޅަށް އެކަން ފެނިގެން ގޮސްފައިވާކަމަށެވެ. އަޓޭޓާ ބުނީ އުމުރުން އެހާ ހަގު ކުޅުންތެރިއަކު އެ ފެންވަރުގައި ޕްރިމިއާލީގުން ފެނުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެއް ކަމަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists