ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު ފޯރިގަދަ މެޗުން، ހއ. ދިއްދޫގެ މައްޗަށް ވިކްޓްރީ ސްޕޯޓްސް ކްލަބުން ހަނި ގޮތަކަށް ކުރިހޯދައިފިއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު ވިކްޓްރީން ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ފުރަތަމަ ހާފުގައި މޮޅަށް ކުޅެ މެޗު ކޮންޓްރޯލް ކުރީ ވިކްޓްރީންނެވެ. އެގޮތުން ފުރަތަމަ ހާފު ނިމުނުއިރު އެ ޓީމު އޮތީ 3-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރީގައެވެ. މި ހާފުގައި ވިކްޓްރީގެ އަހުމަދު ރިޒުވާން (ރިޒޭ) އަދި ނާއިޒް ހަސަން (ދާދު) ވަނީ ލަނޑުތައް ކާމިޔާބުކޮށްދީފައެވެ.
ދިއްދޫ އާއި ވިކްޓްރީ ބައްދަލުކުރި މެޗްގެ ތެރެއިން.. ފޮޓޯ: ދިވެހި ޕްރިމިއާ ލީގް
ނަމަވެސް، ދެވަނަ ހާފުގައި ދިއްދޫ ޓީމުން ވަނީ ކުޅުން ވަރުގަދަކޮށް، ވިކްޓްރީގެ ފަހަތަށް ބާރުބޮޑުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މި ހާފުގައި ދިއްދޫގެ ޓެޓޭ ގިޑެގޮން އާއި ހުސައިން ޒިމްޔާން ޖެހި ލަނޑުތަކާއެކު އެ ޓީމުން ވަނީ އިތުރު ލަނޑުތަކެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-3 އިން އެއްވަރުކޮށްފައެވެ.
މެޗު ނިމެން ދަނިކޮށް ވިކްޓްރީ މޮޅުވި ލަނޑަކީ ދިއްދޫ ޓީމުގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists