އައްސޭރި ޖަލުން ފިލި ގައިދީއަކު އަނބުރާ ހޯދައިފި

13 Aug 2019 | 11:45

ކ.ހިންމަފުށީގައި ހިންގާ އައްސޭރި ޖަލުން ފިލި ގައިދީއަކު އަނބުރާ ހޯދައި، ޖަލަށް ގެނެސްފިއެވެ.

ފުލުހުން ބުނީ ރޭ 22:08ހާއިރު އެ ގައިދީ ފިލިކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނުކަމަށެވެ.

އެއާއި އެކު ފުލުހުންނާއި ކަރެކްޝަންސް ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތްވަނީ ފަށާފައެވެ. 

ފުލުހުން ބުނީ އެމީހާ ފެނިފައިވަނީ، ރޭ 22:13 ހާއިރު ހިންމަފުށިން ކަމަށެވެ. އެމީހާ ޖަލުން ފިލިގޮތް އަދި ހާމަކޮށްފައެއް ނުވެއެެވެ.

Advertisement

ކޮމެންޓް

Advertisement