ކާށިދޫ ޔޫތް ޓްރޮފީ 2026 ގައި އެންޖީ ސްޓާޓިން އާއި އީއެން ހޭންޑްބޯލް ބައްދަލުކުރިމެޗްގެ ތެރެއިން..
ކުޅިވަރު
16 Sep 2026 | 20:23
އީއެން ހޭންޑްބޯލް ޓީމު ބަލިކޮށް، އެންޖީ ސްޓާޓިން އިން މުހިންމު މޮޅެއް ހޯދައިފި

ކ. ކާށިދޫގައި މިހާރު ފޯރިއާއެކު ކުރިއަށްދާ "ކާށިދޫ ޔޫތް ޓްރޮފީ 2026" ވިމެންސް ހޭންޑްބޯލް މުބާރާތުގައި މިއަދު ކުޅުނު މެޗު އެންޖީ ސްޓާޓިން ޓީމުން ކާމިޔާބުކޮށްފިއެވެ.

މި މުބާރާތުގެ ފަސްވަނަ މެޗުގައި މިއަދު ހަވީރު އެންޖީ ސްޓާޓިން ބައްދަލުކުރީ އީއެން ހޭންޑްބޯލް ޓީމާއެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު އެންޖީ ސްޓާޓިން އިން ކާމިޔާބުކުރީ 3-9 ގެ ނަތީޖާއަކުންނެވެ.

ކާށިދޫ ޔޫތް ޓްރޮފީ 2026 ގައި އެންޖީ ސްޓާޓިން އާއި އީއެން ހޭންޑްބޯލް ބައްދަލުކުރިމެޗްގެ ތެރެއިން..

މި މެޗުގައި މޮޅު ކުޅުމެއް ދައްކައި، މެޗުގެ "ކުއީން އޮފް ދަ މެޗު"ގެ މަގާމު ހޯދީ އެންޖީ ސްޓާޓިން ޓީމުގެ ޖާޒީ ނަންބަރު 11 މައީޝާ މުޖުތަބާއެވެ. އޭނާ ވަނީ މި މެޗުގައި ޓީމަށް މޮޅު ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

ކާށިދޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި މުބާރާތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ފޯރިގަދަ މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ގައްދޫ އަތުން ޓީސީއަށް މުހިންމު މޮޅެއް
މިއަދުގެ މެޗުން ގައްދޫ އަތުން ޓީސީ މޮޅުވިއިރު، މިއީ މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި އެ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ
16 Sep 2026
ތާރީހީ ކާމިޔާބެއް: އަރަބިއްޔާގެ އެންމެ މޮޅު ދަރިވަރުންނަށް ދެބެއިން
މަތީ ސާނަވީ ބައިން އެއްވަނަ ދަރިވަރަކީ މުހައްމަދު މަބާހް މުހައްމަދެވެ. އަދި ސާނަވީން އެއްވަނަ ދަރިވަރަކީ އޭނާގެ ކޮއްކޮ މުއައްޔަދު މަބާހް މުހައްމަދެވެ.
16 Sep 2026
ޑްރަގް ވިޔަފާރި ކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅޭނެ މިންގަނޑު ކުރީން އޮތީ ވަރަށް އުނދަގޫކޮށް: އިހްސާން
"ރައީސް ނިންމެވި ނިންމެވުމަކީ އަޅުގަނޑުމެން އެކަމަށް ދޭނީ [މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް] އެންމެ ހަރުކަށި އަދަބޭ. އެއީ މަރުގެ އަދަބު," މިނިސްޓަރު ވިދާޅުވި އެވެ.
16 Sep 2026
ކޮމިޔުނިސްޓް ޕާޓީއާ ޕޮލިސީއެމްވީ ގުޅިގެން ދިރާސާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ކޮމިޔުނިސްޓް ޕާޓީ އޮފް ޗައިނާގެ އިންޓަރނޭޝަނަލް ޑިޕާޓްމަންޓް އާއި ޕޮލިސީއެމްވީ ގުޅިގެން ދިރާސާކުރުމުގެ ޕްރޮގްރާމެއް މިއަދު އިފްތިތާހު ކޮށްފި އެވެ.
16 Sep 2026
ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ތުރުކީގެ އޭކޭ ޕާޓީއާ މަޝްވަރާ ކޮށްފި
މި މަޝްވަރާ ކުރުންތައް އޮތީ ތުރުކީވިލާތުގެ އަދާލަތު ވޭ ކަލްކިންމާ ޕާޓީ (އޭކޭ ޕާޓީ)ގެ ވަފުދެއް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގަ އެވެ.
16 Sep 2026
އީއެން ހޭންޑްބޯލް ޓީމު ބަލިކޮށް، އެންޖީ ސްޓާޓިންނަށް މުހިންމު މޮޅެއް
މި މެޗު އެންޖީ ސްޓާޓިން އިން ކާމިޔާބުކުރީ 3-9 ގެ ނަތީޖާއަކުން
16 Sep 2026
މިރޭ މޫސުން ވަރަށް ގޯސްވެދާނެ، ބޮޑު ސަރަހައްދަކަށް ހުދު ސަމާލު
މެޓް އޮފީހުން ބުނީ ރާއްޖޭގެ ބޮޑު ބަޔަކަށް މިރޭ މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެގޮތުން ހއ އިން ފެށިގެން ގދ އަތޮޅަށް ވަނީ ހުދު ސަމާލު ނެރެފަ އެވެ.
16 Sep 2026
ދިއްދޫ އަތުން ވިކްޓްރީ ސަލާމަތްވީ ހަމަ ކިރިޔާ
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު ވިކްޓްރީން ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ