ޤައުމީ ޓީމުން ރިޓަޔާކުރިކަން އިޢުލާނުކޮށްފައިވާ ލިއޮނަލް މެސީއަށް ވަދާޢީ މެޗެއް ކުޅެދިނުމުގެ ގޮތުން ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކުގެ ސްކޮޑުގައި އޭނާ ހިމެނުމަށް އާޖެންޓީނާ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފިއެވެ.
އުމުރުން 39 އަހަރުގެ މެސީ ޤައުމީ ޓީމުން ރިޓަޔަކުރަން ނިންމިކަން އިއުލާނުކޮށްފައިވަނީ ގާތްގަނޑަކަށް 20 އަހަރު ވަންދެން ޤައުމު ތަމްސީލުކުރުމަށް ފަހުގައެވެ. އާޖެންޓީނާ އެފްއޭ އިން ބުނީ އޮކްޓޫބަރު ހަ ވަނަ ދުވަހު ބެނިންއާ ދެކޮޅަށް ކުޅޭ މެޗުގައި މެސީއަށް ޙައްޤުވާ ފެއާވެލް ދިނުމަށް ނިންމާފައިވާ ކަމަށެވެ. 85000 ސަޕޯޓަރުންނަށް ޖާގަ ލިބޭ އެސްޓަޑިއޯ މޮނިއުމެންޓަލްގައި ކުޅޭ އެ މެޗުގެ ޓިކެޓު ވިއްކަން ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް އެ ފެޑެރޭޝަނުން ބުނެފައިވެއެވެ.
އާޖެންޓީނާގެ ޤައުމީޓީމަށް މެސީ ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފައިވަނީ އޭނާގެ ބައްޕަ މަރުވިފަހުންނެވެ.
މެސީ ވަނީ ހަ ވޯލްޑް ކަޕެއްގައި އާޖެންޓީނަ ޓީމަށް ކުޅެފައެވެ. އޭގެ ތެރެއިން 2022 ވަނަ އަހަރު ވަރލްޑްކަޕް ކާމިޔާބުކުރިއިރު، މެސީ ވަނީ މިދިޔަ އަހަރުތަކުގައި އާޖެންޓީނާ ވަރލްޑްކަޕަށް ކޮލިފައިކޮށްދިނުމުގައިވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ.
އަށް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މެސީ ވަނީ ޤައުމީ ޓީމަށް ޖުމްލަ 207 މެޗު ކުޅެ 125 ގޯލު ޖަހައި އެންމެ ގިނަ މެޗު ކުޅެދީ އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑު ހަދައިފައެވެ. .
Advertisement
This content is created and paid for by advertisers and does not involve Voice Journalists