19 Aug 2019 | 23:47
މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމަކީ މަސްވެރިކަމުގެ ބިލުގެ މަގްސަދަކަށް ވާން ޖެހޭ: ނިޔާޒު

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަސްވެރިކަމުގެ ބިލުގެ މަގްސަދުގެ ތެރޭގައި މަސްވެރިންނަށް ހަމަ އަގު ލިބުން ހިމެނެން ޖެހޭ ކަމަށް، މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

މަސްވެރިކަމާބެހޭ ބިލު ސަރުކާރުން މަޖިލީހަށް ފޮނުވީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ.

އެބިލާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މަސްވެރިކަމުގެ ސިޔާސަތަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށެވެ. އަދި މަސްވެރިކަމަކީ ދިވެހިންގެ ތާރީޚާއި އާދަކާދަތަކާއި، ދިރިއުޅުމާ ގުޅި ލާމެހިފައިވާ މަސައްކަތެއް ކަމަށާއި، ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ދާއިރާ ދިވެހިންނަށް އެންމެ ނަފާވާ ގޮތްތަކެއް މަތިން ރާވައި ހިންގުން ކަމަށެވެ.

މަސްވެރިކަމުގެ ބިލުގައި، މަސްވެރިންނާ ގުޅޭގޮތުން މަޖިލީހުގަައި ބަހުސް ކުރެވުނު ގަރާރުތަކާ ގުޅޭ ކަންކަމަށް ރިއާޔަތް ކޮށްފައި ނުވާ ކަމަަށް ވިދާޅުވެ، މަސްވެރިކަމުގެ ބިލަށް ބަހުސް ކުރައްވަމުން، އިދިކޮޅު މެމްބަރުން ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

އެ ބިލަށް ބަހުސް ކުރައްވަމުން، ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ، އިދިކޮޅު މެމްބަރުން ބިލާ ގުޅޭ ގޮތުން ކަންބޮޑުވާ ކަމެއް ހުރި ނަމަ، ކޮމެޓީ މަރުހަލާގައި އެކަންކަން އިސްލާހު ކުރަން މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އެ ބިލުގެ މަގުސަދުތަކުގެ ތެރޭގައި މަސްވެރިކަަމުން ލިބޭ ނަފާ އިތުރު ކުރުން ހިމެނެންޖެހޭ ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި މަސްވެރިކަމުގެ ސިނާއަތުން ގައުމީ އުފެއްދުންތެރިކަން އިތުރު ކުރެވޭނެ ގޮތަށްވެސް ބިލު ފަރުމާ ކުރެވެން ޖެހޭ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

"ޒުވާނުން މަސްވެރިކަމަށް ނެރުމަށް ބާރު އެޅުމަކީ، މި ބިލުގެ މަގްސަދެއް ކަމުގައި ވާން ޖެހޭނެ. އެގޮތުން، ޒުވާން މަސްވެރިންނަށް ދެވޭ އިނާޔަތްތަކެއް މި ބިލުގައި ކަނޑައެޅެން ޖެހޭނެ ކަމަަށް އަޅުގަނޑު ގަބޫލު ކުރަން" ނިޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މަސްވެރިކަމުގެ ބިލުގައި، މަސްވެރިންގެ އަގު ވަޒަން ކުރުމަށް ކުރެވޭނެ ކަންކަންވެސް ބަޔާން ކުރެވެން ޖެހޭނެ ކަމަށެވެ. އަދި ކޮމެޓީ މަރުހަލާގައި އެބިލަށް އިސްލާހުތަކެއް އަންނާނެ ކަަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Jun 2026
ވަރލްޑްކަޕް ހުޅުވިމެޗް މެކްސިކޯއަށް
މެކްސިކޯ ސިޓީގައި ކުޅުނު މިމެޗް ދެކުނު އެފްރިކާގެ މައްޗަށް އެޓީމް ކުރިހޯދާފައިވަނީ 2-0 ގެ ނަތީޖާއިންނެވެ
11 Jun 2026
ހިމަބިހި ވެކްސިންގެ 20 ހާސް ޑޯސް، ތިން ޓަނުގެ މެޑިކަލް ސާމާނު، އިންޑިއާއިން ހަދިޔާކޮށްފި
އެގޮތުން ހިމަބިހި ވެކްސިންގެ 20 ހާސް ޑޯސް ވަނީ ހަދިޔާކޮށްފަ އެވެ. އަދި ތިން ޓަނުގެ މެޑިކަލް ސާމާނު ވެސް ވަނީ ހަދިޔާކޮށްފަ އެވެ.
11 Jun 2026
އެމްއެންޔޫގެ ފެކަލްޓީ އޮފް އާޓްސްގެ ޑީންސް އެވޯޑް ހަތަރު ނޫސްވެރިއަކަށް
މި އަހަރު ތައާރަފުކުރި ޑީންސް އެވޯޑަކީ ކޮންމެ ސެމިސްޓާއެއްގައި އެންމެ މަތިން ފާސްވާ ދަރިވަރުންނަށް ދޭ އެވޯޑެކެވެ.
11 Jun 2026
ރަސްފަންނު މޫދަށް އެރޭ ސަރަހައްދު މާދަމާ ހެނދުނު ހުޅުވާލަނީ
އެހެން ކަމުން ޖޫން 12 ވާ ހުކުރު ދުވަހުގެ [މާދަމާ] ހެނދުނުން ފެށިގެން އާންމުނަށް ހުޅުވާލާނެ ކަމަށް ވަނީ ބުނެފަ އެވެ.
11 Jun 2026
މީކާއިލްގެ ފަހު މެސެޖު ޕާޓީގެ އާންމު މެންބަރުންނަށް: ވަފާތެރިވާނަން، އިންސާފުވެރިވާނަން
އަދި އިންތިހާބަށް ނިކުންނެވީ ޕާޓީގެ މެންބަރުންގެ ވިސްނުން ހިމަނައިގެން ބޮޑު ތަސައްވުރަކާއެކު ކަމަށެވެ.
11 Jun 2026
ރާއްޖެއަށް 8 ކިލޯގެ ޑްރަގް ގެނައުމުގެ ތުހުމަތު އޮތް މީހުންގެ ވަނަވަރު ނެރެފި
މި ފަސް މީހުންނަކީ އަށް ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި ފަސް މީހުންނެވެ.
11 Jun 2026
ޝަމްއާން ލޮކް ކޯޑެއް ނުދޭ، އެހެންވެ ފޯނު ނުހުޅުވޭ
ޝަމްއާންއާ ގުޅޭ މުޅި ތަހުގީގުގެ މަރުހަލާގަ އާއި އޭގެ ފަހުން ހިނގި ޝަރުއީ މަރުހަލާތަކުގައިވެސް، ޝަމްއާންގެ ފޯނު ހުޅުވުމަށް ބޭނުންވާ ލޮކް ކޯޑު އޭނާ ދީފައިނުވާ ކަމަށެވެ.
11 Jun 2026
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ހުޅުވާލަައިފި
އެ މަގާމު ހުސްވީ ކުރީން އެ މަގާމުގައި ހުންނެވި ހަސަން ޒަރީރު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.