18 Aug 2019 | 12:28
މިހާރު އޮތީ ގިނަ މީހުން ޖަލަށްލުމަށްފަހު ހަނދާން ނެތޭ އުސޫލެއް: ޝަމީމް

މިހާރު އޮތް އުސޫލުގެ ސަބަބުން ގިނަ ބަޔަކު ޖަލަށްލުމަށްފަހު، އެމީހުންގެ ކިބައިން ހަނދާންނެތޭކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވީ ދައުލަތުގެ މީޑިޔާ ޕީއެސްއެމްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

އެބޭފުޅާ ވިދާޅުވީ ޖިނާއީ އިޖުރާއަތްތަކުގެ ގާނޫނުގައި ބުނާގޮތުގައި މީހެއްގެ މައްޗަށް ޝަރީއަތް ނިމެންދެން ބަންދުގެ މުއްދަތު ޖެހޭނީ ވަކި ސަބަބުތަކަކާއި ގުޅިގެންނެވެ. އޭގެ ތެރޭގައި ތުހުމަތުކުރެވޭ ހެކި ނައްތާލުމާއި، ފިލާފާނެކަމަށް ނުވަތަ ހެކިފޮރުވައި ހެކިންނަށް ނުފޫޒުފޯރުވާނެކަމަށް ބެލެވުން ފަދަ ކަންކަން ހިމެނެއެވެ. އަދި އެ ގާނޫނުގައި 70 ދުވަހުގެ ތެރޭގައި ޝަރީއަތް ނިންމަންޖެހޭނެކަމަށް ފާހަގަކޮށްފައިވާ ކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ޝަރީއަތް ނިމެންދެން ބަންދުކޮށް ޖަލަށްލެވޭ މީހުންނާމެދު މިގޮތަށް ޢަމަލުކޮށްފައި ނުވާކަމަށާއި މިހާރު އޮތީ ގިނަ މީހުން ޖަލަށްލުމަށްފަހު ހަދާންނެތޭ އުސޫލެއްކަމަށް އެބޭފުޅާ ވަނީ ފާހަގަކުރައްވާފައެވެ.

މި ބަސްދީގަތުމުގައި ޝަމީމް ވަނީ ޝަރުއީ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރާއި މަޖިލީހުން ކުރާ ކަންކަމަށް ތާއިދުކުރައްވާފައެވެ.

އެގޮތުން ޝަމީމް ވިދާޅުވީ ޝަރުއީ ދާއިރާގެ ތެރޭގައި ހުރި މިފަދަ މައްސަަލަތައް ހައްލުކުރުމަށް ޖޭއެސްސީއާއި، ރައްޔިތުންގެ މަޖިލީހުން ވަރަށްބޮޑެތި މަސައްކަތްތަކެއް ކުރައްވަމުންދާކަމަށާއި، މިމަސައްކަތްތަކުގެ ނަތީޖާ ކުރިއަށް އޮތް މަހެއް ނުވަތަ ދެމަހެއްހައި ދުވަހުގެ ތެރޭގައި ފެންނާނެކަމަށް އުންމީދު ކުރައްވާކަމަށެވެ.

ފޮޓޯ: ވަން އޮންލައިން

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.