ކޮމިޔުނިސްޓް ޕާޓީއާ ޕޮލިސީއެމްވީ ގުޅިގެން ދިރާސާކުރުމުގެ ޕްރޮގްރާމެއް ފެށުން -- ފޮޓޯ: ވޮއިސް
ހަބަރު
16 Sep 2026 | 20:49
ކޮމިޔުނިސްޓް ޕާޓީއާ ޕޮލިސީއެމްވީ ގުޅިގެން ދިރާސާކުރުމުގެ ޕްރޮގްރާމެއް ފަށަނީ

ކޮމިޔުނިސްޓް ޕާޓީ އޮފް ޗައިނާގެ އިންޓަރނޭޝަނަލް ޑިޕާޓްމަންޓް އާއި ޕޮލިސީއެމްވީ ގުޅިގެން ދިރާސާކުރުމުގެ ޕްރޮގްރާމެއް މިއަދު އިފްތިތާހު ކޮށްފި އެވެ. 

މޯލްޑިވްސް-ޗައިނާ ގަވާނަންސް ރިސާޗް ޕްރޮގްރާމްގެ ނަމުގައި މިއަދު ފެށުނު މި މަސައްކަތަކީ ހިންގުމުގެ އެކިއެކި ދާއިރާއިން ފަންނީ ދިރާސާ ހެދުމަށް ފެށުނު މަސައްކަތެއް ކަމަށާ މި ޕްރޮގްރާމުގައި ބައިނަލްއަގުވާމީ އަދި ގައުމީ ފެންވަރުގެ ދިރާސާ ކުރެވޭނެ ކަމަށް ޕޮލިސީއެމްވީ ބުނެ އެވެ.

މި ޕްރޮގްރާމްގެ ބޭނުމަކީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ކިޔަވާކުދިންނަށާއި، އިލްމީ ދިރާސާވެރިންނަށާއި އާންމުކޮށް އެންމެނަށް، ހިންގުމުގެ ދާއިރާތަކުން ބައިނަލްއަގުވާމީ އަދި ގައުމީ މައްސަލަތަކުގައި އިލްމީ ދިރާސާކޮށް ހޯދާ މައުލޫމާތުތައް އާންމު ކުރުމެވެ.

އަދި ސިޔާސަތު ކަނޑައެޅުމުގައިބޭނުންކުރެވޭނެ ފަންނީ މައުލޫމާތު ދިރާސާކުރެވި އާންމު ކުރުމެވެ. މީގެ އިތުރުން، ފަންނީ ދިރާސާކުރުމަކީ ބައިނަލްއަގުވާމީ ދާއިރާގައި އިސްތިރާޖީ ގޮތުން ބޭނުންކުރާ މުހިންމު ވަސީލަތަކަށްވާއިރު، ރާއްޖެއާބެހޭ ދިރާސީ މައުލޫމާތު އުފައްދައި ފުޅާކުރުމަކީ ވެސް މި ޕްރޮގްރާމުގެ ލަނޑުދަނޑިއެއް ކަަމަށް ޕޮލިސީއެމްވީ އިން ބުންޏެވެ.

ކޮމިޔުނިސްޓް ޕާޓީއާ ޕޮލިސީއެމްވީ ގުޅިގެން ދިރާސާކުރުމުގެ ޕްރޮގްރާމެއް ފެށުން -- ފޮޓޯ: ވޮއިސް

މި ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕޮލިސީއެމްވީގެ އެގްޒެކެޓިވް ބޯޑުގެ ޗެއާޕަސަން ޙަމްދޫން ޙަމީދު ވިދާޅުވީ، މި ޚާއްސަ ދުވަހަކީ، މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ތަޖުރިބާކާރުންނާއި ޢިލްމީ ދިރާސާވެރިންނާއެކު ޕޮލިސީއެމްވީން ކުރަމުންދިޔަމަސައްކަތް ކާމިޔާބުކަމާއެކު ރާއްޖޭގެ ހަފޮޅު ދޫކޮށް ބައިނަލްއަޤްވާމީ މައިދާނަށް ގެންދެވުނު ދުވަސް ކަމުގަ އެވެ. 

މި ރަސްމިއްޔާތުގައި އައިޑީސީޕީސީގެ ބިއުރޯ ފޮރ ސައުތު އީސްޓް އޭޝިއާ އެންޑް ސައުތު އޭޝިއަން އެފެއަރޒްގެ ޑިރެކްޓަރ ޖެނެރަލް ޕެންގ ދެއްކެވި ވާހަކަފުޅުގައި، ޗައިނާގެ ކޮމިއުނިސްޓް ޕާޓީއިން ޗައިނާގެ ތަރައްގީއަށް ކުރެވިފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައްވައި، ޕޮލިސީއެމްވީއާއެކު މިފެށުނު މަސައްކަތަކީ އައިޑީސީޕީސީއިން ވަރަށް އިސްކަން ދެއްވާ މަސައްކަތެއް ކަމުގައި ވިދާޅުވި އެވެ. 

ކޮމިޔުނިސްޓް ޕާޓީއާ ޕޮލިސީއެމްވީ ގުޅިގެން ދިރާސާކުރުމުގެ ޕްރޮގްރާމެއް ފެށުން -- ފޮޓޯ: ވޮއިސް

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކޮންގް ވެސް މި ރަސްމިއްޔާތުގައި ވާހަކަފުޅު ދެއްކެވި އެވެ.

އަދި ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ މުހިންމު ދިރާސާތައް ކުރުމަށް ޕޮލިސީއެމްވީ އާއި އައިޑީސީޕީސިން ކުރިޔަށް ގެންދާ މަސައްކަތުގައި ބައިވެރިއެއް ގޮތުގައި ދެމިހުންނަވާނެ ކަމަށް އޭނާގެ ވާހަކަފުޅުގައި ވިދާޅުވި އެވެ. ޒުވާނުންނަށް ހުރި ގޮންޖެހުންތަކާމެދު ޕޮލިސީއެމްވީގެ ޔޫތު ޗެޕްޓަރުގެ ފަރާތުން މިއަހަރު ބާއްވަން ރާވާފައިވާ އެކްސްޕޯގެ މުހިންމުކަން ފާހަގަކުރައްވައި މިފަދަ މަސައްކަތްތަކުގައި ޒުވާނުން ބައިވެރިވުމަށް ވެސް އޭނާ ހިތްވަރުދެއްވި އެވެ.

ކޮމިޔުނިސްޓް ޕާޓީއާ ޕޮލިސީއެމްވީ ގުޅިގެން ދިރާސާކުރުމުގެ ޕްރޮގްރާމެއް ފެށުން -- ފޮޓޯ: ވޮއިސް

ޕޮލިސީއެމްވީ އަކީ ދިވެހިރާއްޖޭގައި ޢިލްމީ ދިރާސާ ކުރުމަށާއި، އަދާހަމަ ހާލަތާއި ތަފާސްހިސާބަށް ބިނާވެ ސިޔާސަތުތައް ކަނޑައެޅުމަށް އެހީތެރިވުމަށާއި، ގައުމީ އަދި ޢިލްމީ މައުލޫތަކުގެ މައްޗަށް ވިސްނައި ވާހަކަދައްކައި، ބަހުސްތައް އިންތިޒާމްކުރުމާއި، ޢިލްމީ ލިޔުންތައް ލިޔުމާއި، މި މަޢުލޫމާތު އާންމުކޮށް ފޯރުކޮށްދޭ މަންސަތައް ބޭއްވުމުގެ މަގްސަދުގައި 2024 ވަނަ އަހަރު އުފައްދައި ހަރަކާތްތެރިވަމުން އަންނަ ތިންކް ޓޭންކެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ކޮސޯވޯގެ ކުރީގެ ރައީސް ހާޝިމް ތާޗީ 25 އަހަރަށް ޖަލަށް
ހާޝިމް ތާޗީ އަކީ މުސްލިމެއް ނަމަވެސް ސިޔާސީ ހަޔާތުގައި އޭނާ އަބަދުވެސް އިސްކަންދެއްވީ ދީނީ ކަންކަމަށްވުރެ ބޮޑަށް ކޮސޯވޯގެ މިނިވަންކަމަށާއި ހުޅަނގުގެ ގައުމުތަކާ ގުޅުން ބަދަހިކުރުމަށެވެ
16 Sep 2026
ގައްދޫ އަތުން ޓީސީއަށް މުހިންމު މޮޅެއް
މިއަދުގެ މެޗުން ގައްދޫ އަތުން ޓީސީ މޮޅުވިއިރު، މިއީ މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި އެ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ
16 Sep 2026
ތާރީހީ ކާމިޔާބެއް: އަރަބިއްޔާގެ އެންމެ މޮޅު ދަރިވަރުންނަށް ދެބެއިން
މަތީ ސާނަވީ ބައިން އެއްވަނަ ދަރިވަރަކީ މުހައްމަދު މަބާހް މުހައްމަދެވެ. އަދި ސާނަވީން އެއްވަނަ ދަރިވަރަކީ އޭނާގެ ކޮއްކޮ މުއައްޔަދު މަބާހް މުހައްމަދެވެ.
16 Sep 2026
ޑްރަގް ވިޔަފާރި ކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅޭނެ މިންގަނޑު ކުރީން އޮތީ ވަރަށް އުނދަގޫކޮށް: އިހްސާން
"ރައީސް ނިންމެވި ނިންމެވުމަކީ އަޅުގަނޑުމެން އެކަމަށް ދޭނީ [މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް] އެންމެ ހަރުކަށި އަދަބޭ. އެއީ މަރުގެ އަދަބު," މިނިސްޓަރު ވިދާޅުވި އެވެ.
16 Sep 2026
ކޮމިޔުނިސްޓް ޕާޓީއާ ޕޮލިސީއެމްވީ ގުޅިގެން ދިރާސާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ކޮމިޔުނިސްޓް ޕާޓީ އޮފް ޗައިނާގެ އިންޓަރނޭޝަނަލް ޑިޕާޓްމަންޓް އާއި ޕޮލިސީއެމްވީ ގުޅިގެން ދިރާސާކުރުމުގެ ޕްރޮގްރާމެއް މިއަދު އިފްތިތާހު ކޮށްފި އެވެ.
16 Sep 2026
ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ތުރުކީގެ އޭކޭ ޕާޓީއާ މަޝްވަރާ ކޮށްފި
މި މަޝްވަރާ ކުރުންތައް އޮތީ ތުރުކީވިލާތުގެ އަދާލަތު ވޭ ކަލްކިންމާ ޕާޓީ (އޭކޭ ޕާޓީ)ގެ ވަފުދެއް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގަ އެވެ.
16 Sep 2026
އީއެން ހޭންޑްބޯލް ޓީމު ބަލިކޮށް، އެންޖީ ސްޓާޓިންނަށް މުހިންމު މޮޅެއް
މި މެޗު އެންޖީ ސްޓާޓިން އިން ކާމިޔާބުކުރީ 3-9 ގެ ނަތީޖާއަކުން
16 Sep 2026
މިރޭ މޫސުން ވަރަށް ގޯސްވެދާނެ، ބޮޑު ސަރަހައްދަކަށް ހުދު ސަމާލު
މެޓް އޮފީހުން ބުނީ ރާއްޖޭގެ ބޮޑު ބަޔަކަށް މިރޭ މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެގޮތުން ހއ އިން ފެށިގެން ގދ އަތޮޅަށް ވަނީ ހުދު ސަމާލު ނެރެފަ އެވެ.