އަލްމަދަރުސަތުލް އިސްލާމިއްޔާގެ, ދެހާސްސައުވީސް ވަނަ އަހަރު އެންމެ މޮޅު ދަރިވަރުންނަށް ދެބައިން ހޮވި އެ ސުކޫލުގެ ތާރީހުން އެ ދެބެން ޖާގަ ހޯދައިފި އެވެ.
އަރަބިއްޔާ ސުކޫލުގެ އެންމެ މޮޅު ދަރިވަރުންނަށް ހޮވުނީ މުއައްޔަދު މަބާހް މުހައްމަދާއި މުހައްމަދު މަބާހް މުހައްމަދެވެ.
މަތީ ސާނަވީ ބައިން އެއްވަނަ ދަރިވަރަކީ މުހައްމަދު މަބާހް މުހައްމަދެވެ. އަދި ސާނަވީން އެއްވަނަ ދަރިވަރަކީ އޭނާގެ ކޮއްކޮ މުއައްޔަދު މަބާހް މުހައްމަދެވެ.
އަރަބިއްޔާގެ އެންމެ މޮޅު ދަރިވަރުން އެ ދެ ކުދީންގެ ބެލެނިވެރީންނާއެކު --
މި މަހުގެ 10 ވަނަ ދުވަހުގެ ރޭ އޮތް އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި މި ދެ ދަރިވަރުންގެ ކާމިޔާބީ ވަނީ ފާހަގަކޮށްފަ އެވެ.
ތައުލީމްގެ އިތުރުން މި ދެ ދަރިވަރުންނަކީ އިތުރު ހަރަކާތްތަކުގައި ވެސް ފާހަގަކޮށްލެވޭ ދަރިވަރުންނެވެ. ހާއްސަކޮށް ވާހަކަ ދެއްކުމުގެ ހުނަރެވެ. ވާހަކަ ދެއްކުމުގެ ގައުމީ މުބާރާތުން މި ދެ ދަރިވަރުން ވެސް ވަނީ ވަނަ ހޯދާފަ އެވެ.
މިއީ އަރަބިއްޔާ ސުކޫލުގައި ވެސް ވަރަށް ފާހަގަކޮށްލެވޭ އިސް މަގާމުތަކެއް ފުރާފައިވާ ދެ ދަރިވަރުންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists