ހަލީލް ގާސިމްގެ އަރިހުގައި ހުންނެވި ފޮޓޯއެއް ލީކުވެއްޖެ!

27 Aug 2019 | 20:20

ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަބްދުﷲ ހަލީލް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ އަރިހުގައި ނަންގަވާފައިވާ ފޮޓޯއެއް މީސްމީޑިއާގައި ދައުރުވާން ފެށުމާއެކު އެބޭފުޅާއަށް ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

މީސްމީޑިއާގައި މިހާރު ދައުރުވަމުން އަންނަ ފޮޓޯއިން ފެންނަނީ އިއްޔެ ޖޭޕީއާ ގުޅިވަޑައިގެންނެވި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ކުރީގެ ލީޑަރު އަހްމަދު ނިހާނާއި، ޕީޕީއެމްގެ ކުރީގެ ތަރުޖަމާނު އަލީ އާރިފްއާ އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ފަލާހުއާ އެކީގައި ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް ހަލީލް، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާއެކު ތިއްބެވި މަންޒަރެވެ.

ބެލެވޭ ގޮތުގައި އެފޮޓޯ ނަގާފައިވަނީ ދާދި ފަހުންނެވެ. މީސްމީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯއާ ގުޅޭގޮތުން ހަލީލްގެ ބަހެއް ހޯދުމަށް ވޮއިސްއިން ކުރި މަސައްކަތް ކާމިޔާބުވެފައެއް ނުވެއެވެ. ހަލީލު ގާސިމް އަރިހުގައި ހުންނެވި ފޮޓޯ މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، ގިނަ ބަޔަކު އަންނަނީ ހަލީލަކީ "ދެފުށްކެހެރި" ބޭފުޅެއް ކަމަށް ބުނަމުންނެވެ. ހަލީލް ވަނީ ޕީޕީއެމްއާ އެކީގައި، އަދި ރައީސް ޔާމީނާ އެކީގައިވެސް ހުންނަވާނެ ކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް އެބޭފުޅާގެ ބަހާ އަމަލު ދިމާ ނުވާ ކަމަށް ގިނަ މީހުން ބުނެއެވެ. 

Advertisement

ކޮމެންޓް