N/A
N/A
ހަބަރު 15 Aug 2019 | 05:45

ކުދީނާ ފަތް: ގިނަ ފައިދާތަކެއް ލިއްބައިދޭ ފަތެއް

ކުދީނާ ފަތަކީ ރާއްޖޭގައި ވަރަށް ފަސޭހައިން ލިބެން ހުންނަ ފަތެކެވެ.

ދިވެހިން ތައްޔާރު ކުރާ ގިނަ ކެއުންތަކެއްގައި މި ފަތް ބޭނުން ކުރެއެވެ. ކުދީނާ ފަތް އެންމެ ބޮޑަށް މަޤްބޫލް ވެފައިވަނީ ތަފާތު ބުއިންތަކާއި ކެއުންތަކުގެ ރަހަ މީރުކޮށްދޭ ފަތެއްގެ ގޮތުގައެވެ.

ކުދީނާ ފަތުން ލިބޭ ސިއްހީ ފައިދާތައް ގިނަ ބަޔަކަށް ނޭނގެއެވެ. މި ލިޔުމުގައި މިބަލާލަނީ ކުދީނާ ފަތުން ލިބޭ ބައެއް ފައިދާތަކަށެވެ.

ކުދީނާ ފަތަކީ، ހަޖަމްކުރުމަށް އެހީތެރިވެދޭ ފަތެކެވެ. ކާހިތް ނުވާނަމަ މިފަތް ބޭނުން ކުރުމުން، ކާހިތްވެސް ކޮށްދެއެވެ. ފާހާނާ ކުރުމުގައި އުނދަގޫތައް ދިމާވާނަމަ، ކުދީނާ ފަތުން ތައްޔާރުކޮށްފައިވާ ސައިތައްޓެއް ބޯށެވެ. މިއީ، ވަރަށް ރަނގަޅު ފަރުވާއެކެވެ.

ތާޒާ ކުދީނާ ފަތަކީ ހޮޑުލެވުމުން ދުރުކޮށްދޭނެ އެއްޗެކޭ ބުނުމުން އެކަން ޤަބޫލް ކުރުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ. ކުދީނާ ފަތަކީ ވަރަށް މީރުވަސް ދުވާ ފަތެކެވެ. ތާޒާ ކުދީނާ ފަތް ކެއުމަކީ ހޮޑުލެވުމުން ދުރުކޮށްދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. އެހެންކަމުން ބޯއެނބުރުމާއި، ހޮޑުލުމުން ދުރުވުމަށްޓަކައި ކުދީނާ ފަތް ބޭނުންކޮށްގެން އުފައްދާފައިވާ މެޓާ ފަދަ ތަކެތި ދަތުރު ކުރާއިރު ބޭނުން ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ހަމުގެ މައްސަލަަތަކަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް ކުރިމަތިވާ މައްސަލަތެކެވެ. ހަން ކުރަކި ވުމާއި، ކެހުމާއި، ހަންފޮޅުން ފަދަ މައްސަލަތައް ތަހައްމަލު ކުރަން ޖެހޭ މީހުން އަޅުގަނޑުމެންގެ ތެރޭގައި މަދެކޭ ނުދެންނެވޭނެއެވެ. މިފަދަ މައްސަލަތަކަށް ކުދީނާ ފަތަކީ ވަރަށް ރަނގަޅު ފަރުވާއެކެވެ. ކުދީނާ ފަތުން ޖޫސް ހެދުމަށްފަހު، ހަމުގައި އުނގުޅާށެވެ. މިއީ ހަމުގައިވާ އިންފެކްޝަންތަކުން ސަލާމަތް ކޮށްދޭނެ ކަމެކެވެ. އަދި މޫނުގައި އޮށާޅަ ނެގުމުންވެސް ކުދީނާ ފަތަކީ ބޭނުން ކުރެވިދާނެ ފަރުވާއެއްކަން ދިރާސާތަކުން ވަނީ ދައްކާފައެވެ. މީގެ އިތުރުން، ގައިގެ ހަމުގައި ދިރޭއެއްޗެއް ދައިގަނެފިނަމަ، ނަގާ ދިލައިން ސަލާމަތް ވުމަށް ކުދީނާ ފަތް ހޭކުމަކީ ޒަމާނުއްސުރެ ކޮށް އުޅޭ ކަމެކެވެ. މިއީ ރަނގަޅު ފަރުވާއެއްހެއްޔެވެ؟ ސިއްހީ މާހިރުން ލަފާދޭ ގޮތުގައި، ކުދީނާ ފަތުގައި އެކުލެވޭ އެންޓި ޕިއުރިޓިކް މާއްދާތަކުގެ ސަބަބުން ގައިގެ ހަން ފިނިކޮށްދެއެވެ. މިކަމުގެ ސަބަބުން، މަދިރި ފަދަ ދިރޭތަކެތި ހަފާފައި ހުރުމުންވާ ތަދުން ސަލާމަތްކޮށްދެއެވެ.

ކުދިންނާ ފަތުން އަދިވެސް އިތުރު ފައިދާތައް ލިބެއެވެ. ހަނދާން ބަލި މީހުންނަށް ކުދީނާ ފަތަކީ ވަރަށް ރަނގަޅު އެއްޗެއް ކަމަށް ދިރާސާތަކުން ވަނީ ދައްކާފައެވެ. މީގެ އިތުރުން ބަރުދަން ލުއި ކުރުމަށްވެސް ކުދީނާ ފަތުން ތައްޔާރު ކޮށްފައިވާ ބުއިންތައް ބޭނުން ކުރެވިދާނެއެވެ

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ނޫހު ޝަރީއަތް ނިމެންދެން، ދެން ތިބި މީހުން ބަންދަށް މުއްދަތު އިތުރުކޮށްފި
29 Oct 2026 ހަބަރު

ނޫހު ޝަރީއަތް ނިމެންދެން، ދެން ތިބި މީހުން ބަންދަށް މުއްދަތު އިތުރުކޮށްފި

ގދ. ތިނަދޫގައި ހިނގާދިޔަ ރޭޕްގެ ހާދިސާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދަށް މުއްދަތު އިތުރުކޮށްފި އެވެ.

ބިރުވެރި ޚަބަރެއް: ސްޓްރޯކް ޖެހިގެން ކޮންމެ 16 ގަޑިއިރަކުން އައިޖީއެމްއެޗަށް  މީހަކު ގެނޭ
29 Oct 2026 ހަބަރު

ބިރުވެރި ޚަބަރެއް: ސްޓްރޯކް ޖެހިގެން ކޮންމެ 16 ގަޑިއިރަކުން އައިޖީއެމްއެޗަށް މީހަކު ގެނޭ

އެގޮތުން ސްޓްރޯކް ޖެހިގެން ކޮންމެ 16 ގަޑިއިރަކުން މީހަކު އައިޖީއެމްއެޗަށް ގެނެވޭކަން ފާހަގަކޮށްފައިވެ އެވެ.

މި ޒުވާނާ ކިޔައިދިނީ ވަޒީފާއެއް ހޯދުމަށް ކުރަމުންދާ އުނދަގޫ ތަޖުރިބާ: ރައީސް ދެއްވީ ޔަގީންކަން

އެމްޕީއެލަށް ގަތް ތެލަށް ހިޔާނާތްތެރިވި ދެ މީހަކު އަށް އަހަރަށް ޖަލަށް، ބަދަލުގެ ގޮތުގައި 13 މިލިއަން ދައްކަން އެންގި
29 Oct 2026 ހަބަރު

އެމްޕީއެލަށް ގަތް ތެލަށް ހިޔާނާތްތެރިވި ދެ މީހަކު އަށް އަހަރަށް ޖަލަށް، ބަދަލުގެ ގޮތުގައި 13 މިލިއަން ދައްކަން އެންގި

ދެ މީހުން ވެސް 8 އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށްލައި މި މައްސަލާގައި ހިޔާނާތްތެރިވި 783،100 ލީޓަރުގެ ޑީސަލަށްވާ 6،799،800 ރުފިޔާ ބަދަލުގެ ގޮތުގައި ދައުލަތަށް ދައްކަން ވަނީ އަންގާފަ އެވެ.

ރާއްޖޭގޭ ޤައުމީ މަންހަޖަށް ޚާއްޞަކޮށް އުނގެނުމުގެ ގޭމުތަކާއެކު "ސިލަބައި ގޭމްސް" ލޯންޗުކޮށްފި
29 Oct 2026 ހަބަރު

ރާއްޖޭގޭ ޤައުމީ މަންހަޖަށް ޚާއްޞަކޮށް އުނގެނުމުގެ ގޭމުތަކާއެކު "ސިލަބައި ގޭމްސް" ލޯންޗުކޮށްފި

ރާއްޖޭގޭ ޤައުމީ މަންހަޖަށް ޚާއްޞަކޮށް 97 އުނގެނުމުގެ ގޭމާއެކު "ސިލަބައި ގޭމްސް" ލޯންޗުކޮށްފި އެވެ.

ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
29 Oct 2026 ހަބަރު

ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

އެ މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ ތަންތަން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 181 ގުރާމުގެ ތަކެތި ފެނިފައިވެއެވެ.

11 ރަށެއްގެ މަގު ހެދުމަށް 912 މިލިއަން ރުފިޔާއަށް އެމްޓީސީސީއަށް
29 Oct 2026 ހަބަރު

11 ރަށެއްގެ މަގު ހެދުމަށް 912 މިލިއަން ރުފިޔާއަށް އެމްޓީސީސީއަށް

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މި 11 ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ތާރު އަޅާނެ ކަމަށެވެ.

އިންޑިއާގައި ދިވެއްސަކު ގެއްލިގެން ހޯދަނީ، މިއަދު ފަތިހުން ފެށިގެން ޚަބަރެއް ނުވޭ
29 Oct 2026 ހަބަރު

އިންޑިއާގައި ދިވެއްސަކު ގެއްލިގެން ހޯދަނީ، މިއަދު ފަތިހުން ފެށިގެން ޚަބަރެއް ނުވޭ

ގެއްލިގެން ހޯދަމުން ދަނީ ރ. މީދޫ، އަތަމާގެ އަލީ އިބްރާހިމް )އައްޔަބެ( އެވ